Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ ދާއިރާ

ސިއްހީ ދާއިރާއިން މިދިޔަ ސަރުކާރުން ފެށި 16 މަޝްރޫއެއް ހުއްޓާލައިފިން: ގީލާ

10 އޯގަސްޓު 2026 | ހޯމަ 06:37

ކުރީ ސަރުކާރުން ފަށާފައިވާ ސިއްހީ ދާއިރާގެ 16 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ، އެ މަޝްރޫއުތައް މި ސަރުކާރުން ވަނީ ބާތިލުކޮށްފައި. އެޑްވާންސް ފައިސާގެ ގޮތުގައި 60 މިލިއަން ރުފިޔާ ދޫކޮށްފައިވާ މި މަޝްރޫއުތަކުގެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ފައިސާއާ ގުޅޭ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ދަނީ ބަލަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އޯގަސްޓު 2026 | ހޯމަ 06:37
މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ

މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ | މަޖުލިސް

ނިމިދިޔަ ސަރުކާރުން ފަށާފައިވާ ސިއްހީ ދާއިރާގެ 16 މަޝްރޫއެއް މި ސަރުކާރުން ބާތިލުކޮށްފައިވާކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ގީލާ އެފަދައިން ވިދާޅުވީ ސިއްހީ ނިޒާމުގެ މަސައްކަތްތައް ލަސްވެ، ދާއިރާ ފަހަތަށް ސޮއްސާލާފައިވާ ސަބަބާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މި މަޝްރޫއުތަކަކީ އެމްޑީޕީ ސަރުކާރުން ފަށައި، އެކަމަށް ބޭނުންވާ ފައިސާ ވެސް ދޫކޮށްފައިވާ މަޝްރޫއުތަކެއް ނަމަވެސް، ގީލާ ވިދާޅުވި ގޮތުގައި މަޝްރޫއުތައް ބާތިލު ކުރަން ނިންމީ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އެވެ.

ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، މި 16 މަޝްރޫއަށް އެޑްވާންސް ފައިސާގެ ގޮތުގައި އެކަނިވެސް ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ނަމަވެސް މަޝްރޫއު ބާތިލުކުރަން ނިންމީ އެ މަޝްރޫއުތައް ހުއްޓިފައި އޮތުމުގެ ސަބަބުން ސިއްހީ ދާއިރާއަށް ލިބޭ ގެއްލުން ބޮޑުވަމުންދާތީކަމަށް ގީލާ ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެ ފައިސާ ރިކަވަރ ކުރުމަށްޓަކައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. އެހެންނަމަވެސް، މިހާރު އެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

16 ޕްރޮޖެކްޓެއް މިހާރު ވަނީ ޓާރމިނޭޓު ކުރެވިފައި، ނޫނީ ހުއްޓާލެވިފައި، މި ޕްރޮޖެކްޓުތަކަށް އެޑްވާންސް ފައިސާ ގޮތުގައި ވެސް 60 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވޭ
ގީލާ އަލީ

މިގޮތަށް ބާތިލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއް މިސާލެއްގެ ގޮތުގައި މިނިސްޓަރު ދެއްކެވީ ހއ. އިހަވަންދޫ ހޮސްޕިޓަލުގެ މަޝްރޫ އެވެ. މިއީ ކުރީ ސަރުކާރުން އެޑްވާންސް ފައިސާ ދޫކޮށްފައި އޮތް ނަމަވެސް، އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް އޮތް މަޝްރޫއެއްކަމަށް ގީލާ ވިދާޅުވި އެވެ.

އެހެންކަމުން، މިދިޔަ އަހަރުގެ މާރޗު މަހުގެ ތެރޭގައި އެ މަޝްރޫއު ވަނީ ޓާމިނޭޓު ކުރެވިފަ އެވެ. މިނިސްޓަރު ވިދާޅުވީ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް ވަގުތު ނެގިނަމަވެސް، ރައްޔިތުންނަށް ދޭ ސިއްހީ ޚިދުމަތްތަކަށް ބުރޫ ނާރާނެހެން ނިޒާމު ޤާއިމު ކުރުމަކީ މި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށެވެ.

މި މައުލޫމާތުތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ދައުލަތުގެ ފައިސާ ދޫކޮށް މަސައްކަތްނުކޮށް ހުރި މިފަދަ މައްސަލަތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާރު ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

އިހަވަންދޫ ހޮސްޕިޓަލުގެ މަޝްރޫއާ ގުޅޭގޮތުން ފާހަގަކޮށްލެވޭ ކަމަކީ، ކުރީ ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި އޮއްވައި، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެ މަޝްރޫއު ހުއްޓާލުމަށް ކޮންޓްރެކްޓަރަށް އެންގި ކަމެވެ. އެގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ކޮންޓްރެކްޓަރ ކިޔާދިން ގޮތުގައި މަޝްރޫއު ހުއްޓާލަން އެންގީ އެ ކުންފުނިން ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް ބިން ސާފުކޮށް، އެ ބިމުގައި ހުރި ރުއްތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ފައުންޑޭޝަން އަޅަން ކާނު ކޮނެ އަދި ފައުންޑޭޝަން އަށް ބޭނުންވާ ސާމާނު ވެސް އިހަވަންދޫ އަށް ގެންގޮސްފައިވަނިކޮށް ކަމަށެވެ.

މި ސަރުކާރުން ވަނީ އެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައެވެ. އަދި ރައީސް މުއިއްޒު ވެސް ވަނީ އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެ އެވެ.

ގީލާ އަލީއިހަވަންދޫ ހޮސްޕިޓަލްސިއްހީ ނިޒާމު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ކޮންޓެއިނަރުތައް ހުޅުވާއިރު ހުންނަންޖެހޭ އެމްއެފްޑީއޭގެ މުވައްޒަފުން އެތަނަށް ނުދާ މައްސަލައެއް، ހެލްތު މިނިސްޓްރީގެ ބަހެއް ނުލިބުނު!

09 އޯގަސްޓު 2026
ކޮންޓެއިނަރުތައް ހުޅުވާއިރު ހުންނަންޖެހޭ އެމްއެފްޑީއޭގެ މުވައްޒަފުން އެތަނަށް ނުދާ މައްސަލައެއް، ހެލްތު މިނިސްޓްރީގެ ބަހެއް ނުލިބުނު!
04 އޯގަސްޓު 2026

ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން ބޭސް ހުސްވެފައިވާ ކަމުގެ ޝަކުވާ، މައްސަލަ ބެއްލެވުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި

04 އޯގަސްޓު 2026
ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން ބޭސް ހުސްވެފައިވާ ކަމުގެ ޝަކުވާ، މައްސަލަ ބެއްލެވުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި
01 އޯގަސްޓު 2026

ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއްކަމަށް ބުނެ އާސަންދަ ނުދިން، ޕްރެޝަރުމަތިކަމަށް ބުނެ ރާއްޖޭގައި އޮޕަރޭޝަން ކުރެވޭކަށް ނެތް!

01 އޯގަސްޓު 2026
ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއްކަމަށް ބުނެ އާސަންދަ ނުދިން، ޕްރެޝަރުމަތިކަމަށް ބުނެ ރާއްޖޭގައި އޮޕަރޭޝަން ކުރެވޭކަށް ނެތް!
13 ޖުލައި 2026

ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

13 ޖުލައި 2026
ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ
09 ޖުލައި 2026

އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ތޮއްޑޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ނިންމާނެ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވެއްޖެ

09 ޖުލައި 2026
އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ތޮއްޑޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ނިންމާނެ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވެއްޖެ
08 ޖުލައި 2026

ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

08 ޖުލައި 2026
ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟
08 ޖުލައި 2026

ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި

08 ޖުލައި 2026
ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި
26 ޖޫން 2026

އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!

26 ޖޫން 2026
އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!
23 ޖޫން 2026

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

23 ޖޫން 2026
މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް