Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

4 އޯގަސްޓު 2026 | އަންގާރަ 06:39

ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް އެމީހުން ފެނިފައެއް ނުވޭ. އެމްއެންޑީއެފުން މިހާރު ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރާއި އާންމުންގެ އެހީތެރިކަމަށް އެދިފައި

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 4 އޯގަސްޓު 2026 | އަންގާރަ 06:39
ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަނީ

ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަނީ | އެމްއެންޑީއެފް

ހުސްވި ޖުލައި މަހުގެ 31 ވަނަ ދުވަހު ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތުގައި މިހާތަނަށް އެދެވޭ ކުރިއެރުމެއް ލިބިފައިނުވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެމަގުން ކުރަމުން އަންނަ ކަމަށެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ ދެ ބިދޭސީން ކަމަށާއި މި ދެ މީހުން ހޯދުމަށް މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.

Advertisement - newsAdvertisement

އެގޮތުން، އެމްއެންޑީއެފް އެއަރ ކޯރއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 3،580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ. މީގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން 675،120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވީ ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ މީހުން އަދިވެސް ފެނިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ މައުލޫމާތުދީފަ އެވެ.

އެމްއެންޑީއެފްއިން ވަނީ މި ދެ މީހުންނާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިފަ އެވެ. މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި މައުލޫމާތު ދިނުމަށް ނުވަތަ ފެކްސް ކުރާ ނަމަ 3391665 މި ނަންބަރަށް ފެކްސް ކުރުމަށް އެދިފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 08:48 އެހާކަންހާއިރު ހިނގި މި ހާދިސާގައި، ކޮޅުވެއްޓީގައި ތިބި 10 މީހުންގެ ތެރެއިން 8 މީހަކު ވަނީ ސަލާމަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 6 ބިދޭސީންނެވެ. މި ހާދިސާގައި ސަލާމަތްވި މީހުން ގާފަރަށް ގެންގޮސްފައިވާއިރު، އެ މީހުންނަށް ލިބިފައިވަނީ ނިސްބަތުން ކުދި އަނިޔާތަކެއް ކަމަށާއި ނަމަވެސް، ޖުމުލަ ގޮތެއްގައި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއެންޑީއެފްކަނޑުމަތީގެ ހާދިސާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ފުލުހުން އަދިވެސް މަހުދީގެ ފޯނު ހިފަހައްޓާފައިވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

03 އޯގަސްޓު 2026
ފުލުހުން އަދިވެސް މަހުދީގެ ފޯނު ހިފަހައްޓާފައިވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
02 އޯގަސްޓު 2026

ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް 2،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި

02 އޯގަސްޓު 2026
ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް 2،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި
01 އޯގަސްޓު 2026

ގާފަރު ކައިރިން ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ދެމީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް

01 އޯގަސްޓު 2026
ގާފަރު ކައިރިން ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ދެމީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް
31 ޖުލައި 2026

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، ޚާއްސަކޮށް ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވާން ޖެހޭ: އެމްއެންޑީއެފް

31 ޖުލައި 2026
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، ޚާއްސަކޮށް ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވާން ޖެހޭ: އެމްއެންޑީއެފް
27 ޖުލައި 2026

2022 ވަނަ އަހަރު ބިންގާ އެޅި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި

27 ޖުލައި 2026
2022 ވަނަ އަހަރު ބިންގާ އެޅި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
26 ޖުލައި 2026

މާލެ އަށް އުދަ އެރުމުގެ ސަބަބުން އުޅަނދު ފަހަރާއި، ބައެއް ތަންތަނަށް ވެސް ގެއްލުންވެއްޖެ

26 ޖުލައި 2026
މާލެ އަށް އުދަ އެރުމުގެ ސަބަބުން އުޅަނދު ފަހަރާއި، ބައެއް ތަންތަނަށް ވެސް ގެއްލުންވެއްޖެ
24 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރުން ތާރުއެޅި މަގު ޕްރޮމޯޓް ކުރުމަށް ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ޑްރޯން ފޮޓޯތަކާއި ވީޑިއޯތައް އާއްމުކޮށް ޤައުމު ނުރައްކަލަކަށް ހުށަހަޅައިފި

24 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރުން ތާރުއެޅި މަގު ޕްރޮމޯޓް ކުރުމަށް ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ޑްރޯން ފޮޓޯތަކާއި ވީޑިއޯތައް އާއްމުކޮށް ޤައުމު ނުރައްކަލަކަށް ހުށަހަޅައިފި
22 ޖުލައި 2026

ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

22 ޖުލައި 2026
ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
20 ޖުލައި 2026

ހދ. ހޮނޑާފުށި ކައިރިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

20 ޖުލައި 2026
ހދ. ހޮނޑާފުށި ކައިރިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
19 ޖުލައި 2026

މިދިޔަ ހަފްތާގައި 20ށް ވުރެ ގިނަ ކުއްލި ނުރައްކަލުގެ ހާދިސާ ހިނގާފައިވޭ، އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް: އެމްއެންޑީއެފް

19 ޖުލައި 2026
މިދިޔަ ހަފްތާގައި 20ށް ވުރެ ގިނަ ކުއްލި ނުރައްކަލުގެ ހާދިސާ ހިނގާފައިވޭ، އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް