Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތައް ފަށައިފި

14 އޯގަސްޓު 2026 | ހުކުރު 02:04

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި ޝަކުވާތަކާއި ބޭނުންތައް އޮޅުންފިލުއްވުމަށް "ރައްޔިތުންގެ އަޑު" ގެ ނަމުގައި ސިލްސިލާ ބައްދަލުވުންތަކެއް ވަނީ ފަށްޓަވާފައި. ރާއްޖޭގެ ހުރިހާ ދާއިރާތަކަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން، މިހާތަނަށް ގިނަ ދާއިރާތަކެއްގެ ރައްޔިތުންނަށް ރައީސާ ވަކިވަކިން ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ވަނީ ދީފައި

ރާއްޖެ އެމްވީ | 14 އޯގަސްޓު 2026 | ހުކުރު 02:04
"ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވާ ސިލްސިލާގެ ބައްދަލުވުންތަކުގެ ތެރެއިން

"ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވާ ސިލްސިލާގެ ބައްދަލުވުންތަކުގެ ތެރެއިން | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި "ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތައް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިފި އެވެ. އެގޮތުން މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބައެއް ވާހަކަތައް ހިމެނިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ އަޑުގެ ފުރަތަމަ އެޕިސޯޑް ބުރާސްފަތި ދުވަހުގެ ރޭ މީސް މީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރިވިސް މީޑިއާ މެދުވެރިކޮށް ދުރަށްދައްކާފަ އެވެ.

މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް މިހާތަނަށް ނަން ނޯޓުކުރެއްވި ފަރާތްތަކާއި ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަމާމެދު މަޝްވަރާކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކަށް ސަރުކާރުން ވެދެއްވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބައްލަވާ އެކަންކަމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގައި އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ. މި ސިލްސިލާގެ ދެވަނަ ބުރުގައި ފުރުސަތު ހުޅުވާލައްވާފައި ވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށެވެ. އަދި މި ސިލްސިލާގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލާފަ އެވެ.

ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިޢުލާންކުރައްވާފަ އެވެ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުހައްމަދު މުއިއްޒުރައްޔިތުންގެ އަޑު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2026

ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ފޯނުން ގުޅުއްވައިފި

13 އޯގަސްޓު 2026
ރައީސް މުއިއްޒު ޔޫއޭއީގެ ރައީސަށް ފޯނުން ގުޅުއްވައިފި
12 އޯގަސްޓު 2026

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

12 އޯގަސްޓު 2026
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
11 އޯގަސްޓު 2026

ރައީސް މުއިއްޒުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އަނެއްކާވެސް ސަރުކާރުން ބުނެފި

11 އޯގަސްޓު 2026
ރައީސް މުއިއްޒުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އަނެއްކާވެސް ސަރުކާރުން ބުނެފި
10 އޯގަސްޓު 2026

ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

10 އޯގަސްޓު 2026
ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި
10 އޯގަސްޓު 2026

ކިހާދޫއަށްވީ ވައުދުތައް ފުއްދުމުގެ ލަސްކަން ރައީސް ގަބޫލުކުރައްވާފައިވާއިރު، ސިއްހީ މަރުކަޒުގެ މަސައްކަތަށް އަނެއްކާވެސް އައު ޑެޑްލައިނެއް!

10 އޯގަސްޓު 2026
ކިހާދޫއަށްވީ ވައުދުތައް ފުއްދުމުގެ ލަސްކަން ރައީސް ގަބޫލުކުރައްވާފައިވާއިރު، ސިއްހީ މަރުކަޒުގެ މަސައްކަތަށް އަނެއްކާވެސް އައު ޑެޑްލައިނެއް!
08 އޯގަސްޓު 2026

ޕާޕާގެ ސުވާލެއް: ޔާމީނުގެ ވެރިކަން ހިންގައިދިނީ މުއިއްޒުކަމަށްވާނަމަ، މިއަދު އެންމެ މަޝްރޫއުގަނޑެއް ވެސް ނިންމައިނުދެވިގެން އުޅެނީ ކީއްވެތޯ؟

08 އޯގަސްޓު 2026
ޕާޕާގެ ސުވާލެއް: ޔާމީނުގެ ވެރިކަން ހިންގައިދިނީ މުއިއްޒުކަމަށްވާނަމަ، މިއަދު އެންމެ މަޝްރޫއުގަނޑެއް ވެސް ނިންމައިނުދެވިގެން އުޅެނީ ކީއްވެތޯ؟
08 އޯގަސްޓު 2026

މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު

08 އޯގަސްޓު 2026
މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު
08 އޯގަސްޓު 2026

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

08 އޯގަސްޓު 2026
ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟
06 އޯގަސްޓު 2026

ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ރޭރޭ ހޭދަކުރީ ތާސްކުޅުމުގައި، އޭރުގައި ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން: މެންބަރު ޝުޖާއު

06 އޯގަސްޓު 2026
ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ރޭރޭ ހޭދަކުރީ ތާސްކުޅުމުގައި، އޭރުގައި ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން: މެންބަރު ޝުޖާއު
06 އޯގަސްޓު 2026

ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް

06 އޯގަސްޓު 2026
ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް