Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރްސީއެމް

ދާއިމީކޮށް ކާންޖެހޭ ބޭސް ހުސްވުމުގެ ކުރިން ގައިދީން ޑޮކްޓަރަށް ނުދެއްކޭ މައްސަލައާއި ނަފްސާނީ ބަލި ހުންނަ ފަރާތްތައް މޮނިޓަރ ނުކުރެވޭ މައްސަލަ!

13 އޯގަސްޓު 2026 | ބުރާސްފަތި 06:39

ޖަލުތަކުގައި ތިބޭ ގައިދީންނަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމާއި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން މޮނިޓަރކުރުމުގައި ހުރި އިހުމާލުތައް އިސްލާހުކުރުމަށް އެޗްއާރްސީއެމުން ކަރެކްޝަންސަށް އަންގައިފި. މީގެ އިތުރުން ޖަލުތަކުގެ ސާފުތާހިރުކަން ކުޑަވުމާއި ވެންޓިލޭޝަންގެ މައްސަލަތަކުގެ އިތުރުން، ގައިދީންނަށް ދޭ އެކަހެރި ބައްދަލުވުންތަކުގައި ހަމަހަމަ އުސޫލެއް ގެންގުޅުމަށް ވެސް އެ ކޮމިޝަނުން ވަނީ އިރުޝާދު ދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 އޯގަސްޓު 2026 | ބުރާސްފަތި 06:39
މާފުށީ ޖަލު

މާފުށީ ޖަލު | އެލަމީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން 2025 ވަނަ އަހަރަށް އެކުލަވާލި އަހަރީ ރިޕޯޓުގައި، ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް މުހިންމު އިރުޝާދުތަކެއް ދީފި އެވެ.

އެ ކޮމިޝަނުން ވަނީ ޖަލުތަކުގައި ތިބޭ ގައިދީންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި، ޖަލުތަކުގެ ސާފުތާހިރުކަމުގެ އިތުރުން އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އިސްލާހުކުރުމަށް ގޮވާލާފަ އެވެ.

Advertisement - newsAdvertisement

އެޗްއާރްސީއެމުން ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ދާއިމީކޮށް ބޭސް ބޭނުންކުރަންޖެހޭ ގައިދީންގެ ބޭސް ހުސްވުމުގެ ކުރިން ޑޮކްޓަރަށް ދައްކައި ރިވިއު ކުރަންޖެހޭ އުސޫލަށް އަމަލުނުކުރެވޭ މައްސަލަ އެވެ. އެފަދަ މައްސަލައެއް ފާހަގަވެފައިވާތީ، މިކަމުގެ ސަބަބުން ގައިދީންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކޮށްފާނެތީ، ބޭސް ހުސްވުމުގެ ކުރިން ޑޮކްޓަރަށް ދެއްކޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށް ކޮމިޝަނުން ވަނީ ލަފާދީފަ އެވެ.

މީގެ އިތުރުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ގައިދީން މޮނިޓަރ ކުރުމުގައި އިހުމާލުވެފައިވާ މައްސަލައެއް ވެސް އެޗްއާރްސީއެމްގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.

ވަކިން ހާއްސަކޮށް، ނަފްސާނީ ބަލި ހުންނަ ފަރާތެއް މޮނިޓަރ ކުރުމަށް ޑޮކްޓަރު އިރުޝާދު ދީފައި ވަނިކޮށް ވެސް، އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކޮށްފައި ނުވާކަން ކޮމިޝަނުން ފާހަގަކުރެ އެވެ. އެހެންކަމުން، އެފަދަ ފަރާތްތަކުގެ ހާލަތު ގާތުން ބަލައި މޮނިޓަރ ކުރެވޭނެ އިންތިޒާމުތައް ވަގުތުން ހަމަޖެއްސުމަށް ކަރެކްޝަންސަށް ވަނީ އަންގާފަ އެވެ.

ޖަލުތަކުގެ އުމްރާނީ ހާލަތަށް ބަލާއިރު، މާފުށީ ޖަލުގެ ބައެއް ޔުނިޓުތަކުގެ ސާފުތާހިރުކަން ކުޑަވުމުގެ ޝަކުވާތައް ލިބިފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެ އެވެ. އަދި ބައެއް ގޮޅިތަކުގައި އެކަށީގެންވާ ވަރަށް ވައި ދައުރުވާނެ ނިޒާމު ނުވަތަ ވެންޓިލޭޝަން ނެތް މައްސަލަ ވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. މިކަންކަމަކީ ގައިދީންގެ އިންސާނީ ކަރާމާތާއި ސިއްހަތާ ގުޅިފައިވާ ކަންކަން ކަމަށްވާތީ، އެކަންކަން އިސްލާހުކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ.

ޖަލުތަކުގެ އިދާރީ އިންތިޒާމުތަކާ ގުޅޭގޮތުން އެޗްއާރްސީއެމުން ބުނީ، ގައިދީންނަށް ދޭ އެކަހެރި ބައްދަލުވުންތައް ނުވަތަ ޕްރައިވެޓް ވިޒިޓްތައް ދިނުމުގައި އެކި ޖަލުތަކުގައި އަމަލުކުރަނީ އެކި އުސޫލުން ކަމަށެވެ. މިކަމުގައި އެއްގޮތް އުސޫލެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ފާހަގަކޮށް، ހުރިހާ ޖަލެއްގައި ވެސް ހަމަހަމަކަމާއެކު އެކަށީގެންވާ އިންތިޒާމުތަކެއްގެ ތެރެއިން މި ހިދުމަތް ލިބޭނެ ގޮތް ހެދުމަށް އެޗްއާރްސީއެމުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އިލްތިމާސްކޮށްފަ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްމޯލްޑިވްސް ކަރެކްޝަންސް ސަރވިސްކ.މާފުށީ ޖަލު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ކަރެކްޝަންސްގެ އޭސީޕީގެ މަޤާމުގައި ހުންނަވަނިކޮށް ވަކިކުރި އާސިފަށް އަލުން ވަޒީފާ ދިނުން މަޑުޖައްސައިފި

03 އޯގަސްޓު 2026
ކަރެކްޝަންސްގެ އޭސީޕީގެ މަޤާމުގައި ހުންނަވަނިކޮށް ވަކިކުރި އާސިފަށް އަލުން ވަޒީފާ ދިނުން މަޑުޖައްސައިފި
13 ޖުލައި 2026

ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި

13 ޖުލައި 2026
ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި
11 ޖުލައި 2026

ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ

11 ޖުލައި 2026
ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ
16 ޖޫން 2026

ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި

16 ޖޫން 2026
ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި
16 ޖޫން 2026

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

16 ޖޫން 2026
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި
11 ޖޫން 2026

ޝަމްއާނަށް ލިބެންޖެހޭ އިނާޔަތްތައް ކަނޑާލިކަން ރިޕޯޓު ކުރުމާއެކު، އެއީ މިހާރު އަމަލު ކުރާ އުސޫލެއް ނޫން ކަމަށް ކަރެކްޝަންސްއިން ބުނެފި

11 ޖޫން 2026
ޝަމްއާނަށް ލިބެންޖެހޭ އިނާޔަތްތައް ކަނޑާލިކަން ރިޕޯޓު ކުރުމާއެކު، އެއީ މިހާރު އަމަލު ކުރާ އުސޫލެއް ނޫން ކަމަށް ކަރެކްޝަންސްއިން ބުނެފި
10 ޖޫން 2026

ކުރީގެ ކޮންޓްރޯލަރ ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލައިފި

10 ޖޫން 2026
ކުރީގެ ކޮންޓްރޯލަރ ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލައިފި
31 މެއި 2026

މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން ތަކެތި ނުލިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަންސް

31 މެއި 2026
މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން ތަކެތި ނުލިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަންސް
28 މެއި 2026

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2026
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި
27 މެއި 2026

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

27 މެއި 2026
15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް