Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ޙާދިސާ

ގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން ނިއްވާލައިފި: މީހަކަށް ގެއްލުމެއް ނުވޭ، އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް

ގުޅީފަޅު ކައިރީގައި އޮތް "އޮގްޒޮން ކެރިއަރ 2" ދޯނީގެ އިންޖީނު ރޫމުގައި މިއަދު މެންދުރުފަހު ރޯވި އަލިފާންގަނޑު، އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން މިހާރު ވަނީ ނިއްވާލާފައި. މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި ފަސް މީހުން އެހެން އުޅަނދަކަށް ބަދަލުވެ ރައްކާތެރިކަން ހޯދާފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ. ނަމަވެސް، މި އަލިފާނުގެ ހާދިސާގައި އެ ދޯނީގެ އިންޖީނު ރޫމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މެއި 2026 | ހޮނިހިރު 10:45
ގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ވަނީ ނިއްވާލާފައި.

ގުޅީފަޅު ބޭރުގައި އޮތް ދޯނީގައި ރޯވި އަލިފާން، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ވަނީ ނިއްވާލާފައި. | އެމްއެންޑީއެފް

ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯނީގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 13:22 ހާއިރު  ކަމަށެވެ. 

Advertisement - newsAdvertisement

ޙާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ. އެ ސަރަހައްދަށް ގޮސް ފަޔަރފައިޓަރުން ކުރި މަސައްކަތުން، ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ ހޮނިހިރު ދުވަހުގެ 14:45 ހާއިރުއެވެ.

ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 5 މީހުން ވަނީ އެހެން ދޯންޏަކަށް އަރައި، ރައްކާތެރިކަން ހޯދާފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

އަލިފާނުގެ ހާދިސާފަޔަރ އެންޑް ރެސްކިޔުގުޅީފަޅު

އިތުރަށް ކިޔާލަން

05 މެއި 2026

ޗައިނާގައި ފަޓާސް އުފައްދާ ކާރުޚާނާއެއްގައި އެއްޗެއް ގޮވައި 21 މީހުން މަރުވެއްޖެ

05 މެއި 2026
ޗައިނާގައި ފަޓާސް އުފައްދާ ކާރުޚާނާއެއްގައި އެއްޗެއް ގޮވައި 21 މީހުން މަރުވެއްޖެ
29 އެޕްރީލު 2026

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

29 އެޕްރީލު 2026
އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
22 އެޕްރީލު 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގައި!

22 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގައި!
13 އެޕްރީލު 2026

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ވަފުދެއް އެ ރަށު ކައުންސިލާ ބައްދަލުކޮށްފި

13 އެޕްރީލު 2026
ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ވަފުދެއް އެ ރަށު ކައުންސިލާ ބައްދަލުކޮށްފި
13 އެޕްރީލު 2026

ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

13 އެޕްރީލު 2026
ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު