Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ސެރީއާ

ނަސްލީ ތަފާތު ކުރުމުގެ މައްސަލާގައި ލާޒިއޯ އަށް އަދަބު ދީފި

ލީގުގައި ލާޒިއޯ ކުޅެން ޖެހޭ ފުރަތަމަ ދެމެޗުގައި ލާޒިއޯގެ ސަޕޯޓަރުންނަށް ޙާއްސަ ސްޓޭންޑްގެ ބައެއް ބަންދުވާނެ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 4 އޮކްޓޯބަރު 2017 | ބުދަ 01:59
ލާޒިއޯގެ ދަނޑު، ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމް

ލާޒިއޯގެ ދަނޑު، ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމް

ނަސްލީ ތަފާތު ކުރުމުގެ މައްސަލާގައި އިޓަލީގެ ސެރީއާގެ ކްލަބު ލާޒިއޯއާ ދެކޮޅަށް ސެރީއާގެ ޑިސިޕްލިނަރީ ކޮމެޓީއިން ފިޔަވަޅު އަޅައިފި އެވެ.

ލާޒިއޯ އަށް އަދަބު ދީފައި ވަނީ އިޓާލިއަން ލީގުގައި އަމިއްލަ ދަނޑުގައި ސަސުއޯލޯގެ މައްޗަށް ހައެއް އެކަކުން ކުރި ހޯދި މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު ނަސްލީ ތަފާތު ކުރުމުގެ އަމަލުތަކުގެ ސަބަބުންނެވެ. ސަސުއޯލޯ އާދެކޮޅަށް ކުޅުނު މެޗުގައި ލާޒިއޯގެ ސަޕޯޓަރުން ވަނީ ސަސުއޯލޯގެ ކްލައުޑް އެޖަޕޮންގ އާއި އަލްފްރެޑް ޑުންކަން އާ ނަސްލީ ގޮތުން ދިމާކޮށްފަ އެވެ.

ލާޒިއޯގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ކުޅިވަރުގެ ރޫޙާއި ޚިލާފް އަމަލުތަކުގެ މައްސަލަ ބެލުމަށްފަހު ސެރީއާގެ ޑިސިޕްލިނަރީ ކޮމިޓީން ނެރުނު ރިޕޯޓްގައި ވަނީ، ލީގުގައި ލާޒިއޯ ކުޅެން ޖެހޭ ފުރަތަމަ ދެމެޗުގައި ލާޒިއޯގެ ދަނޑުގައި ހުންނަ ކުރްވަ ނޯޑް ސްޓޭންޑްގައި އަމިއްލަ ސަޕޯޓަރުންނަށް ޙާއްސަކޮށްފައިވާ 5449 ގޮނޑީގެ ތެރެއިން ދެ ހާސް ގޮނޑި ހުސްކޮށް ބެހެއްޓުމަށް އަންގާފަ އެވެ.

މި އަދަބުގެ ސަބަބުން އިޓާލިއަން ލީގުގައި އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ކަގްލިއާރީ އާ ދެކޮޅަށް ކުޅޭ މެޗާއި، ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އުދިނޭޒީ އާއި ދެކޮޅަށް ކުޅޭ މެޗުގައި ލާޒިއޯގެ ބައެއް ސަޕޯޓަރުންނަށް ނުވަދެވޭނެ އެވެ.

މިއަދަބުގެ ތެރެއިން ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ސްޓޭޑިއޯ އޮލިމްޕިކޯގައި އުދިނޭޒީ އާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ހިމަނާފައިވަނީ، އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އޭއެސް ރޯމާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ލާޒިއޯގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔަ ނަސްލީ ތަފާތު ކުރުންތަކުގެ މައްސަލަ އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުގެ ސަބަބުންނެވެ. އެހެންނަމަވެސް ރޯމާ އާ ދެކޮޅަށް ކުޅުނު މެޗުގައި ޑިފެންޑަރ އެންތަނީ ރުޑިގަރ އާ ލާޒިއޯގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާ ކުރުމާއި ގުޅިގެން ދިން އަދަބު ތަންފީޒު ކުރުން ފަސްކުރީ އެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަލަށް ހަވާލުވި ކޯޗް ނަޒީހު އާއި އެކު ޔޫވީ ތަފާތު ދައްކައިފި

24 އެޕްރީލު 2017
އަލަށް ހަވާލުވި ކޯޗް ނަޒީހު އާއި އެކު ޔޫވީ ތަފާތު ދައްކައިފި
19 އެޕްރީލު 2017

ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި

19 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި
14 އެޕްރީލު 2017

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
30 ޖެނުއަރީ 2017

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު