Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޑީއެމްއޭ

ހ. ފަހިވައި ގޭގައި ރޯވުން: ހާދިސާއާ ގުޅިގެން 4 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

16 އޯގަސްޓު 2026 | އާދީއްތަ 08:44

ހ. ފަހިވައިގޭގެ ހަތްވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެތަނުގައި ދިރިއުޅޭ ހަތަރު މީހަކަށް އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި. މި ހާދިސާގައި ފުލުހަކަށް އަނިޔާވެފައިވާއިރު، އަލިފާން ނިއްވާލުމަށްފަހު މިހާރު އެ އިމާރާތުގެ އެހެން ފަންގިފިލާތަކަކީ ދިރިއުޅެން ރައްކާތެރި ތަންތަން ކަމަށް އެ އިދާރާއިން ވަނީ ކަނޑައަޅާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 އޯގަސްޓު 2026 | އާދީއްތަ 08:44
މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުން ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައެއް ނުވޭ

މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުން ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައެއް ނުވޭ | އެމްއެންޑީއެފް

ހ. ފަހިވައި 7 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 4 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ މޯލްޑިވްސް ނޭޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. 

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މައުލޫމާތު ހުކުރު ދުވަހުގެ ރޭ 08:46 ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފް އިން ބުނީ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ހުކުރުދުވަހުގެ ރޭ 09:25 ހާއިރު ކަމަށެވެ. 

މި ހާދިސާގައި އެ އިމާރާތުގެ ޓެރަސްއަށް ވަންނަ ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލަން އުޅުމުގެ ތެރޭގައި، ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސްފައިވީ ނަމަވެސް އިތުރު މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މި ހާދިސާގައި އެ ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަނުގައި ހުރި ހިފާގެންގުޅޭ ސާމާނަށް އެކިވެރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. 

އެކަމުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް އެންޑީއެމްއޭ އިން ބުނީ މި ހާދިސާ ހިނގި އިމާރާތުގެ 7 ވަނަ ފަންގިފިލާގައި ހުރި، ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅޭ 4 ދިވެހިންނަށް، އެއީ ތިން އަންހެނުންނާއި ފިރިހެނަކަށް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެ އޮތޯރިޓީ އިން ހަމަޖައްސައިފައިވާ ކަމަށެވެ. 

މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުން ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އަދި މިހާރު އިމާރާތުގެ އެ ފަންގިފިލާތަކުގައި ދުމުގެ އެއްވެސް އަސަރެއް ނެތް ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ. 

މޯލްޑިވްސް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީފަޔަރ އެންޑް ރެސްކިޔު ސަރވިސްއަލިފާނުގެ ހާދިސާ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ

02 އޯގަސްޓު 2026
އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ
27 ޖުލައި 2026

ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ

27 ޖުލައި 2026
ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ
20 ޖުލައި 2026

ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!

20 ޖުލައި 2026
ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ބޮޑު އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު!
17 ޖުލައި 2026

ނ. ވެލިދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގައި, އެމްއެންޑީއެފް އިން ހަރަކާތްތެރިވެއްޖެ

17 ޖުލައި 2026
ނ. ވެލިދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގައި, އެމްއެންޑީއެފް އިން ހަރަކާތްތެރިވެއްޖެ
10 ޖުލައި 2026

ސްޕެއިންގައި ފެތުރެމުންދާ ވަރުގަދަ އަލިފާނުގައި 11 މީހުން މަރުވެއްޖެ

10 ޖުލައި 2026
ސްޕެއިންގައި ފެތުރެމުންދާ ވަރުގަދަ އަލިފާނުގައި 11 މީހުން މަރުވެއްޖެ
09 ޖުލައި 2026

މާފަންނުގައި ހުރި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިވާލައިފި، ފުލުހުން މައްސަލަ ތަހުގީގު ކުރަނީ

09 ޖުލައި 2026
މާފަންނުގައި ހުރި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިވާލައިފި، ފުލުހުން މައްސަލަ ތަހުގީގު ކުރަނީ
09 ޖުލައި 2026

މާފަންނުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

09 ޖުލައި 2026
މާފަންނުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ
07 ޖުލައި 2026

ފުންފަޅު ގޭގައި ރޯވުން: 109 މީހުންނަށް އަސަރުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް 95،000 ރުފިޔާ ޚަރަދު ކޮށްފި

07 ޖުލައި 2026
ފުންފަޅު ގޭގައި ރޯވުން: 109 މީހުންނަށް އަސަރުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް 95،000 ރުފިޔާ ޚަރަދު ކޮށްފި
09 މެއި 2026

ގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި: މީހަކަށް ގެއްލުމެއް ނުވޭ، އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް

09 މެއި 2026
ގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި: މީހަކަށް ގެއްލުމެއް ނުވޭ، އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް
05 މެއި 2026

ޗައިނާގައި ފަޓާސް އުފައްދާ ކާރުޚާނާއެއްގައި އެއްޗެއް ގޮވައި 21 މީހުން މަރުވެއްޖެ

05 މެއި 2026
ޗައިނާގައި ފަޓާސް އުފައްދާ ކާރުޚާނާއެއްގައި އެއްޗެއް ގޮވައި 21 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް