Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސާ - ކެޓަލޯނިއާ

ސްޕެއިންގެ ފަރިތަކުރުން ތަކުގައި ޕީކޭ އަށް ފުރައްސާރަ ކޮށްފި

ޕީކޭ އާ ދިމާކޮށްފައިވަނީ ކެޓަލޯނިއާގެ މިނިވަން ކަމުގެ ވޯޓުގެ މައްސަލާގައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2017 | އަންގާރަ 17:55
ބާސެލޯނާގެ ޑިފެންޑަރ ޖެރާޑް ޕީކޭ

ބާސެލޯނާގެ ޑިފެންޑަރ ޖެރާޑް ޕީކޭ

ސްޕެއިންގެ އަތްދަށުން މިނިވަންވެ، ކެޓަލޯނިއާގެ ވަކި ދަޢުލަތެއް އުފެއްދުމަށް ކުރާ މަސައްކަތަށް ތާޢީދުކުރާ ބާސެލޯނާގެ ޑިފެންޑަރ ޖެރާޑް ޕީކޭ އަށް ސްޕެއިންގެ ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ފުރައްސާރަ ކޮށްފި އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ދެމެޗަށް ސްޕެއިންގެ ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ސްޕެއިންގެ އަލިކާންޓޭގައި ބޭއްވި ޤައުމީ ޓީމުގެ ފަރިތަކުރުންތައް ބެލުމަށް ވަން ސަޕޯޓަރުން ވަނީ ޕީކޭ ދިއުމަށް ގޮވާލާ، އަޑުގަދަކޮށް ދިމާކޮށްފައެވެ.

ޕީކޭ ނިސްބަތްވާ ކެޓަލޯނިއާގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް އާދީއްތަ ދުވަހު ނެގި ވޯޓުގައި ޕީކޭ ބައިވެރިވެފައިވާއިރު، އޭނާ އަކީ ކެޓަލޯނިއާގެ މިނިވަން ކަމަށް ތާއީދުކޮށް މީޑިއާގައި އެންމެ ބޮޑަށް ވާހަކަ ދައްކާ އެއް ކުޅުންތެރިޔާ އެވެ.

ޕީކޭ ވަނީ، ކެޓަލޯނިއާގައި އާދީއްތަ ދުވަހު ނެގި ވޯޓަށް ތާޢީދު ކުރުމަކީ މައްސަލަ އަކަށް ވާނަމަ، ރަޝިޔާގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ކުރިން ސްޕެއިންގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމުގެ އިޝާރާތެއް ކޮށްފަ އެވެ.

ސްޕެއިންގެ ބާސެލޯނާ އަށް ކުޅޭ 30 އަހަރުގެ ޑިފެންޑަރ ވަނީ ސްޕެއިންގެ ޤައުމީ ޓީމަށް 91 މެޗު ކުޅެ، ފަސް ލަނޑު ޖަހައިދީފައެވެ. 2009 ވަނަ އަހަރުގެ ފަހުން ސްޕެއިންގެ ޑިފެންސް ލައިންގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ޕީކޭ ވަނީ ސްޕެއިން އާއެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި، 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރަތް ކާމިޔާބުކޮށްފަ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ޖީގައި ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ސްޕެއިން ނުކުންނާނީ އަލްބޭނިއާ އާއި ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ހޯމަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ އިސްރާއީލާއި ދެކޮޅަށެވެ.

ގްރޫޕް ޖީގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ގްރޫޕްގެ އެއްވަނާގައި ސްޕެއިން އޮތީ 22 ޕޮއިންޓް ހަމަކޮށްގެންނެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ސްޕެއިން އަށް މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކުރިއިރު، އެއް މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. 19 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނާގައި އިޓަލީ އޮތްއިރު، ތިންވަނާގައިވާ އަލްބޭނިއާ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު