Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

މާފަންނުގައި ހުރި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިވާލައިފި، ފުލުހުން މައްސަލަ ތަހުގީގު ކުރަނީ

9 ޖުލައި 2026 | ބުރާސްފަތި 06:26

މ. ޝަފާ ގޭގެ ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނިއްވާލާފައި. މި ހާދިސާގައި އެ އިމާރާތަށް އެކި ވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވޭ. ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖުލައި 2026 | ބުރާސްފަތި 06:26
މ. ޝަފާ ގޭގެ ގުދަނެއްގައި ރޯވި އަލިފާން

މ. ޝަފާ ގޭގެ ގުދަނެއްގައި ރޯވި އަލިފާން | އެމްއެންޑީއެފް

މ. ޝަފާ ގޭގެ ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި އެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 09:26 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފަ އެވެ. 

Advertisement - newsAdvertisement

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ބުރާސްފަތި ދުވަހުގެ ހެނދުނު  09:46 ހާއިރު އެވެ.

އެ ގޭގެ ގުދަނެއްގައި ރޯވެ ހިނގި މި ހާދިސާގައި، އެކި ވަރުގެ ގެއްލުން އެ އިމާރާތަށް ވެފައިވެ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ. 

މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ ބުނެފަ އެވެ. 

އަލިފާނުގެ ޙާދިސާއާ ގުޅިގެން އިމާރާތަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައި

އަލިފާނުގެ ޙާދިސާއާ ގުޅިގެން އިމާރާތަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައި | އެމްއެންޑީއެފް

މާލޭގައި ހިނގާފައިވާ އެކިއެކި އަލިފާނުގެ ޙާދިސާތަކަށް ބަލާއިރު، އެކި ބާވަތުގެ މުދާ ގުދަންކޮށްފައި ހުންނަ ތަންތަނުގައި ބޮޑެތި އަލިފާނުގެ ޙާދިސާތައް ހިނގާފައިވެއެވެ. ވަކިން ޚާއްސަކޮށް، ޤަވާއިދާ ޚިލާފަށް އެކި ޒާތުގެ ކެމިކަލް އަދި ސިނާއީ މަސައްކަތް ކުރާ ތަކެތި ރައްކާކޮށްފައި ހުރި ގުދަންތަކުގައިވެސް މީގެ ކުރިން މިފަދަ ބޮޑެތި ޙާދިސާތައް ހިނގާފައިވެ އެވެ. 

ފަޔަރ އެންޑް ރެސްކިޔު ސަރވިސްކެމިކަލް ގުދަން އަލިފާނުގެ ހާދިސާމ. ޝަފާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޖުލައި 2026

މާފަންނުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

09 ޖުލައި 2026
މާފަންނުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ
07 ޖުލައި 2026

ފުންފަޅު ގޭގައި ރޯވުން: 109 މީހުންނަށް އަސަރުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް 95،000 ރުފިޔާ ޚަރަދު ކޮށްފި

07 ޖުލައި 2026
ފުންފަޅު ގޭގައި ރޯވުން: 109 މީހުންނަށް އަސަރުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް 95،000 ރުފިޔާ ޚަރަދު ކޮށްފި
09 މެއި 2026

ގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި: މީހަކަށް ގެއްލުމެއް ނުވޭ، އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް

09 މެއި 2026
ގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި: މީހަކަށް ގެއްލުމެއް ނުވޭ، އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް
05 މެއި 2026

ޗައިނާގައި ފަޓާސް އުފައްދާ ކާރުޚާނާއެއްގައި އެއްޗެއް ގޮވައި 21 މީހުން މަރުވެއްޖެ

05 މެއި 2026
ޗައިނާގައި ފަޓާސް އުފައްދާ ކާރުޚާނާއެއްގައި އެއްޗެއް ގޮވައި 21 މީހުން މަރުވެއްޖެ
29 އެޕްރީލު 2026

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

29 އެޕްރީލު 2026
އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
22 އެޕްރީލު 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގައި!

22 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގައި!
13 އެޕްރީލު 2026

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ވަފުދެއް އެ ރަށު ކައުންސިލާ ބައްދަލުކޮށްފި

13 އެޕްރީލު 2026
ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ވަފުދެއް އެ ރަށު ކައުންސިލާ ބައްދަލުކޮށްފި
13 އެޕްރީލު 2026

ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

13 އެޕްރީލު 2026
ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
12 އެޕްރީލު 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

12 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!
12 އެޕްރީލު 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވެ އައިސްޕްލާންޓް އަނދާ ހުލިވުން: ލިބުނު ގެއްލުން ބަލަން މިނިސްޓްރީގެ ޓީމެއް އެ ރަށުގައި.

12 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވެ އައިސްޕްލާންޓް އަނދާ ހުލިވުން: ލިބުނު ގެއްލުން ބަލަން މިނިސްޓްރީގެ ޓީމެއް އެ ރަށުގައި.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް