Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒުގެ ވެރިކަން

ޕާޕާގެ ސުވާލެއް: ޔާމީނުގެ ވެރިކަން ހިންގައިދިނީ މުއިއްޒުކަމަށްވާނަމަ، މިއަދު އެންމެ މަޝްރޫއުގަނޑެއް ވެސް ނިންމައިނުދެވިގެން އުޅެނީ ކީއްވެތޯ؟

8 އޯގަސްޓު 2026 | ހޮނިހިރު 17:48

ރައީސް ޔާމީނުގެ ވެރިކަމުގައި ދައުލަތް ހިންގެވީ ރައީސް މުއިއްޒު ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން، އެއީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށް ކެޕްޓަން ފަޔާޒް ވިދާޅުވެއްޖެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުގެ ދައުރު ދެބައިވާއިރު ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއް ވެސް ނުނިންމި، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ވަނީ ނުކުޅެދިފައި. ސަރުކާރުގެ އިސްވެރިން އޮއްޓަރެއް ނެތް ވާހަކަދައްކަވަމުންދާއިރު، ގައުމުގެ ހާލަތާމެދު ރައްޔިތުން މިއަދު ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށްވެސް ފަޔާޒް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 އޯގަސްޓު 2026 | ހޮނިހިރު 17:48
އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަޙްމަދު ފަޔާޒް (ޕާޕާ)

އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަޙްމަދު ފަޔާޒް (ޕާޕާ) | ރާއްޖެ އެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދައުލަތް ހިންގީ އޭރުގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވި ވާހަކަތަކަށް، އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް (ޕާޕާ) ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަޔާޒް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ރޭރޭ އެމަނިކުފާނު ހޭދަކުރެއްވީ ތާސްކުޅުއްވުމުގައި ކަމަށާއި، ދައުލަތް ހިންގުމާއި މަޝްރޫއުތައް ކުރިއަށް ގެންދެވީ ހައުސިންގ މިނިސްޓްރީގެ ތެރެއިން ޑރ. މުއިއްޒު ކަމަށް ޝުޖާއު ވިދާޅުވި ވާހަކައަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ފަޔާޒް ސުވާލު އުފެއްދެވީ، އޭރު ދައުލަތް ހިންގެވީ ޑރ. މުއިއްޒު ކަމަށްވާނަމަ، މިއަދު ގައުމުގެ ވެރިކަމުގައި ހުންނަވައިގެން އެއްވެސް މަޝްރޫއެއް ނުހިންގިގެން އުޅެނީ ކީއްވެގެންތޯ އެވެ.

މި ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ފަޔާޒް ވިދާޅުވީ، މިހާރު ފެންނަނީ ރަށު ހޮޅުއަށިތަކުގައި "ވައި އަނގަ ތަޅަން" ތިބޭއިރު ދައްކާ ފަދަ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް ސަރުކާރުގެ އިސް ފަރާތްތަކުން ދައްކަމުންދާ މަންޒަރު ކަމަށެވެ. އަދި މިއީ އެއްވެސް ތާކުންތާކު ޖެހޭ ވެރިކަމެއް ނޫން ކަމަށާއި، ސަރުކާރުގެ ދައުރު ދެބައިވެގެންދާއިރު ރައްޔިތުންނަށް ދެއްކޭނެ އެއްވެސް ނަތީޖާއެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ދާއިރާއިން މި ސަރުކާރަށް އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވާކަން ފަޔާޒް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ، ވެރިކަމަށް އައި ފަހުން މިހާތަނަށް ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއް ވެސް ނިންމާލެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ސަރުކާރު އިހުމާލުވަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

އޭރު ދައުލަތް ހިންގައި މަޝްރޫއުތައް ހިންގީ ހައުސިންގ މިނިސްޓްރީގެ ތެރެއިން ރައީސް ޑރ މުޙައްމަދު މުއިއްޒުކަމުގައިވާނަމަ، މިހާރު ކީއްވެތޯ އެއްވެސް މަޝްރޫއެއް ނުހިންގިގެން މި އުޅެނީ، މިހާރު މި ފެންނަނީ ރަށު ހޮޅުއަށިތަކުގައި ވައި އަނގަ ތަޅަން ތިބޭއިރު ދައްކާ ޒާތުގެ ވާހަކަ ދައްކާތަން، މިއީ އެއްވެސް ތާކުންތާކު ޖެހޭ ވެރިކަމެއް ނޫން، ދައުރު ދެބައިވެގެންދާއިރު، ކޮބައިތޯ ކުރެވުނު މަސައްކަތަކީ؟ އެންމެ ކުޑަމިނުން ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއްވެސް ނުނިންމޭ
އަޙްމަދު ފަޔާޒް (ޕާޕާ) 

ފަޔާޒް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތައް ހުރި ގޮތުންނާއި ވައުދުތައް ނުފުއްދޭތީ މިއަދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ކާމިޔާބީތަކުގެ ކްރެޑިޓް މިހާރުގެ ރައީސަށް ދިނުމަށް މަސައްކަތް ކުރި ނަމަވެސް، މިހާރުގެ ހާލަތުން ފެންނަނީ އޭގެ އިދިކޮޅު މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ޔާމީންޑރ. މުހައްމަދު މުއިއްޒުއަހުމަދު ފަޔާޒް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު

08 އޯގަސްޓު 2026
މިއަދު ޑޮލަރުގެ އަގު ހުރި ހިސާބު ޚުދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ: ކުރީގެ މެންބަރު ޝިފާއު
08 އޯގަސްޓު 2026

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

08 އޯގަސްޓު 2026
ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟
08 އޯގަސްޓު 2026

ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ވުރެ، މީޑިއާތަކަށް ފައިސާ ދިނުން މާ ހައްގުކަން ބޮޑު: ޔާމީން

08 އޯގަސްޓު 2026
ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ވުރެ، މީޑިއާތަކަށް ފައިސާ ދިނުން މާ ހައްގުކަން ބޮޑު: ޔާމީން
06 އޯގަސްޓު 2026

ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ރޭރޭ ހޭދަކުރީ ތާސްކުޅުމުގައި، އޭރުގައި ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން: މެންބަރު ޝުޖާއު

06 އޯގަސްޓު 2026
ރައީސް ޔާމީނުގެ ވެރިކަމުގައި ގިނަ ރޭރޭ ހޭދަކުރީ ތާސްކުޅުމުގައި، އޭރުގައި ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން: މެންބަރު ޝުޖާއު
06 އޯގަސްޓު 2026

ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް

06 އޯގަސްޓު 2026
ފޯޅަވަހީގެ މައްސަލަ ބައިނަލް އަގުވާމީ ކޯޓަށް ވެއްދޭނެ ތާރީޚެއް ނޭނގޭ: ބަންޑާރަނައިބުގެ އޮފީސް
06 އޯގަސްޓު 2026

އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު

06 އޯގަސްޓު 2026
އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު
06 އޯގަސްޓު 2026

ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު

06 އޯގަސްޓު 2026
ރަސްމީ ދަތުރުގެ ތެރެއިން ޕީއެންސީގެ ޖަގަހަ ޖަލްސާ ބޭއްވީ އެއްދޮނުގައި ދެބުޅި ޖަހަން، އެ ޚަރަދު ކުރާނީ ޕާޓީން: ރައީސް މުއިއްޒު
05 އޯގަސްޓު 2026

އުކުޅަހުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

05 އޯގަސްޓު 2026
އުކުޅަހުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި
05 އޯގަސްޓު 2026

ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި

05 އޯގަސްޓު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް