Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލްވަރާ މޮރާޓާ

މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް

4 ޖޫން 2017 | އާދީއްތަ 16:28

މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަން ތައްޔާރުވޭ

ލީވާން އަލީ
ލީވާން އަލީ | 4 ޖޫން 2017 | އާދީއްތަ 16:28
މޮރާޓާ ހޯދުމަށް އޭސީ މިލާނުން އަންނަނީ މަސައްކަތްކުރަމުންކަމަށް އިޓަލީ ނޫސްތަކުގައި

މޮރާޓާ ހޯދުމަށް އޭސީ މިލާނުން އަންނަނީ މަސައްކަތްކުރަމުންކަމަށް އިޓަލީ ނޫސްތަކުގައި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން އޭސީ މިލާންގެ ސްޕޯޓިން ޑައިރެކްޓާ އާއި މޮރާޓާ ވަނީ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅުމުގެ ކުރިން ކާޑިފްގައި ބައްދަލުކޮށްފައެވެ. އެގޮތުން 60 މިލިއަން ޕައުންޑުގެ އަގަށް އޭސީ މިލާން އެއްބަސްވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މޮރާޓާގެ އިތުރުން އޭސީ މިލާނުން އަންނަނީ ޓޮރީނޯގެ ފޯވާޑް އެންޑްރޭ ބެލޮޓީ ހޯދުމަށްވެސް މަސައްކަތްކުރަމުންނެވެ. އެހެންމަވެސް ރިޕޯޓްތައް ބުނާގޮތުން މޮރާޓާ އަކީ އޭސީ މިލާންގެ ފުރަތަމަ ޗޮއިސްއެވެ.

ރެއާލް މެޑްރިޑާ ދެވަނަ ފަހަރަށް ގުޅުނު މޮރާޓާ އަލުން އެނބުރި އެ ކްލަބަށް ގެނެސްފައިވަނީ ޔުވަންޓަސް އިން 70 މިލިއަން ޕައުންޑާ ގާތްކުރާ އަގަކަށެވެ.

ރެއާލް މެޑްރިޑްގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވެފައިވާ މޮރާޓާ މި ސީޒަނަށްފަހު ރެއާލް ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނަމުން އަންނަ އިރު، ރެއާލް އިން އަންނަނީ އެޓްލެޓިކޯ މެޑްރިޑްގެ ސްޓްރައިކަރު އެންޓޯނިއޯ ގްރިޒްމަން ހޯދަންވެސް މަސައްކަތްކުރަމުންނެވެ.

މީގެއިތުރުން އާސެނަލްއާއެކު ސްޓްރައިކަރު އެލެކްސަސް ސަންޗޭޒް ހަދާފައިވާ އެއްބަސްވުން އިތުރުކުރާނެކަން އަދިވެސް ކަށަވަރުނުވާއިރު، އެ ކްލަބުން އަންނަނީ ސްޓްރައިކަރުން އިތުރުކުރުމަށް ވިސްނަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެ ކްލަބަށް ކުރިޔަށް އޮތް ސީޒަނަށް ކޯޗު އާސެން ވެންގާ ގެންނަން އެންމެ ބޭނުންވަނީ މޮރާޓާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރެއާލް މެޑްރިޑް ޔޫތް ޓީމުން ކެރިޔަރު ފެށި މޮރާޓާ އެ ކްލަބްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބުގައި ހަތަރު ސީޒަން ހޭދަކޮށް ކުޅުނު 52 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޔުވަންޓަސް އަށް 2014 ވަނަ އަހަރު ބަދަލުވެފައިވާއިރު، އެ ކްލަބުގައި ދެ ސީޒަން ވަނީ ހޭދަކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 94 މެޗުގައި 31 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އިޓާލިއަން ލީގު ދެފަހަރު، އިޓާލިއަން ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޓާލިއަން ސުޕާކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލިގުގެ ދެވަނަ ވެސް ޔުވަންޓަސްއާއެކު ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސް ދޫކޮށްލުމަށްފަހު މޮރާޓާ ރެއާލް އަށް ބަދަލުވީ މި ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް މި ސީޒަނުގައި އެޓީމަށް ކުޅުނު 42 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް