Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުހިމަބިހި

ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

13 ޖުލައި 2026 | ހޯމަ 11:28

ރާއްޖޭގައި ހިމަބިހި ފެތުރޭ މިންވަރު އިތުރުވެ، ބަލި ޖެހުނު ޒުވާނަކު ނިޔާވެފައިވާއިރު، މި ބައްޔަށް ޓެސްޓުކުރާ ކިޓުތައް ހުސްވެފައިވާ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައި. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބަލިޖެހުނު މީހުންގެ އަދަދު 121 އަށް އަރާފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާރު ދަނީ ޚާއްސަ ވެކްސިން ޕްރޮގްރާމެއް ހިންގަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖުލައި 2026 | ހޯމަ 11:28
އެ ޒުވާނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް.

އެ ޒުވާނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް. | ހުޅުމާލެ ހޮސްޕިޓަލް

ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނެއް ނިޔާވެއްޖެ އެވެ.

އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދެމުން ބުނީ، ހިމަބިއްސަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ 24 އަހަރުގެ އިބްރާހިމް ދިޔާޝް ރަޝީދު ކަމަށެވެ. ގދ.ފިޔޯރީއަށް އުފަން މި ޒުވާނާ ނިޔާވީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ.

އެ ޒުވާނަށް ފަރުވާ ދެމުންދިޔައީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ.

ރާއްޖޭގެ ހިމަބިހި ހާލަތުގެ ސީރިއަސްކަން ހެލްތް މިނިސްޓްރީ އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަ ނުކުރާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި 8 ޖުލައި 2026 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގައި ހިމަބިހި ނުވަތަ މީސަލްސް ފެތުރެމުންދާތީ، އެ ބައްޔަށް ޓެސްޓުކުރަން ބޭނުންވާ ކިޓުތައް ރާއްޖެއިން ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން މަޖިލީހުގައި ކުރިމަތިކުރި ސުވާލަށް ހެލްތް މިނިސްޓަރު ގީލާ އަލީ ޖަވާބެއް ނުދެއްވައި އެ ސުވާލުން ވަނީ ރެކިވަޑައިގެންފަ އެވެ. 

ހިމަބިއްސާ ގުޅޭގޮތުން އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް 121 މީހުންނަށް ބަލި ޖެހިފައިވެ އެވެ. އަދި އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެފައިވެ އެވެ. 

ރާއްޖެ އަކީ 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް 2023 ވަނަ އަހަރު މި ބަލީގެ ބައެއް ކޭސްތައް ފެނުމަށްފަހު، މިއަހަރުގެ މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ބަލި އަލުން ފެނި، ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ޖޫން މަހުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ވެކްސިން ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށާފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލްހިމަބިހިހެލްތު ޕްރޮޓެކްޝަން އެޖެންސީގީލާ އަލީހެލްތު މިނިސްޓްރީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

09 ޖުލައި 2026

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި

09 ޖުލައި 2026
49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި
09 ޖުލައި 2026

އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ތޮއްޑޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ނިންމާނެ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވެއްޖެ

09 ޖުލައި 2026
އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ތޮއްޑޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ނިންމާނެ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވެއްޖެ
08 ޖުލައި 2026

ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

08 ޖުލައި 2026
ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟
08 ޖުލައި 2026

ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި

08 ޖުލައި 2026
ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި
08 ޖުލައި 2026

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

08 ޖުލައި 2026
މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި
05 ޖުލައި 2026

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

05 ޖުލައި 2026
އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
30 ޖޫން 2026

އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި

30 ޖޫން 2026
އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި
28 ޖޫން 2026

މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި

28 ޖޫން 2026
މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި
23 ޖޫން 2026

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

23 ޖޫން 2026
މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް