އިޤްތިސާދީ ވަޒީރު ބަދަލުނުކޮށް، ޑޮލަރުގެ މައްސަލަ ހައްލެއް ނުވާނެ: ޒިޔާދު
12 އޯގަސްޓު 2026 | ބުދަ 07:10ބޭރު ފައިސާގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން، ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތައް ތަންފީޒު ނުކުރެވޭނަމަ އިގްތިސާދީ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު ވިދާޅުވެއްޖެ. މި އިސްލާހަކީ ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑުތައް މުރާޖަޢާކޮށް، ސައްތަ އިންސައްތަ ދިވެހި ވިޔަފާރިތަކަށް ލުއިތަކެއް ދިނުމަށް ހުށަހަޅާފައިވާ ބިލެއް


ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު | ޕީޕަލްސް މަޖްލިސް
އިޤްތިސާދީ ވަޒީރު ބަދަލުނުކޮށް، ޑޮލަރުގެ މައްސަލަ ހައްލެއް ނުވާނެކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ބޭރު ފައިސާގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ، މި މައްސަލަ ޙައްލުކުރުމަށްކަމަށް ބުނެ ސަރުކާރުން އެކިއެކި ފިޔަވަޅުތައް އަޅާފައިވާއިރު މިއަދާ ހަމައަށް ވެސް އެއިން އެއްވެސް ކަމެއްގެ ނަތީޖާއެއް ފެންނާކަށް ނެތް ކަމަށެވެ.
މެންބަރު ޒިޔާދު ވިދާޅުވީ، އިޤްތިސާދީ ވަޒީރު ބަދަލުނުކޮށް މިކަން ކުރެވޭކަށް ނެތް ކަމަށާއި މިއީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެއް ކަމަށެވެ.
ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ވަޅަކަށް ބުޅަލެއް ވެއްޓި ކުނިވީމާ ކިތަންމެ ވަރަކަށް އެ ވަޅު ހިއްކިޔަސް ވަހެއް ނުކެނޑޭނެ، ވަސް ކެނޑޭނީ ބުޅާ ނަގާފައި ހިއްކީމާހުސައިން ޒިޔާދު
ބޭރު ފައިސާގެ މައްސަލައަކީ ދިވެހިރާއްޖޭގެ އިޤްތިސާދަށް ބޮޑު ގޮންޖެހުމެއް ކަމަށްވާއިރު މި މައްސަލަ ހައްލުކުރުމަށްކަމަށް ބުނެ ކިތަންމެ ވަރަކަށް ޤާނޫނު ހެދިނަމަވެސް، އެ ކަންކަން ތަންފީޒު ނުކުރެވޭނަމަ އެއްވެސް ކަމެއް ހައްލު ނުވާނެކަމަށް ޒިޔާދު ވިދާޅުވި އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި އިސްލާހަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާހުކުރުމަށް ބޭރު ފައިސާއާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
މި ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މެންބަރު ބަޔާންކުރައްވާފައިވަނީ ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖަޢާކުރުން ކަމަށެވެ. އަދި ކެޓަގަރީ އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުން ވެސް މި އިސްލާހުގެ ބޭނުމަކަށްވެ އެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި އެނޫން ވިޔަފާރިތަކުގެ ތެރެއިން %100 ދިވެހީން ހިއްސާވާ ވިޔަފާރިތަކުން ބޭރުފައިސާ ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު ލުއިކުރުންވެސް ބިލުގެ ބޭނުމެއްކަމަށް ބުނެފައިވެ އެވެ.










