Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮރާޓާ ރެއާލް ދޫކޮށްލަނީ

މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ކުރި ބިޑް 60 މިލިއަން ޕައުންޑަށް ބޮޑުކޮށްފި

މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ފުރަތަމަ ހުށަހެޅީ 52 މިލިއަން ޕައުންޑު

ލީވާން އަލީ
ލީވާން އަލީ | 8 ޖޫން 2017 | ބުރާސްފަތި 17:36
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް އަލްވަރާ މޮރާޓާ ހޯދުމަށް މެންޗެސްޓާ ހޔުނައިޓެޑޫން ކުރި ބިޑް އެޓީމުން 60 މިލިއަން ޕައުންޑަށް އިތުރުކޮށްފިކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދަ ގާޑިއަން އިން ބުނީ ޔުނައިޓެޑުން އަންނަނީ މޮރާޓާ ހޯދުމަށް މަސައްކަތްކުރަމުން ކަމަށާއި، އެގޮތުން އެ ކްލަބުން ފުރަތަމަ އޭނާ ހޯދުމަށް ހުށަހެޅި 52 މިލިއަން ޕައުންޑު ކަމަށެވެ. އެހެންނަމަވެސް މިހާރު އެ އަގު 60 މިލިއަން ޕައުންޑަށް އިތުރުކޮށްފައިވާ ކަމަށެވެ.

މޮރާޓާ ހޯދުމަށް ނަން މަޝްހޫރު ކްލަބްތަކުން މަސައްކަތްކުރާއިރު، ރެއާލްގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވާތީ އޭނާ ރެއާލް ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ރެއާލް މެޑްރިޑް ޔޫތް ޓީމުން ކެރިޔަރު ފެށި މޮރާޓާ އެ ކްލަބްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބުގައި ހަތަރު ސީޒަން ހޭދަކޮށް ކުޅުނު 52 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށްލުމަށްފަހު މޮރާޓާ ޔުވަންޓަސް އަށް 2014 ވަނަ އަހަރު ބަދަލުވެފައިވާއިރު، އެ ކްލަބުގައި ދެ ސީޒަން ވަނީ ހޭދަކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 94 މެޗުގައި 31 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު އިޓާލިއަން ލީގު ދެފަހަރު، އިޓާލިއަން ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އިޓާލިއަން ސުޕާކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލިގުގެ ދެވަނަ ވެސް ޔުވަންޓަސްއާއެކު ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސް ދޫކޮށްލުމަށްފަހު މޮރާޓާ ރެއާލް އަށް ބަދަލުވީ މި ސީޒަނުގައެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް މި ސީޒަނުގައި އެޓީމަށް ކުޅުނު 42 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު