Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓްރާންސްފާ ބާޒާރު

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

ފަހަކަށް އައިސް އިސްކޯ އަށް ފުރަތަމަ 11 އިން ޖާގަ ލިބުން ވަނީ ދަތިވެފަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 08:06
ރެއާލް އަށް ކުޅެމުން އަންނަ މިޑްފިލްޑަރު އިސްކޯ

ރެއާލް އަށް ކުޅެމުން އަންނަ މިޑްފިލްޑަރު އިސްކޯ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު އިސްކޯ ގެންނަން ބާސާގެ އަންދްރޭސް އިނިއެސްޓާ އަދި ލުއިސް ސުއަރޭޒް ބޭނުންވާ ކަމަށް އެ ދެ ކުޅުންތެރިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން އިނިއެސްޓާ ބުނީ އިސްކޯއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، ފާއިތުވެދިޔަ އަހަރުތަކުގައި ކުޅުން ރަނގަޅުކުރަމުން އަންނަ ކަމަށެވެ.

ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުގެ ތެރެއިން ޓީމަކަށް އިސްކޯ ކުޅެމުން އަންނަކަން ފާހަގަކޮށް އިނިއެސްޓާ ބުނީ އޭނާއަކީ ކްލަބަށް އަދި ގައުމީ ޓީމަށްވެސް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ އިސްކޯ އަކީ އަދިވެސް ވަރަށް ޒުވާން ކުޅުންތެރިޔެއް ކަމަށާއި، ކުރިޔަށް އޮތްތަނުގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައްވެސް އެބަހުރި ކަމަަށެވެ.

އިސްކޯއާ ބެހޭ ގޮތުން ވާހަކަދައްކަމުން ސުއަރޭޒް ބުނީ އޭނާއާ އެއްޓީމަކަށް ކުޅެން އަބަދުވެސް ބޭނުންވާ ކަމަށާއި، އެގޮތުން ބާސާ އަށް އޭނާ ބަދަލުވެއްޖެނަމަ އެކަމާ ވަރަށް އުފާކުރާނެ ކަމަށެވެ.

އިސްކޯ ހޯދުމަށް ބާސާއިން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އެ ކްލަބުން އަންނަނީ 2018 އާ ހަމަޔަށް އިސްކޯ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރުމަށް ބާރުއަޅަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބާސާއިން އިސްކޯ ހޯދުމަށް މަސައްކަތްކުރަނީ ޓޮޓެންހަމް އަދި ތުރުކީގެ ފެނަބާޗޭއިން ވެސް އޭނާ ހޯދުމަށް މަސައްކަތްކުރަމުން މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެޓީމުން އިސްކޯ ގެންނަން ނިންމާފައިވަނީ ޖެނުއަރީ ޓްރާންސްފާގައި ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.

ރެއާލްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވި ފަހުން އިސްކޯ އަށް ފުރަތަމަ 11 އިން ޖާގަ ލިބުން ވަނީ ދަތިވެފައެވެ. އެގޮތުން އެކަމާ އިސްކޯ ހިތްހަމަނުޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ އިސްކޯ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ ބައެއް ކްލަބްތަކުގެ އިތުރު އިޓަލީ، ޖަރުމަން އަދި އިނގިރޭސި ކްލަބްތައް ވެސް ހިމެނެއެވެ. ވެލެންސިއާ އިން ކެރިޔަރު ފެށި އިސްކޯ ވަނީ މަލާގާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ މަލާގާއާ އެކު ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް ކުޅުނު 82 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފަ އެވެ. މަލާގާ ދޫކޮށްލުމަށް ފަހު އިސްކޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބުގައި މިވީތަނަށް ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 179 މެޗުގައި 28 ލަނޑު ކާމިޔާބުކޮށް، ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު، ފީފާ ކްލަބް ވާރލްޑްކަޕް، ޔުއެފާ ސުޕާ ލީގު ދެފަހަރު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފަ އެވެ. ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ފީފާ ވާރލްޑްކަޕްގެ ތިންވަނަ ސްޕެއިންއާ އެކު ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު