Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ކަރެކްޝަންސް ސަރވިސް

ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި

13 ޖުލައި 2026 | ހޯމަ 09:16

މިދިޔަ އަހަރު 241 ގައިދީން ޕެރޯލަށް އެދުނުއިރު، އޭގެ ތެރެއިން 42 މީހަކަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ކަރެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކާ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ޖުލައި 2026 | ހޯމަ 09:16
ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ގައިދީންނާ އިންޓަވިއުކުރުން

ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ގައިދީންނާ އިންޓަވިއުކުރުން | މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއު ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ. 

ކަރެކްޝަންސް އިން ބުނީ މިކަމަށް ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ޚާއްސަ ބައްދަލުވުންތަކެއް 11 ޖުލައި 2026 ގައި މާފުށި ޖަލުގައި ބާއްވާފައިވާ ކަމަށެވެ. އަދި މި ދަތުރުގެ ތެރެއިން، ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށްދާ ވޮކޭޝަނަލް ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ހިނގާގޮތް ބައްލަވާލައްވާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މިދިޔަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި 241 ގައިދީން ހުށަހެޅި ނަމަވެސް މިނިވަންވީ 27 މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން  މި އަހަރުގެ މާޗު މަހުގަ ހާމަކުރި އެވެ.  

ކަރެކްޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޕެރޯލަށް އެދި ޖުމްލަ 241 ފޯމު ހުށަހަޅާފައިވެ އެވެ.

އެގޮތުން 189 ފޯމެއް ޝަރުތު ފުރިހަމަވެފައިވާއިރު، 43 ފޯމު ޝަރުތު ފުރިހަމަވެފައިނުވެ އެވެ. 8 ފޯމްގެ މައުލޫމާތު ފުރިހަމަ ނުވާ ކަމަށާއި، އެއް ފޯމް ލީގަލް އެޑްވައިސް ހޯދުމަށް ފޮނުވާފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

ކަރެކްޝަނުން ބުނީ، ޝަރުތު ހަމަވި ހުށަހެޅުމުގެ ތެރެއިން 42 ފޯމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި،  32 މައްސަލައެއްގެ މަސައްކަތް މުޅިން ނިންމާފައިވާ ކަމަށެވެ. އަދި 86 މައްސަލައެއް ގޮތް ނިންމުމަށް ބޯޑަށް ހުށަހަޅާފައިވާ ކަަމަށެވެ. އަދި ޕެރޯލް ބޯޑުން 42 މީހަކަށް ޕެރޯލް ދިނުމަށް ނިންމާފައިވާއިރު، 44 މީހެއްގެ ހުށަހެޅުން ބާތިލްކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ. 

މީގެ އިތުރުން ކަރެކްޝަނުން ބުނީ، 22 މީހަކު އެއްވެސް އުސޫލަކާ ހިލާފުނުވެ ޕެރޯލްގެ މުއްދަތު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބުނު 25 މީހަކު އެ ފުރުސަތުގެ ބޭނުން ހިފަން އިއުތިރާޒުކޮށްފައިވެ އެވެ. 

ކަރެކްޝަނުން ދަނީ ގައިދީން އަނބުރާ މުޖުތަމައަށް ނެރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެމީހުންނަށް އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމާއި، ކޯސްތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ. ނަމަވެސް އިޖުތިމާއީ ގޮތުންނާއި އާއިލީ ގޮތުން ދިމާވާ ގޮންޖެހުންތަކާއެކު ބައެއް ދަތިތައް ކުރިމަތިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

މޯލްޑިވްސް ކަރެކްޝަންސް ސަރވިސްޕެރޯލް ބޯޑުކ.މާފުށީ ޖަލުގައިދީން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ޖުލައި 2026

ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ

11 ޖުލައި 2026
ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ
16 ޖޫން 2026

ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި

16 ޖޫން 2026
ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި
16 ޖޫން 2026

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

16 ޖޫން 2026
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި
11 ޖޫން 2026

ޝަމްއާނަށް ލިބެންޖެހޭ އިނާޔަތްތައް ކަނޑާލިކަން ރިޕޯޓު ކުރުމާއެކު، އެއީ މިހާރު އަމަލު ކުރާ އުސޫލެއް ނޫން ކަމަށް ކަރެކްޝަންސްއިން ބުނެފި

11 ޖޫން 2026
ޝަމްއާނަށް ލިބެންޖެހޭ އިނާޔަތްތައް ކަނޑާލިކަން ރިޕޯޓު ކުރުމާއެކު، އެއީ މިހާރު އަމަލު ކުރާ އުސޫލެއް ނޫން ކަމަށް ކަރެކްޝަންސްއިން ބުނެފި
10 ޖޫން 2026

ކުރީގެ ކޮންޓްރޯލަރ ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލައިފި

10 ޖޫން 2026
ކުރީގެ ކޮންޓްރޯލަރ ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލައިފި
31 މެއި 2026

މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން ތަކެތި ނުލިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަންސް

31 މެއި 2026
މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން ތަކެތި ނުލިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަންސް
28 މެއި 2026

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2026
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި
27 މެއި 2026

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

27 މެއި 2026
15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި
22 މެއި 2026

ޖަލަށްލި ނޫސްވެރިޔާ ލީވާން ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިނިވަންކޮށްފި

22 މެއި 2026
ޖަލަށްލި ނޫސްވެރިޔާ ލީވާން ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިނިވަންކޮށްފި
03 މެއި 2026

މާފުށީ ޖަލަށް 17 ފޯނާއި އެހެނިހެން މަނާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

03 މެއި 2026
މާފުށީ ޖަލަށް 17 ފޯނާއި އެހެނިހެން މަނާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް