އަޅުގަނޑު ކަހަލަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ބުނޭ: ރައީސް މުއިއްޒު
6 އޯގަސްޓު 2026 | ބުރާސްފަތި 08:11ޤައުމުގެ މަސްލަހަތަށްޓަކައި ނިންމުންތައް ނިންމުމުގައި ސިޔާސީ މަންފާއަށްވުރެ ބޮޑަށް އަމާނާތްތެރިކަމާއެކު ޒިންމާ އަދާކުރެއްވުމަށް އިސްކަންދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ. އެމަނިކުފާނު މަސައްކަތް ކުރައްވާ ގޮތަށް، ޤައުމު އިސްކޮށްގެން ނިންމުންތައް ނިންމަވާ ވެރިން މުޅި ދުނިޔޭގައިވެސް މަދުކަން ބޭރުގެ އެކި ފަރާތްތަކުން ފާހަގަކުރާ ކަމަށްވެސް ރައީސް ވިދާޅުވި

ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ފަދަ ވެރިން މުޅި ދުނިޔޭގައިވެސް މަދުކަމަށް ބޭރުގެ ފަރާތްތަކުން ބުނާކަމަށް! | ޕީއެންސީ
އެމަނިކުފާނު ފަދަ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދުކަމަށް ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން ބައްދަލުވުމުން ބުނާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫ އުކުޅަހުގައި ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވާ ގޮތަށް މަސައްކަތް ކުރާ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދު ކަމަށް ބޭރުގެ އެކި ފަރާތްތަކުން އެމަނިކުފާނާ ބައްދަލުވުމުން ވިދާޅުވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ޤައުމު އިސްކޮށްގެން ނިންމުންތައް ނިންމާ މީހާއަކީ ސިޔާސީ ގޮތުން މާ ޕޮޕިއުލަރ މީހަކަށް ނުވެދާނެ ކަމަށެވެ. ނަމަވެސް ސިޔާސީ ގޮތުން އެމީހަކަށް ގެއްލުންވެދާނެ ކަމަށް ބަލައި އެ ގޮތްތަކާއި ނިންމުންތައް ދޫކޮށްލުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންނަމަވެސް އެ ނިންމުންތަކުގެ ފައިދާ ޤައުމަށް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ނިންމުންތަކުގެ ތެރޭގައި ޤައުމުގެ އިޖުތިމާއީ ފޭރާމާ ގުޅުންހުރި ނިންމުންތައްވެސް ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވާ ގޮތަށް މަސައްކަތް ކުރާ ވެރިން މުޅި ދުނިޔޭގައިވެސް ވަރަށް މަދު ކަމަށް ބޭރުގެ އެކި ފަރާތްތަކުން އެމަނިކުފާނާ ބައްދަލުވުމުން ވިދާޅުވާ ކަމަށެވެ. މި ގޮތުން ޤައުމުގައި އަދި މުޅި ދުނިޔޭގައި ބަލާއިރުގައިވެސް އެފަދަ ވެރިން މަދު ކަމަށް އެ ފަރާތްތަކުން ބުނާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ވެރިކަމުގެ ޒިންމާއަކީ ބޮޑު އަމާނާތެއް ކަމަށާއި އެ އަމާނަތާއި މަސްއޫލިއްޔަތު އަދާކުރަންޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށެވެ.











