Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިންގެ ގައުމީ ޓީމް

ސްޕެއިންގެ ސްކޮޑުން ކަވަހާލް، މޮރާޓާ އަދި އިނިއެސްޓާ ބާކީ ކޮށްފި

މި ތިން ކުޅުންތެރިން ވެސް ބާކީ ކުރީ އަނިޔާގެ ސަބަބުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 އޮކްޓޯބަރު 2017 | އަންގާރަ 10:23
ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމު

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމު

އަލްބޭނިއާ އަދި އިސްރާއިލްއާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން ތިން ކުޅުންތެރިޔަކު ބާކީ ކޮށްފިއެވެ.

އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑްކަޕް ކޮލިފައިންގައި އިސްރާއިލް އަދި އަލްބޭނިއާ އާއި ދެކޮޅަށް ސްޕެއިންގެ ގައުމީ ޓީމުން ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން ފުރުސަތު ގެއްލިފައި ވަނީ ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އާއި ރެއާލް މެޑްރިޑްގެ ޑެނީ ކަވަހާލްގެ އިތުރުން ޗެލްސީގެ އަލްވާރޯ މޮރާޓާއަށެވެ. ސްޕެއިންގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަމުން ދިޔަ މި ތިން ކުޅުންތެރިންނަށް މި ފަހަރު ފުރުސަތު ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.

ރެއާލްއިން މި ސީޒަނުގައި ކުޅުނު ހަ މެޗުގައިވެސް ގަވާއިދުން ކުޅުނު ކަވަހާލްއަށް މިފަހަރު ފުރުސަތު ގެއްލުނީ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން އޭނާގެ ހިތަށް ދިމާވި މައްސަލައެއްގައި މުއްދަތެއް ނެތް ގޮތަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. އަދި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ އަލްވާރޯ މޮރާޓާގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވެސް މިފަހަރު ޖާގަ ދީފައެއް ނުވެއެވެ. އަދި އިނިއެސްޓާއަށް ވެސް ޖާގަ ގެއްލިފައިވަނީ އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މި ތިން ކުޅުންތެރިންގެ ބަދަލުގައި ސްކޮޑަށް ނެގި ކުޅުންތެރިން އަދި ސްޕެއިންގެ ކޯޗު ޖޫލެން ލޮޕްޓެގީ އިއުލާނުކޮށްފައެއް ނުވެއެވެ. ކެޓަލޯނިއާގެ މައްސަލައިގައި ސްޕެއިންގެ ފުޓްބޯޅަ ޓީމުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ހަބަރުތައް ވަނީ ފެތުރިފައެވެ. އެގޮތުން އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ ފަރިތަކުރުންތަކުގައި ބައިވެރުމަށް ދިޔަ ވަގުތު އެތަނަށް އެއްވެ ތިބި މީހުން ވަނީ ޕީކޭއާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޕީކޭ ކެޓަލޯނިއާގައި މީހުންނަށް ކުރަމުންދާ އަނިޔާތައް ފެނި ފެންކަޅިވެފައި ހުރެ ދިން އިންޓަވައުއެއްގައި އޭނާ ބުނެފައިވަނީ ސަޕޯޓަރުން އޭނާ ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ބޭނުންނުވާ ނަމަ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ އަލްބޭނިއާ އާއި ދެކޮޅަށް ނުކުންނަ އިރު ސްޕެއިން މިވަގުތު އޮތީ އެ ޓީމު ވާދަކުރަމުންދާ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ޖީގެ އެއްވަނައިގައެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ކުރި ބިޑް 60 މިލިއަން ޕައުންޑަށް ބޮޑުކޮށްފި

08 ޖޫން 2017
މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ކުރި ބިޑް 60 މިލިއަން ޕައުންޑަށް ބޮޑުކޮށްފި
08 ޖޫން 2017

އިންޓަނޭޝަނަލް ފްރެންޑްލީ: ފަހުވަގުތު މޮރާޓާ ކާމިޔާބުކުރި ލަނޑުން ސްޕެއިން ސަލާމަތްވެއްޖެ

08 ޖޫން 2017
އިންޓަނޭޝަނަލް ފްރެންޑްލީ: ފަހުވަގުތު މޮރާޓާ ކާމިޔާބުކުރި ލަނޑުން ސްޕެއިން ސަލާމަތްވެއްޖެ
07 ޖޫން 2017

މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ހުށައެޅި ބިޑް ރެއާލްއިން ރިޖެކްޓް ކޮށްފި

07 ޖޫން 2017
މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ހުށައެޅި ބިޑް ރެއާލްއިން ރިޖެކްޓް ކޮށްފި
04 ޖޫން 2017

މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް

04 ޖޫން 2017
މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް
30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
28 މެއި 2017

ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ

28 މެއި 2017
ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ
12 މެއި 2017

މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!

12 މެއި 2017
މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
25 މާރިޗު 2017

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

25 މާރިޗު 2017
ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު