Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުންފަޅު ގޭގައި ރޯވުން

ފުންފަޅު ގޭގައި ރޯވުން: 109 މީހުންނަށް އަސަރުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް 95،000 ރުފިޔާ ޚަރަދު ކޮށްފި

7 ޖުލައި 2026 | އަންގާރަ 14:09

ގ. ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 109 މީހުންނަށް އެހީތެރިވުމަށް އެންޑީއެމްއޭއިން މިހާތަނަށް 95،000 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެންމެ ބޮޑަށް އަސަރުކުރި 16 މީހަކަށް ފަސް ދުވަހުގެ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފަ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އިމާރާތަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް އެސެސްމަންޓް ހެދުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުން. އެމްއެންޑީއެފުން ބުނި ގޮތުގައި ފަސްވަނަ ފަންގިފިލާގައި ރޯވި މި އަލިފާންގަނޑު ނިއްވާލެވުނީ ގަޑިއެއްހާއިރު ކުރި މަސައްކަތުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ޖުލައި 2026 | އަންގާރަ 14:09
ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓުގެ ކޮޓަރިއެއް އަނދާ ހުލިވެފައި

ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓުގެ ކޮޓަރިއެއް އަނދާ ހުލިވެފައި | އެމްއެންޑީއެފް

މި މަހުގެ 5 ވަނަ ދުވަހު ގެ ރޭ ގ. ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސާދީފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. 

އެ އޮތޯރިޓީ އިން އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ބުނީ، އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް (5އޭ، 5ބީ އަދި 5ސީ) ގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޖުމްލަ 109 މީހުންނަށް އަސަރުކުރި މި ހާދިސާގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000 ރުފިޔާ ޚަރަދުކުރެވިފައިވާ ކަން އެ އޮތޯރިޓީ އިން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ. 

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ އާދިއްތަ ދުވަހުގެ ރޭ 22:49 ހާއިރު އެވެ. އެ ގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ އާދިއްތަ ދުވަހުގެ ރޭ 23:48 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެންޑީއެމްއޭއިން މީގެ ކުރިން ބުނީ، އަލިފާން ރޯވި އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ކަމަށްވާއިރު، ބޭނުންނުކުރޭ ވަރަށް އެ އެޕާޓަމަންޓުގެ ސާމާނުތައް އަނދާފައިވާ ކަމަށާއި، ވަރަށް ބޮޑަށް ސީލިންގަށް ވެސް ދުމުގެ އަސަރުކޮށް ކަޅު ވެފައިވާ ކަމަށެވެ. އަދި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗް ގައި 25 މީހަކަށް އަދި އޭޑީކޭގައި 3 މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެންޑީއެމްއޭ  އިން ވަނީ ބުނެފަ އެވެ.  

މި ހާދިސާއާ ގުޅިގެން އެހީތެރިކަން ދިނުމަށް ގަލޮޅު މަދަރުސާގައި އިވެކުއޭޝަން ސެންޓަރެއް ވެސް ގާއިމު ކޮށްފައިވެ އެވެ.

އަލިފާނުގެ ހާދިސާއެންޑީއެމްއޭފަޔަރ އެންޑް ރެސްކިޔުއެމްއެންޑީއެފް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 ޖުލައި 2026

ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާ: އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް، 58 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން!

06 ޖުލައި 2026
ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާ: އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް، 58 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން!
02 ޖުލައި 2026

ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

02 ޖުލައި 2026
ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!
02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
30 ޖޫން 2026

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

30 ޖޫން 2026
މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
26 ޖޫން 2026

ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވޭ: އެމްއެންޑީއެފް

26 ޖޫން 2026
ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވޭ: އެމްއެންޑީއެފް
25 ޖޫން 2026

ފިޔޯރީ ކައިރިން ބޭރުގެ ދެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

25 ޖޫން 2026
ފިޔޯރީ ކައިރިން ބޭރުގެ ދެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
15 ޖޫން 2026

ހިލޭ އެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފި

15 ޖޫން 2026
ހިލޭ އެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފި
12 ޖޫން 2026

ކުރިއަށް އޮތް 5 ދުވަހު ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން ރަނގަޅުވާނެ: މެޓް

12 ޖޫން 2026
ކުރިއަށް އޮތް 5 ދުވަހު ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން ރަނގަޅުވާނެ: މެޓް
12 ޖޫން 2026

އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުން 137 ސިފައިން ދަސްވެނިވެއްޖެ

12 ޖޫން 2026
އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުން 137 ސިފައިން ދަސްވެނިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް