Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރީޓޮޕް ހޮސްޕިޓަލް

މީހެއްގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލުމުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލުމުން މައްސަލަ ހައިކޯޓަށް!

2 އޯގަސްޓު 2026 | އާދީއްތަ 09:51

ޓްރީޓޮޕް ހޮސްޕިޓަލުން ކުރި އޮޕަރޭޝަނެއްގައި ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ހުށަހެޅި މައްސަލަ، ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުވާތީ ސިވިލް ކޯޓުން ވަނީ ބޭރުކޮށްލާފައި. ސިއްހީ ހިދުމަތަކާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ކުރިން އެންމެ ފުރަތަމަ އެ ހޮސްޕިޓަލަކަށް ނުވަތަ ހެލްތު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވޭ. މި މައްސަލަ ހުށަހެޅި ފަރާތުން ބަދަލުގެ ގޮތުގައި 4 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދުމަށް އެދިފައިވަނީ އޮޕަރޭޝަނަށްފަހު ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޯގަސްޓު 2026 | އާދީއްތަ 09:51
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް | ހައި ކޯޓް

ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގެ ތެރެއިން، ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދުމަށް އަމިއްލަ ފަރާތަކުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލުމުން، އޭނާގެ ފަރާތުން މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ. 

މި މައްސަލައަކީ 2023 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ ހާދިސާއަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

މި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، އޭނާގެ ޓޮންސިލްގައި އިންފެކްޝަން އުފެދިގެން ޓްރީޓޮޕް ހޮސްޕިޓަލުން ކުރި އޮޕަރޭޝަނެއްގެ ތެރެއިން، އޭނާގެ އެއްވެސް ހުއްދައެއް ނެތި ކުޑަދޫ ބުރިކޮށްލާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 1،080،000 ދިވެހި ރުފިޔާއާއި 4 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ނަގައިދިނުމަށް އޭނާ ވަނީ ކޯޓުގައި އެދިފަ އެވެ.

ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޑަދޫ ނެތްކަން އޭނާއަށް އެނގުނީ އޮޕަރޭޝަން ނިންމުމަށްފަހު ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮއްވަ އެވެ. ނަމަވެސް ހޮސްޕިޓަލުން ދޫކުރި ޑިސްޗަރޖް ސަމަރީގައި ކުޑަދޫ ބުރިކޮށްލިކަމުގެ އެއްވެސް ވާހަކައެއް ހިމަނާފައި ނުވާ ކަމަށާއި، އޭގައި އޮތީ ހަމައެކަނި ޓޮންސިލް ނެގުމަށް ކުރި އޮޕަރޭޝަންގެ ވާހަކަ އެކަނި ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެކަމާ ގުޅިގެން ސުވާލު ކުރުމުން، ކުޑަދުލުގެ ވާހަކަ ލިޔެވޭނީ އެކަމަށް ކުރި އޮޕަރޭޝަންގެ ފައިސާ ދެއްކުމުން ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ދިފާއުގައި ޓްރީޓޮޕް ހޮސްޕިޓަލުން ކޯޓުގައި ބުނެފައިވަނީ، މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އޮންނަ އިޖުރާއަތުގެ ތެރެއިން ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލަ ކޯޓަށް ބެލޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ނިންމާފައިވަނީ، މިއީ މި ބާވަތުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާ ދައުވާއެއް ކަމަށެވެ.

ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ސިއްހީ ހިދުމަތްދޭ ތަނަކުން ދޭ ހިދުމަތަކާ ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ، އެންމެ ފުރަތަމަ އެ މައްސަލައެއް އެ ހޮސްޕިޓަލަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ހޮސްޕިޓަލުގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލައެއް ދެން ހުށަހަޅަން ޖެހޭނީ މިނިސްޓްރީ އޮފް ހެލްތަށް ކަމަށްވެސް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި މިނިސްޓްރީގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި އިޖުރާއަތުތައް ފުރިހަމަވެފައި ނުވާތީ، ކޯޓުން ވަނީ މި ދައުވާ ބޭރުކޮށްލާފަ އެވެ.

އެހެންވެ އޭނާގެ ފަރާތުން މި މައްސަލަ މިހާރު ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ. 

ޓްރީޓޮޕް ހޮސްޕިޓަލްސިވިލް ކޯޓުހައި ކޯޓު

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

28 ޖުލައި 2026

ގެދޮރުވެރިޔާ ސްކީމުން ލިބުނު ފްލެޓެއް އަތުލި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

28 ޖުލައި 2026
ގެދޮރުވެރިޔާ ސްކީމުން ލިބުނު ފްލެޓެއް އަތުލި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
24 ޖުލައި 2026

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް

24 ޖުލައި 2026
ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް
13 ޖުލައި 2026

ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓު

13 ޖުލައި 2026
ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓު
02 ޖުލައި 2026

މީހެއްގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލުމުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލީ އިޖުރާއަތު ފުރިހަމަނުވާކަމަށް ބުނެ

02 ޖުލައި 2026
މީހެއްގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލުމުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލީ އިޖުރާއަތު ފުރިހަމަނުވާކަމަށް ބުނެ
01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
30 ޖޫން 2026

ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި

30 ޖޫން 2026
ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
29 ޖޫން 2026

އަހުސަން ބަޝީރުގެ މަރު: ޝަހުމަށް ކުރި މަރުގެ ޙުކުމުގެ މައްސަލަ ނިމުމަކާ ގާތަށް

29 ޖޫން 2026
އަހުސަން ބަޝީރުގެ މަރު: ޝަހުމަށް ކުރި މަރުގެ ޙުކުމުގެ މައްސަލަ ނިމުމަކާ ގާތަށް
28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
26 ޖޫން 2026

ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ 2 ފަހަރު ބޭރު ކުރުން: ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ނިންމައިފި

26 ޖޫން 2026
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ 2 ފަހަރު ބޭރު ކުރުން: ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް