Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލްވަރޯ މޮރާޓާ

މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!

މި ސީޒަނުގައި މޮރާޓާ ވަނީ ރެއާލް އަށް ކުޅުނު 40 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 12 މެއި 2017 | ހުކުރު 11:44
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ސްޓްރައިކަރު އަލްވަރޯ މޮރާޓާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ސްޓްރައިކަރު އަލްވަރޯ މޮރާޓާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ސްޓްރައިކަރު އަލްވަރޯ މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދަ ސަން އިން ބުނީ ޗެލްސީންވެސް ހޯދުމަށް ޝައުގުވެރިވާ މޮރާޓާ ހޯދުމަށް އާސެނަލް އިން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން އާސެނަލް އިން 50 މިލިއަން ޕައުންޑުގެ ބިޑެއް ތައްޔާރުކުރަމުން އަންނަ ކަމަށެވެ.

ރެއާލް މެޑްރިޑްގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވެފައިވާ މޮރާޓާ މި ސީޒަނަށްފަހު ރެއާލް ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނަމުން އަންނަ އިރު، ރެއާލް އިން އަންނަނީ އެޓްލެޓިކޯ މެޑްރިޑްގެ ސްޓްރައިކަރު އެންޓޯނިއޯ ގްރިޒްމަން ހޯދަންވެސް މަސައްކަތްކުރަމުންނެވެ.

މީގެއިތުރުން އާސެނަލްއާއެކު ސްޓްރައިކަރު އެލެކްސަސް ސަންޗޭޒް ހަދާފައިވާ އެއްބަސްވުން އިތުރުކުރާނެކަން އަދިވެސް ކަށަވަރުނުވާއިރު، އެ ކްލަބުން އަންނަނީ ސްޓްރައިކަރުން އިތުރުކުރުމަށް ވިސްނަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެ ކްލަބަށް ކުރިޔަށް އޮތް ސީޒަނަށް ކޯޗު އާސެން ވެންގާ ގެންނަން އެންމެ ބޭނުންވަނީ މޮރާޓާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރެއާލް މެޑްރިޑް ޔޫތް ޓީމުން ކެރިޔަރު ފެށި މޮރާޓާ އެ ކްލަބްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބުގައި ހަތަރު ސީޒަން ހޭދަކޮށް ކުޅުނު 52 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޔުވަންޓަސް އަށް 2014 ވަނަ އަހަރު ބަދަލުވެފައިވާއިރު، އެ ކްލަބުގައި ދެ ސީޒަން ވަނީ ހޭދަކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 93 މެޗުގައި 27 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އިޓާލިއަން ލީގު ދެފަހަރު، އިޓާލިއަން ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޓާލިއަން ސުޕާކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލިގުގެ ދެވަނަ ވެސް ޔުވަންޓަސްއާއެކު ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސް ދޫކޮށްލުމަށްފަހު މޮރާޓާ ރެއާލް އަށް ބަދަލުވީ މި ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް މި ސީޒަނުގައި އެޓީމަށް ކުޅުނު 40 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު