Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްޕެއިން

ސްޕެއިންގައި ފެތުރެމުންދާ ވަރުގަދަ އަލިފާނުގައި 11 މީހުން މަރުވެއްޖެ

10 ޖުލައި 2026 | ހުކުރު 11:30

ސްޕެއިންގެ އަލްމޭރިއާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 11 މީހުން މަރުވެ، 19 މީހަކު ގެއްލިފައިވާއިރު، މި ހާދިސާއާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައި. މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ އާދަޔާޚިލާފު ހޫނުގަދަވުމަކީ އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓުމަށް މެދުވެރިވި މައިގަނޑު ސަބަބު.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 11:30

ސްޕޭނުގެ ދެކުނުގެ ސަރަހައްދުގައި ރޯވި ނުރައްކާތެރި އަލިފާންގަނޑެއްގެ ސަބަބުން މަދުވެގެން 11 މީހުން ވަނީ މަރުވެފައި | ސްކްރީން އިމޭޖް

ސްޕެއިންގެ ދެކުނު ސަރަހައްދުގައި ރޯވި ވަރުގަދަ އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 11 މީހުން މަރުވެފައިވާ ކަމަށާއި، މިއީ އެ ގައުމުގެ ތާރީޚުގައިވެސް ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ހުކުރު ދުވަހު ބުނެފި އެވެ. މި ހާދިސާ ހިނގާފައިވަނީ މުޅި ސްޕެއިންގައި ހޫނުމިން އިންތިހާއަށް މަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

އަލްމޭރިއާ ސަރަހައްދުގައި ރޯވި މި އަލިފާނުގެ ހާދިސާގައި މަރުވި ބައެއް މީހުން ފެނިފައިވަނީ އަނދާފައިވާ އުޅަނދުތަކުގެ ތެރެއިންނެވެ. މި ހާދިސާގައި އިތުރު އަށް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އަލިފާން ނިއްވުމުގެ މަސައްކަތުގައި 150 ފަޔަރ ފައިޓަރުންނާއި ސްޕެއިންގެ މިލިޓަރީ އިމަޖެންސީ ޔުނިޓުގެ 220 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ސަރަހައްދީ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ހަތަރު ރައްޔިތަކު ހިމެނޭ ކަމަށް ބެލެވެ އެވެ. އެންޑަލޫޝިއާގެ ރީޖަނަލް ލީޑަރު ހުއާން މެނުއަލް މޮރޭނޯ "ކަޑޭނާ ސާ" ރޭޑިއޯ ސްޓޭޝަނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ހާދިސާއާ ގުޅިގެން 19 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

ސްޕެއިން ގައި ފެތުރެމުންދާ ވަރުގަދަ އަލިފާންގަނޑު

މި ހާދިސާގައި 12 މީހުން މަރުވި ކަމަށް ކަމާބެހޭ ފަރާތްތަކުން ކުރިން ރިޕޯޓުކުރި ނަމަވެސް، ހުކުރު ދުވަހުގެ ހެނދުނު އެ އަދަދު ވަނީ 11 އަށް އިސްލާހުކޮށްފަ އެވެ.

މި އަލިފާންގަނޑު ރޯވެފައިވަނީ ސިއެރާ ޑި ލޮސް ފިލަބްރޭސް ފަރުބަދަތަކާ ކައިރީގައި އޮންނަ ހިކި ސަރަހައްދެއްގެ އަވަށެއްގަ އެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އެ ސަރަހައްދުން ރިޕޯޓުކުރި މީހުން ބުނެފައިވަނީ ކަރަންޓު ކޭބަލެއް ބިމަށް ވެއްޓުމުގެ ސަބަބުން އުފެދުނު އަލިފާން ކައިރީގައި އޮތް ޖަންގައްޔަށް ވަރަށް އަވަހަށް ފެތުރިގެން ދިޔައީ ކަމަށެވެ.

އިމަޖެންސީ ސާވިސަސް އިން މައުލޫމާތު ދޭ ގޮތުގައި، މި އަލިފާނުގެ ހާދިސާއާ ގުޅިގެން ބައެއް މަގުތައް ބަންދުކުރަން ޖެހުނުއިރު، އެ ސަރަހައްދުގައި ދިރިއުޅޭ 1،000 އެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ. އެކްސް (ކުރީގެ ޓުވިޓާ) މެދުވެރިކޮށް އޭނާ ވިދާޅުވީ، އަލްމޭރިއާ ޕްރޮވިންސަށް ކުރިމަތިވި މި ބިރުވެރި އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކާ މެދު އިންތިހާއަށް ހިތާމަކުރައްވާ ކަމަށެވެ.

ފަހަކަށް އައިސް ސްޕެއިންއަށް ވަނީ ވަރުގަދަ ހޫނުގެ ރާޅުތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ގިނަ ފަހަރު ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށްދެ އެވެ. ބާރު ވަޔާއި، މަތީ ހޫނުމިނުގެ އިތުރުން ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން، ކުދިކުދި އަލިފާނުގެ ހާދިސާތައް ކޮންޓްރޯލުން ނެއްޓި ބޮޑެތި އަލިފާންގަނޑުތަކަށް ބަދަލުވެ އެވެ.

ނިމިދިޔަ ޖޫން މަހު ސްޕެއިންއަށް ވަނީ ރެކޯޑު މިންވަރަކަށް ހޫނުގަދަ ދުވަސްތަކެއް ކުރިމަތިވެފަ އެވެ. އަދި އެ ހޫނުގެ ސަބަބުން 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހުޅަނގު ޔޫރަޕުގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރިމަތިވަމުންދަނީ ފާއިތުވި ހަ ހަފުތާގެ ތެރޭގައި ކުރިމަތިވި ތިންވަނަ ހޫނުގެ ރާޅެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކޮޕަރނިކަސް ކްލައިމެޓް ޗޭންޖް ސާވިސްއިން ބުނާ ގޮތުގައި، ޔޫރަޕަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ހޫނުވަމުންދާ ބައްރެވެ. 1980 ގެ އަހަރުތަކުން ފެށިގެން އެ ބައްރުގެ ހޫނުމިން އިތުރުވަމުންދަނީ ދުނިޔޭގެ އެވްރެޖް ރޭޓަށްވުރެ ދެގުނަ ހަލުވިކޮށެވެ. މުޅި ދުނިޔެއަށް ބަލާއިރު، 2025 ވަނަ އަހަރަކީ ރެކޯޑު ކުރެވުނު ތިންވަނައަށް އެންމެ ހޫނުގަދަ އަހަރެވެ. މީގެ ސަބަބުން ޔޫރަޕުގެ އެކި ހިސާބުތަކަށް ވަނީ ވަރުގަދަ ހޫނުގެ ރާޅުތަކެއް ކުރިމަތިވެފަ އެވެ.

ސައިންސްވެރިން އިންޒާރު ދޭ ގޮތުގައި، ޕެޓްރޯލާއި، ތެލާއި، އަދި ބޯޓުދެލި ފަދަ ތަކެތި އެންދުމުގެ ސަބަބުން ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން، ހޫނުގަދަވުމާއި ހަނަފަސްކަން ކުރިމަތިވާ މިންވަރު ދަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

މަސްދަރު: އޭއެފްޕީ

ސްޕެއިންޕެޑްރޯ ސަންޗޭޒްކްލައިމެޓް ޗޭންޖްއަލިފާނުގެ ހާދިސާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޖުލައި 2026

ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް

09 ޖުލައި 2026
ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް
09 ޖުލައި 2026

މާފަންނުގައި ހުރި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިވާލައިފި، ފުލުހުން މައްސަލަ ތަހުގީގު ކުރަނީ

09 ޖުލައި 2026
މާފަންނުގައި ހުރި ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިވާލައިފި، ފުލުހުން މައްސަލަ ތަހުގީގު ކުރަނީ
09 ޖުލައި 2026

މާފަންނުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

09 ޖުލައި 2026
މާފަންނުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ
08 ޖުލައި 2026

ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި

08 ޖުލައި 2026
ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި
07 ޖުލައި 2026

ފުންފަޅު ގޭގައި ރޯވުން: 109 މީހުންނަށް އަސަރުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް 95،000 ރުފިޔާ ޚަރަދު ކޮށްފި

07 ޖުލައި 2026
ފުންފަޅު ގޭގައި ރޯވުން: 109 މީހުންނަށް އަސަރުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް 95،000 ރުފިޔާ ޚަރަދު ކޮށްފި
04 ޖުލައި 2026

ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި

04 ޖުލައި 2026
ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި
04 ޖުލައި 2026

2030 ވަނަ އަހަރު އަންނައިރު ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުވާނެ!

04 ޖުލައި 2026
2030 ވަނަ އަހަރު އަންނައިރު ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުވާނެ!
03 ޖުލައި 2026

ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި

03 ޖުލައި 2026
ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި
30 ޖޫން 2026

ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު، ފަތްކޮޅުގެ އަރުވައިފި

30 ޖޫން 2026
ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު، ފަތްކޮޅުގެ އަރުވައިފި
29 ޖޫން 2026

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި

29 ޖޫން 2026
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް