Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސާކް

ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި

10 އޯގަސްޓު 2026 | ހޯމަ 07:31

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ކުރެއްވި މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފުކުރައްވައި، އެ ޖަމްޢިއްޔާ ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ އަހަންމިއްޔަތު މި ބައްދަލުވުމުގައި ތަކުރާރުކުރެއްވި. މީގެ އިތުރުން ސަރަޙައްދީ ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން ދޭ އެއްބާރުލުން ފާހަގަކޮށް، މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި

ރާއްޖެ އެމްވީ | 10 އޯގަސްޓު 2026 | ހޯމަ 07:31
އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާ ބައްދަލު ކުރައްވަނީ

އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާ ބައްދަލު ކުރައްވަނީ | ރައީސް އޮފީސް

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ، ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ސާކް އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. މީގެ އިތުރުން، ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ ސަމާލުކަން ތަކުރާރުކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ލިބެމުންދާ ދެގޮތެއްނުވާ އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ. އަދި ސާކް އުފެއްދި މެންބަރު ޤައުމެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއަކީ، އެ ޖަމްޢިއްޔާއަށް ނުހަނު މުހިއްމު ޤައުމެއްކަން ފާހަގަކުރައްވައި، ޖަމްޢިއްޔާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި ސެކްރެޓަރީ ޖެނެރަލް ވަނީ، ސާކްގެ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި، ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން ކުރިއެރުން ހޯދޭނެ މަގުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ބައްދަލުކުރެއްވުމުގައި މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަންވެސް ރައީސް މުއިއްޒު ވަނީ ފާޅުކުރައްވާފަ އެވެ.

ދިވެހިރާއްޖެއަކީ ސާކް އުފެއްދުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ހިމެނޭ މެންބަރު ޤައުމެކެވެ. ސާކް ރަސްމީކޮށް އުފެދުނީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކުރުމާ ގުޅިގެންނެވެ.

މަސްދަރު: ރައީސް އޮފީސް

ސާކްޑރ. މުހައްމަދު މުއިއްޒުގޯލަމް ސަރުވަރު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!

21 އޯގަސްޓު 2026
ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!
21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
19 އޯގަސްޓު 2026

މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ

19 އޯގަސްޓު 2026
މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ
19 އޯގަސްޓު 2026

އޭ މިހިރަ ދިދަޔާ އެވެ. އަހަރެމެން ހަނގުރާމައިގެ ތުންފަތްމައްޗަށް އެއްލައިލަނީ ހެއްޔެވެ؟

19 އޯގަސްޓު 2026
އޭ މިހިރަ ދިދަޔާ އެވެ. އަހަރެމެން ހަނގުރާމައިގެ ތުންފަތްމައްޗަށް އެއްލައިލަނީ ހެއްޔެވެ؟
19 އޯގަސްޓު 2026

ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!

19 އޯގަސްޓު 2026
ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!
18 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް

18 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް
18 އޯގަސްޓު 2026

މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް

18 އޯގަސްޓު 2026
މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
15 އޯގަސްޓު 2026

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

15 އޯގަސްޓު 2026
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް