Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

ބަންގްލަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަދުވެގެން 51 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ

13 ޖުލައި 2026 | ހޯމަ 09:43

ބަންގްލަދޭޝްއަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އެތައް ހާސް ބައެއްގެ ގެދޮރު ގެއްލި، ރޮހިންޖާ ރެފިއުޖީން ދިރިއުޅޭ ކޮކްސް ބާޒާރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. މި ވިއްސާރައާ ގުޅިގެން ދަތުރުފަތުރަށް ހުރަސްއެޅި އިމްތިހާނުތައް ފަސްކޮށްފައިވާއިރު، ގައުމުގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ފެންބޮޑުވުމުގެ ނުރައްކާ އޮތްކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދޭ.

ރާއްޖެ އެމްވީ | 13 ޖުލައި 2026 | ހޯމަ 09:43

ބަންގްލަދޭޝްގެ ޗަޓޮގްރާމްގެ ބަންޝްޚާލީގައި ހިމެނޭ ކަތާރިއާ ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، ގެތަކާއި ގަސްތައް ފެނުއަޑީގައިވާ މަންޒަރު. މި ފޮޓޯ ނަގާފައިވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު. | ގެޓީ އިމޭޖަސް

ބަންގްލަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން މިހާތަނަށް މަދުވެގެން 51 މީހުން މަރުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރުކޮށްފި އެވެ.

ވެރިރަށް ޑާކާ ހިމެނޭހެން އެ ގައުމުގެ ބޮޑު ބަޔަކަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ.

މިހާތަނަށް މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވެފައިވަނީ ރޮހިންޔާ ރެފިއުޖީން ގިނަ އަދަދަކަށް ދިރިއުޅޭ ކޮކްސް ބާޒާރުގައެވެ. ނިމިދިޔަ ހަފުތާގައި އެ ސަރަހައްދުގެ ސްކޫލެއްގެ ތެރެއަށް ފެންގަނޑު ވަދެ، އޮހިގެންދިޔަ ވަރުގަދަ ފެންގަނޑާއެކު އެތަނުގެ ބައެއް ދަރިވަރުންނާއި މުދައްރިސަކު ވަނީ މަރުވެފަ އެވެ.

ބަންގްލަދޭޝްއަކީ ގިނަ އަދަދެއްގެ ކޯރުތައް އޮންނަ، ބިންތިރި ގައުމަކަށްވުމުން ކޮންމެ އަހަރެއްގެ މޫސުމީ ވިއްސާރައިގައި އެ ގައުމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ އެވެ. ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭވެހޭ މިންވަރު އިތުރުވެ، މިފަދަ ހާދިސާތައް ކުރިމަތިވާ މިންވަރު އަވަސްވަމުންދާކަމުގެ އިންޒާރު މާހިރުންދެ އެވެ.

މީގެ ހަފުތާއަކަށްވުރެ ގިނަ ދުވަސް ކުރިން ފެށިގެން ކުރަމުންދާ ވިއްސާރަ ފަހަކަށް އައިސް އިތުރަށް ވަރުގަދަވުމާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން ވަނީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އިންޒާރު ނެރެފައެވެ. އަދި ނުރައްކާ ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، ދަރިވަރުންގެ އިމްތިހާނުތައް ވެސް ވަނީ ފަސްކޮށްފަ އެވެ.

މިހާރު އެތައް ހާސް ބަޔަކު ދިރިއުޅެމުންދަނީ ސަރުކާރުން ގާއިމުކޮށްފައިވާ ވަގުތީ ހިޔާވަހިކަމުގަ އެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އާދިއްތަ ދުވަހާ ހަމައަށް މި ވިއްސާރައިގެ އަސަރު އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ކޮށްފަ އެވެ.

މިހާތަނަށް މަރުވި ކަމަށް ރިޕޯޓުކޮށްފައިވާ 51 މީހުންގެ ތެރެއިން 28 މީހުންނަކީ ކޮކްސް ބާޒާރުން މަރުވި މީހުންނެވެ. އެ ސަރަހައްދަކީ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ އާބާދީ ކަމަށްވާ، އެއް މިލިއަނަށްވުރެ ގިނަ ރޮހިންޔާ މީހުން ދިރިއުޅޭ ސަރަހައްދެވެ.

ވެރިރަށް ޑާކާގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ހިސާބުތަކުގައި ކަކުލާ ހަމައަށް ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ޑާކާގެ ފެންހިންދާ ނިޒާމު ރަނގަޅު ކުރުމަށް މީގެ ކުރިން ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާ މެދު އެ ގައުމުގެ ބައެއް މީޑިއާތަކުން ހޯމަ ދުވަހު ވަނީ ސުވާލު އުފައްދާފަ އެވެ.

ފްލަޑް ފޯކާސްޓިންގ އެންޑް ވޯނިންގ ސެންޓަރުގެ ސަރުދަރު އުދޯއި ރައިހާން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގައުމުގެ އިރުދެކުނު ސަރަހައްދުގެ ހާލަތު ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް، ބަންގްލަދޭޝްގެ އިރުއުތުރާއި އުތުރުގެ ސަރަހައްދުތަކަށް މޫސުމީ ވިއްސާރައިގެ އަސަރު އަދިވެސް ކުރަމުންދާތީ، "އިތުރަށް ފެންބޮޑުވުމުގެ ފުރުސަތު އެބައޮތް" ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

މަސްދަރު: އޭއެފްޕީ

ބަންގްލަދޭޝްރޮހިންޔާފެންބޮޑުވުންކްލައިމެޓް ޗޭންޖް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2026

އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ

11 ޖުލައި 2026
އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ
10 ޖުލައި 2026

ޝައިޚް ހަސީނާ ޑިސެމްބަރުގައި ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވަނީ

10 ޖުލައި 2026
ޝައިޚް ހަސީނާ ޑިސެމްބަރުގައި ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވަނީ
10 ޖުލައި 2026

ސްޕެއިންގައި ފެތުރެމުންދާ ވަރުގަދަ އަލިފާނުގައި 11 މީހުން މަރުވެއްޖެ

10 ޖުލައި 2026
ސްޕެއިންގައި ފެތުރެމުންދާ ވަރުގަދަ އަލިފާނުގައި 11 މީހުން މަރުވެއްޖެ
10 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

10 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
09 ޖުލައި 2026

ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!

09 ޖުލައި 2026
ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!
05 ޖުލައި 2026

ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ

05 ޖުލައި 2026
ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ
04 ޖުލައި 2026

ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި

04 ޖުލައި 2026
ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި
04 ޖުލައި 2026

2030 ވަނަ އަހަރު އަންނައިރު ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުވާނެ!

04 ޖުލައި 2026
2030 ވަނަ އަހަރު އަންނައިރު ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުވާނެ!
03 ޖުލައި 2026

ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި

03 ޖުލައި 2026
ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި
30 ޖޫން 2026

ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު، ފަތްކޮޅުގެ އަރުވައިފި

30 ޖޫން 2026
ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު، ފަތްކޮޅުގެ އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް