Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ ބާޒާރު

ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ

ޗެލްސީ ދޫކޮށްލުމުގެ ވިސްނުމެއް ކޯސްޓާގެ ނެތް

ލީވާން އަލީ
ލީވާން އަލީ | 28 މެއި 2017 | އާދީއްތަ 17:37
ޑިއެގޯ ކޯސްޓާ

ޑިއެގޯ ކޯސްޓާ

ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑިއެގޯ ކޯސްޓާ ބުނެފި އެވެ.

އާސެނަލް އަތުން 1-2 ގެ ނަތީޖާއިން ޗެލްސީ ބަލިވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯސްޓާ ބުނީ ކްލަބާއެކު އޭނާ ހެދި އެއްބަސްވުމުގައި އަދިވެސް ބާކީ ދެ އަހަރު އެބަ އޮތް ކަމަށާއި، މުއްދަތު ހަމަނުވަނީސް ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށެވެ.

އެހެންނަމަވެސް ކޯސްޓާ ބުނީ އޭނާއަށްވުރެ އެހެން ސްޓްރައިކަރަކަށް ޓީމުގައި އިސްކަންދީ، އޭނާ އަށް ކުޅެން އެކަށީގެންވާ ވަގުތު ނުދޭނަމަ ކްލަބް ދޫކޮށްލާނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ އެފަދަ ހާލަތެއްގައި ބަދަލުވިޔަސް ބަދަލުވާނީ ސްޕެއިންގެ ކްލަބަކަށް ކަމަށާއި، އެހެން ގައުމަކަށް ކުޅުމުގެ އެއްވެސް ހިޔާލެއް ނެތް ކަމަށެވެ.

މީގެއިތުރުން ކޯސްޓާ ބުނީ ޗެލްސީން އޭނާ ވިއްކާލާނަމަ އެ ވިއްކަން ޖެހޭ ކްލަބެއް އެނގޭނީ ޗެލްސީއަށް ކަމަށެވެ.

މިދިޔަ ޖެނުއަރީ ޓްރާންސްފާގަވެސް ޗައިނީޒް ސުޕާ ލީގުގެ ކްލަބްތަކުން ކޯސްޓާ ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އޭނާ ވަނީ އެ ހުށަހެޅުންތައް ރިޖެކްޓްކޮށްފައެވެ. ޗައިނާ ކްލަބްތަކުގެ އިތުރުން ޔޫރަޕްގެވެސް ގިނަ ކްލަބްތަކުން އަންނަނީ ކޯސްޓާއަށް ފާރަލަމުންނެވެ.

އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލުމަށްފަހު 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކޯސްޓާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 119 މެޗުގައި 58 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު