Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

އެފްއޭއެމްގެ މުބާރާތްތަކުގައި ފުލުހުން އެހީތެރިވާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 13 ފެބުރުއަރީ 2017 | ހޯމަ 20:22
އެފްއޭއެމާއި ޕޮލިހާއި ދެމެދު އެއްބަސްވުން ބަދަލުކުރަނީ

އެފްއޭއެމާއި ޕޮލިހާއި ދެމެދު އެއްބަސްވުން ބަދަލުކުރަނީ

އިޖުތިމާޢީ ކަންކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ހޯމަ ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްކެވި ވާހަކަފުޅުގައި މި އެއްބަސްވުމުގެ ދަށުން އެފްއޭއެމްގެ މުބާރާތްތައް ކުރިއަށްދާއިރުގައާއި އެފްއޭއެމްގެ އެހެނިހެން ހަރަކާތްތައް ކުރިއަށްދާއިރު ފުލުހުންނާއި ގުޅިގެން ހޭލުންތެރިކުރުމުގެ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމަށް ފައިދާކުރުވަނި ގިނަ ކަންކަން ކުރެވިގެންދާނެކަމަށް ވިދާޅުވި އެވެ. އަދި ފުލުހުންގެ ފަރާތުން އެފްއޭއެމްއަށް ދެއްވާ އެހީތެރިކަމާއި ބާއްވާ ގާތްގުޅުން ފާހަގަކުރައްވައި ފުލުހުންނަށް ޝުކުރު އަދާކުރެއްވި އެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ދެއްކެވި ވާހަކަފުޅުގައި މުބާރާތްތަކުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޒުވާނުންގެ މެދުގައި މަޤުބޫލު ކުޅިވަރެއް ކަމަށްވާ ފުޓްބޯޅައިގެ ތެރެއިން ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަށްޓަކައި ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގުމުގެ ފުރުސަތު ލިބިގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މާލެއާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން އެފްއޭއެމް އިން މާލެއާއި އަތޮޅުތަކުގައި ހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ، ކުށްމަދު ކުރުމަށްޓަކައި ރައްޔިތުންނަށް ބޭނުންވާ މެސެޖްތައްދިނުމުގެ އިތުރުން ރަނގަޅު ތަރުބިއްޔަތެއްގެ ތެރެއިން ބޮޑުވަމުން އަންނަ ޒުވާނުންތަކެއްގެ ގޮތުގައި ޒުވާނުން ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފަހިކަމެއް ލިބިގެންގޮސްފައިވާ ކަމަށް ސައުދީ ވިދާޅުވި އެވެ. އަދި މީގެ ހެޔޮ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގެ ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

10 ޖޫން 2017

މޮރާޓާ އާއި ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އަތުވެ، ސޮއިކުރުން ހޯމަ ދުވަހަށް

10 ޖޫން 2017
މޮރާޓާ އާއި ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް އަތުވެ، ސޮއިކުރުން ހޯމަ ދުވަހަށް
04 ޖޫން 2017

މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް

04 ޖޫން 2017
މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް
05 މެއި 2017

މެންޗެސްޓާ ޔުނައިޓެޑުން، ގްރީސްމަން އާއި އެކު އެއްބަސްވުމަކަށް

05 މެއި 2017
މެންޗެސްޓާ ޔުނައިޓެޑުން، ގްރީސްމަން އާއި އެކު އެއްބަސްވުމަކަށް
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު