Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ މައްސަލަ

ޑޮލަރުގެ އަގު މަތިވަނީ ނޫސްތަކުން ރައްޔިތުންގެ މެދުގައި "ޕެނިކް" އުފައްދާތީ: މިނިސްޓަރު ސައީދު

11 އޯގަސްޓު 2026 | އަންގާރަ 06:45

ހޯމަ ދުވަހުގެ ރޭ ބޭއްވި އިގްތިސާދުގެ ދެފަރާތް ފޯރަމްގައި ވާހަކަ ދައްކަވަމުން ޑޮލަރުގެ އަގު މަތިވާން ދިމާވާ މައިގަނޑު ސަބަބަކީ، ހެނދުނުގެ ވަގުތުގައި ބައެއް ނޫސްތަކުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުންނަ ވަރު ހާމަކުރުން ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2026 | އަންގާރަ 06:45
ހޯމަ ދުވަހުގެ ރޭ އޮތް ފޯރަމްގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ

ހޯމަ ދުވަހުގެ ރޭ އޮތް ފޯރަމްގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ | ސޯޝަލް މީޑިއާ

ރާއްޖޭގައި ޑޮލަރުގެ އަގު މަތިވަނީ ނޫސްތަކުން ރައްޔިތުންގެ މެދުގައި ޕެނިކް ނުވަތަ ހާސްކަން އުފައްދާތީ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި އިގްތިސާދުގެ ދެފަރާތް ފޯރަމްގައި ވާހަކަ ދައްކަވަމުން ޑޮލަރުގެ އަގު މަތިވާން ދިމާވާ މައިގަނޑު ސަބަބަކީ، ހެނދުނުގެ ވަގުތުގައި ބައެއް ނޫސްތަކުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުންނަވަރު ހާމަކުރާތީ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވި ގޮތުގައި މި ގޮތަށް ރައްޔިތުންގެ މެދުގައި ޕެނިކް އުފެއްދުމުގެ ސަބަބުން މާކެޓް ކޮންފިޑެންސް އަށް ނޭދެވޭ އަސަރު ކުރެ އެވެ.

ޑޮލަރާ ބެހޭގޮތުން ބައެއް ނޫސްތަކުގައި ހެނދުނު ހޭލާ ގޮތަށް މިއަދު 22 ރުފިޔާ މި ހުންނަ މައްސަލައާ ބެހޭގޮތުން އަޅުގަނޑު މި ވާހަކަ ދައްކަނީ ޕޮލިސީ މޭކަރ އެއް ގޮތުން ވިޔަފާރިވެރިންގެ ބިހާފް އަކު ނޫން އަޅުގަނޑު މި ވާހަކަ ދައްކަނީ. މިހެން މި ވާހަކަ މި ގެންނަ ފަރާތްތަކުން އަދި މި ޕެނިކް އުފައްދާ އުފެއްދުމުން މާކެޓައް އަސަރުކުރާނެ
މުހައްމަދު ސައީދު

ހަމައެއާއެކެ މި ފޯރަމްގައި ވާހަކަ ދައްކަވަމުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިމާދު ވިދާޅުވީ ޑޮލަރުގެ އަގު އުފުލޭ ގޮތަށް ހަބަރުތައް ގެނައުމަކީ ރާއްޖޭގެ އިގްތިސާދަށް އޭގެން ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އަދި މި ފޯރަމްގައި ބައިވެރިވި ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި ބޭންކުން ދޫކުރާ ޑޮލަރުގެ އިތުރަށް، ވިޔަފާރި ބޭނުމަށް ވެސް ޑޮލަރު ފަސޭހަކަމާ އެކީ ލިބިގެންދެ އެވެ. ނަމަވެސް، ގިނަ ވިޔަފާރިތަކުން އަންނަނީ ޑޮލަރުގެ އަގު ބޮޑުވުމާއި ޑޮލަރު ހޯދުމުގައި ހުރި ދަތިތަކުގެ ވާހަކަ ވަރަށް ގިނައިން ދައްކަމުންނެވެ. 

ނަމަވެސް، ވިޔަފާރިވެރިންނަށް ބޮޑު އަގުގައި ޑޮލަރު ގަނެވުނު ނަމަވެސް އާންމު ރައްޔިތުންނަށް ޑޮލަރު ގަތުމަށް އެތައް ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައި އެވެ. ޚާއްސަކޮށް ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި އެތައް ދަތިތަކެއް ދިމާވެފައިވެ އެވެ. ކަޅު ބާޒާރުގައި މިހާރު ޑޮލަރުގެ އަގު ހުރީ 22 ރުފިޔާގައި އެވެ. 

ޑޮލަރުގެ ސަޕްލައި ރާއްޖޭގައި މަދުވެފައި ވުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޒަރޫރީ މުދަލުގެ އަގުތައް ވަނީ 2025 އަޅާބަލާއިރު، ހަ އިންސައްތަ މައްޗަށް ގޮސްފައި އެވެ. ރައްޔިތުންނަށް ބޭނުންވާ މުދާ އިންޕޯޓް ކުރަން ދަތިވެ، ތަކެތި ލިބުމަށް އެތައް ދަތިތަކާ ރައްޔިތުން ދަނީ ކުރިމަތިލަމުންނެވެ.

މިނިސްޓަރު ސައީދު މީގެ ކުރިން ވަނީ މަޖިލިސްގެ މެޖޯރިޓީ ލިބިއްޖެ ނަމަ ޑޮލަރުގެ އަގު ހެޔޮ ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ. ހަމައެއާއެކު ރައީސް މުއިއްޒު ވެސް ވެރިކަމާ ހަވާލުވެވަޑައިގަތީ ތަކެތީގެ އަގު ކުޑަކުރައްވާ، ޑޮލަރުގެ އަގު ވެސް ހެޔޮ ކުރާއްވާނެ ކަމުގެ ވައުދުފުޅު ތަކާއެކު އެވެ.

ޑޮލަރުގެ މައްސަލަމުހައްމަދު ސައީދުމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މެންބަރުން ބަހުސް ކުރާނެ ވަގުތާާއި ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅައިފި

10 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މެންބަރުން ބަހުސް ކުރާނެ ވަގުތާާއި ދިފާއުގައި ވާހަކަދައްކަން ދޭނެ ވަގުތު ކަނޑައަޅައިފި
07 އޯގަސްޓު 2026

މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ

07 އޯގަސްޓު 2026
މުހިއްމީ ގާނޫނު އަސާސީގެ ކުލައެއް ނޫނެވެ. މުހިއްމީ އެ ގާނޫނު ހަދާ މީހުން ވެސް އެއަށް އަމަލު ކުރުމެވެ
06 އޯގަސްޓު 2026

މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ އުކުޅަހުގެ 50 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

06 އޯގަސްޓު 2026
މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ އުކުޅަހުގެ 50 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
03 އޯގަސްޓު 2026

މި ފެށުނު ދިރާސީ އަހަރަށްވާއިރު، ނާލާފުށީ ސްކޫލުގެ އައު ކްލާސްރޫމްތަކުގެ މަސައްކަތް ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް އެކަންވީ ދެއްކި ހުވަފެނަކަށް!

03 އޯގަސްޓު 2026
މި ފެށުނު ދިރާސީ އަހަރަށްވާއިރު، ނާލާފުށީ ސްކޫލުގެ އައު ކްލާސްރޫމްތަކުގެ މަސައްކަތް ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް އެކަންވީ ދެއްކި ހުވަފެނަކަށް!
01 އޯގަސްޓު 2026

ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވަނިކޮށް، ކުޑަ މަޖިލިހަކާ ބޮޑު މަޖިލިހެއް ހަދަނީ

01 އޯގަސްޓު 2026
ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވަނިކޮށް، ކުޑަ މަޖިލިހަކާ ބޮޑު މަޖިލިހެއް ހަދަނީ
01 އޯގަސްޓު 2026

ރައީސްއެވެ. ފުރަތަމަ އިހުތިރާމްކުރުމުގެ ގައުމީ ކެމްޕެއިން ހިންގެވުމުގެ ބަދަލުގައި، މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާށެވެ!

01 އޯގަސްޓު 2026
ރައީސްއެވެ. ފުރަތަމަ އިހުތިރާމްކުރުމުގެ ގައުމީ ކެމްޕެއިން ހިންގެވުމުގެ ބަދަލުގައި، މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާށެވެ!
01 އޯގަސްޓު 2026

ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީ ނުކުރެވޭނެ ކަމަށް

01 އޯގަސްޓު 2026
ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީ ނުކުރެވޭނެ ކަމަށް
31 ޖުލައި 2026

މަދްރަސަތުލް އިފްތިތާހްގައި މިސަރުކާރުން އަޅަން ނިންމި އައު ކްލާސްރޫމް އެޅުމަށް މިހާތަނަށް އެއްވެސް ގަލެއް ބާއްވާފައިނުވޭ

31 ޖުލައި 2026
މަދްރަސަތުލް އިފްތިތާހްގައި މިސަރުކާރުން އަޅަން ނިންމި އައު ކްލާސްރޫމް އެޅުމަށް މިހާތަނަށް އެއްވެސް ގަލެއް ބާއްވާފައިނުވޭ
30 ޖުލައި 2026

ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!

30 ޖުލައި 2026
ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!
30 ޖުލައި 2026

ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟

30 ޖުލައި 2026
ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް