Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތޮއްޑޫ ހޮސްޕިޓަލް

އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ތޮއްޑޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ނިންމާނެ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވެއްޖެ

9 ޖުލައި 2026 | ބުރާސްފަތި 08:08

އއ. ތޮއްޑޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދިޔަ ނަމަވެސް، އަންނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ހެލްތް މިނިސްޓަރު ގީލާ ވަނީ ވިދާޅުވެފައި. މީގެ އިތުރުން ރަސްދޫގައި އަޅާ އާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަން ވެސް މިނިސްޓަރު ހާމަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖުލައި 2026 | ބުރާސްފަތި 08:08
ރައްޔިތުންގެ މަޖިލީހުގައި ހެލްތް މިނިސްޓަރު ގީލާ އަލީ ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގައި ހެލްތް މިނިސްޓަރު ގީލާ އަލީ ވާހަކަ ދައްކަވަނީ. | ޕީޕަލްސް މަޖްލިސް

މިހާތަނަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ، އއ.ތޮއްޑޫ ހޮސްޕިޓަލް ގެ މަޝްރޫއު އަންނަ އަހަރު ނިންމާނެ ކަަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުން މަޖިލީހުގައި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ތޮއްޑޫގެ ހޮސްޕިޓަލް ގެ މަސައްކަތް މި އަންނަ އަހަރު ނިންމާނެ ކަމަށެވެ. 

ތޮއްޑޫގެ ހޮސްޕިޓަލް ގެ މަސައްކަތް މި އަންނަ އަހަރު ނިންމާނެ ވާހަކަ ވެސް އިއްޒަތެރި މެންބަރުގެ މައުލޫމާތަށްޓަކައި ދަންނަވާލަން. 
ހެލްތް މިނިސްޓަރު ގީލާ އަލީ

މިނިސްޓަރު ގީލާ މިހެން ވިދާޅުވި ނަމަވެސް މިހާތަނަށް އެ ހޮސްޕިޓަލް ގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. އެހެންކަމުން މިމަޝްރޫއު ނިންމައި، އެ ހޮސްޕިޓަލުން އަންނަ އަހަރު ޚިދުމަތް ލިބޭނެ ކަމާމެދު އެރަށުގެ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. 

20 އޮގަސްޓް 2025 ގައި ރައީސް ޑރ.މުހައްމަދު މުއިއްޒު، ތޮއްޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ، އެރަށުގައި މިހާރު އިމާރާތް ކުރަން ފަށާފައިވާ ސިއްހީ މަރުކަޒުގެ 30 އެނދުގެ އިމާރާތް، 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ރަށުގައި ހޮސްޕިޓަލެއް އިމާރާތް ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެފަހުން މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ ކަމަށް ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައިވެ އެވެ. 

މީގެ އިތުރުން އއ.ރަސްދޫ ހޮސްޕިޓަލް ގެ މަސައްކަތް ފެށޭނެ ތާރީހާ ގުޅޭގޮތުން މެންބަރު ސަމީރު ކުރެއްވި ސުވާލަށް މިނިސްޓަރު ގީލާ ވިދާޅުވީ، ރަސްދޫ ހޮސްޕިޓަލް ގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ކުވެއިތު ފަންޑުގެ އެހީގައި އއ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު މިމަޝްރޫއު އޮތީ ވާނުވާގަ އެވެ. އޭގެފަހުން 16 އޯގަސްޓް 2025 ގައި ރަސްދޫގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފަ އެވެ. 

780 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތުގެ އަގަކީ 185،571،402.42 ރުފިޔާ އެވެ.

ގީލާ އަލީއއ. ތޮއްޑޫހުސެއިން ސަމީރުހޮސްޕިޓަލް މަޝްރޫޢު

އިތުރަށް ކިޔާލަން

09 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު

09 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު
08 ޖުލައި 2026

ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

08 ޖުލައި 2026
ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟
08 ޖުލައި 2026

ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި

08 ޖުލައި 2026
ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި
01 ޖުލައި 2026

ތޮއްޑޫ ސީޕްލޭން ޖައްސާ ފްލެޓްފޯމް ގޮނޑުދޮށަށް ލައްގައިފި

01 ޖުލައި 2026
ތޮއްޑޫ ސީޕްލޭން ޖައްސާ ފްލެޓްފޯމް ގޮނޑުދޮށަށް ލައްގައިފި
24 ޖޫން 2026

މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު

24 ޖޫން 2026
މަޖިލީހުގެ ތަޅުމުން ސަރުކާރާ ދެކޮޅު މެންބަރުން ކޮންމެ ދުވަހަކު ވެސް އުކާލެވިދާނެ، ނަމަވެސް ނަތީޖާ ރަނގަޅެއް ނުވާނެ: މެންބަރު ސަމީރު
23 ޖޫން 2026

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

23 ޖޫން 2026
މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
23 ޖޫން 2026

ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި

23 ޖޫން 2026
ސިނގިރޭޓުގެ އަގު ހެޔޮކުރުން: ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ގީލާ ދެކޮޅު ހައްދަވައިފި
23 ޖޫން 2026

ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ

23 ޖޫން 2026
ނަފްސާނީ ބަލިތަކަށް ދޭ ބޭހުގެ ދަތިކަމެއް ނެތް: މިނިސްޓަރު ގީލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް