Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމ. ނާލާފުށި

ވަޒީފާގެ ފުރުސަތުތަކާއި ކިޔެވުމަށް އޮތް ހުރަސް: ނާލާފުށީ ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ ކޯޒްވޭ

26 ޖުލައި 2026 | އާދީއްތަ 12:46

މ. ނާލާފުށީގެ ސިއްހީ ނިޒާމު ބަލިކަށިވެ ބޭސް ނުލިބުމާއި، ތަކެތީގެ އަގުބޮޑުވުމުގެ އިތުރުން މަސްވެރިކަމަށް ބޭނުންވާ އައިސް ނުލިބުމުގެ ދަތިކަން އެ ރަށު ރައްޔިތުން ދަނީ ތަހައްމަލު ކުރަމުން. މީގެ އިތުރުން، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ، ރަށުގެ އިގުތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ނާލާފުއްޓާއި މުލި ގުޅާލަދޭ ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައްޔިތުން ދަނީ އާދޭސްކުރަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 ޖުލައި 2026 | އާދީއްތަ 12:46
މ. ނާލާފުށިން ވާހަކަދެއްކި ދެ ރައްޔިތުން: އެ ރަށު ރައްޔިތުން ވަނީ އެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލު ހިއްސާ ކޮށްފައި

މ. ނާލާފުށިން ވާހަކަދެއްކި ދެ ރައްޔިތުން: އެ ރަށު ރައްޔިތުން ވަނީ އެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލު ހިއްސާ ކޮށްފައި | ރާއްޖެއެމްވީ

މ. ނާލާފުށީގެ ރައްޔިތުން ދަނީ ދިރިއުޅުމުގެ އެކި ދާއިރާތަކުން އިންތިހާ ދަތިތަކަކާއި ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ. އެގޮތުން، ރަށުގެ ސިއްހީ ނިޒާމު ބަލިކަށިވެ، ބޭސްފަރުވާ ކުރުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ޝަކުވާތަކާއި، ރައްޔިތުންގެ ހާލަތު އެ ރަށުން ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ވާހަކަ ދެއްކި ކޮންމެ ރައްޔިތަކު ވަނީ ފާޅުކޮށްފަ އެވެ. އެގޮތުން ކޮންމެ ދުވަހަކު ކާންޖެހޭ ބަލިތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ބޭސް ނުލިބުމާއި، ހަފުތާއަކު އެއްފަހަރު ޖަހަންޖެހޭ އިންޖެކްޝަން ފަރމަސީން ހުސްވެފައިވުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތު ވަނީ ނުރައްކަލަކަށް ހުށަހެޅިފަ އެވެ.

މީގެ އިތުރުން، ތަކެތީގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް މައްޗަށް ދިއުމަކީ ރައްޔިތުންނަށް އުފުލަން ދަތިވެފައިވާ ބޮޑު ބުރައެކެވެ. ކާބޯތަކެތީގެ އަގު އުފުލިފައިވުމުން އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ދަތިވެ، ލިބޭ މަދު އާމްދަނީން ދެކޮޅުޖެއްސުމަށް ވަނީ ދަތިވެފަ އެވެ. އާދައިގެ ކަޅުސައި ތައްޓަކާއި ހެދިކާއެއްގެ އަގު ވެސް 30 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގެ އަގަކަށް އަރައިގެން ގޮސްފައިވާއިރު، ވާނުވާ ނޭނގި ކަރަންޓު ބިލުތައް ބޮޑުވަމުންދާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަގެއް ހެވެއް ނޫން އެއްގޮތަކަށް ވެސް. ތެދަށް ބުނާނަމަ އަޅުގަނޑުމެން ކައިބޮއެގެން އުޅެން ވެސް ދަތި. އެހާ ބޮޑަށް ކާބޯތަކެތީގެ އަގު މަތިވެއްޖެ. ތެދުތެދަށް ބުނާނަމަ ހޮޓަލަކަށް ވަދެ ދުފާލަން ވިޔަސް 7 ރުފިޔާ 8 ރުފިޔާ އަށް ބިލެއް އަރި އެއްވެސް މި ލިބެނީ. ދުފާލައި އުޅެން ވެސް ދަތިވެއްޖެ. ކަޅުސައި ތައްޓަކައި، ހެދިކާޔަކާ ކާލައިފިއްޔައި، 30 ރުފިޔާ އާއި 40 ރުފިޔާ އާ ނާރާނެ ގޮތެއް އެއީ ނެތް ގޮތެއް
މ. ނާލާފުށިން ކަންބޮޑުވުން ފާޅު ކުރި ރައްޔިތެއް

މަސްވެރިކަމަށް ބަރޯސާވެފައިވާ އެ ރަށުގެ މަސްވެރިންނަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ. ރަށުން އައިސް ލިބޭނެ އިންތިޒާމެއް ނެތުމުގެ ސަބަބުން، އައިސް ހޯދުމަށްޓަކައި އެހެން އަތޮޅުތަކަށް އެގޮތުން ދ.، ފ.، އަދި ވ. އަތޮޅަށް ދަތުރުކުރަންޖެހޭ އިރު ތެލުގެ އަގު ލީޓަރެއް 26 ރުފިޔާއަށް އުފުލިފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މަސްވެރިއަކު ކިޔައިދިނެވެ. އެ ރަށުން ވާހަކަދެއްކި މަސްވެރިން ބުނީ އެ ސަރަހައްދުގައި ހުރި ބޮއިތައް ކެނޑި، ސަރުކާރުން އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދީފައި ނުވާ އިރު، މަސްވެރިކަމުން ލިބޭ އާމްދަނީ އިން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަށް ނުކުޅެދިފައިވާ ކަމަށެވެ. 

އިޖުތިމާއީ ގޮތުން ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނާލާފުއްޓާއި މުއްޔާ ދެމެދު ކޯޒްވޭ އެއް ނެތުމެވެ. އާބާދީ ކުޑަވުމާއެކު ރަށުގައި ވަޒީފާގެ ފުރުސަތުތައް މަދުވެ، ޒުވާނުންނާއި ކިޔަވައިގެން އަންނަ ކުދިން އުޅެންޖެހެނީ މުލީގަ އެވެ. ނުވަތަ ވަޒީފާ އަދާކުރުމަށް ކޮންމެ ދުވަހަކު ދާން ޖެހެނީ މުއްޔަށެވެ. ސްކޫލު ކުދިންނާއި މުލީގައި މަސައްކަތްކުރާ ނަރުހުން ފަދަ ފަރާތްތަކުން ކޮންމެ ދުވަހަކު ޑިންގީގައާއި ފެރީގައި ނުރައްކާތެރި ކަނޑުދަތުރުތައް ކުރަންޖެހޭއިރު، މޫސުން ގޯސް ދުވަސްވަރު މިކަމުގެ ސަބަބުން ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހެ އެވެ.

އަޅުގަނޑުމެން ބޭނުންވަނީ ނާލާފުއްޓާ، މުއްޔާ އެކު ގުޅާލަން. ކޯޒްވޭ. އަޅުގަނޑުމެންގެ މި އޮންނަނީ ކުޑަކުޑަ އާބާދީ އެއް. އަޅުގަނޑުމެންގެ ނޯވޭ މާގިނަ ވަޒީފާތަކެއް ވެސް. އެ ފުރުސަތުތައް ލިބެނީ މުލިން. ދަރިން ކިޔަވައިގެން އައިސް ވެސް އުޅެން ޖެހެނީ މުލީގައި. ސްކޫލަށް ދާ ކުދިން ވެސް ދަނީ މުއްޔަށް. ސްކޫލު ދުވަސްދުވަހު ދަރިވަރުން ދަނީ ފެރީގައި. އެކަމު އަޅުގަނޑުގެ ދަރިފުޅަކީ މުލީގައި މަސައްކަތް ކުރާ ނަރުހެއް، ކޮންމެ ފަހަރަކު ދާން ޖެހެނީ ޑިންގީގައި. މެންދަމު ވެސް ދާން ޖެހޭ ފަހަރު އާދޭ
މ. ނާލާފުށިން ކަންބޮޑުވުން ފާޅު ކުރި ރައްޔިތެއް

މީގެ ކުރިން ކުރިއަށްދިޔަ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރު އައުމާ އެކު ހުއްޓިފައިވާއިރު، ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ ނާލާފުއްޓާއި މުލި ގުޅުވައިދޭ ކޯޒްވޭގެ މަޝްރޫއު އަވަހަށް ފަށައި ނިންމައިދިނުމެވެ.

ނާލާފުށީމުލަކުހާލު ކިހިނެއްމަސްވެރިކަންމުލި-ނާލާފުށިކޯޒްވޭ ލިންކް

އިތުރަށް ކިޔާލަން

25 ޖުލައި 2026

ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދުނު މުވައްޒަފުން ވަކި ކުރުމަށްފަހު މުސާރަ ނުދީ ލަސްކުރަނީ، އެޗްއާރުން ފޯނުވެސް ނުނަގާ!

25 ޖުލައި 2026
ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދުނު މުވައްޒަފުން ވަކި ކުރުމަށްފަހު މުސާރަ ނުދީ ލަސްކުރަނީ، އެޗްއާރުން ފޯނުވެސް ނުނަގާ!
25 ޖުލައި 2026

ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

25 ޖުލައި 2026
ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
18 ޖުލައި 2026

މުލަކު މަސްވެރިން: މި ވެރިކަން ގެނެވުމަކީ ޅަ ރުކު ކާއްޓެއް އެޅުންފަދަ ކަމެއް!

18 ޖުލައި 2026
މުލަކު މަސްވެރިން: މި ވެރިކަން ގެނެވުމަކީ ޅަ ރުކު ކާއްޓެއް އެޅުންފަދަ ކަމެއް!
12 ޖުލައި 2026

މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!

12 ޖުލައި 2026
މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!
11 ޖުލައި 2026

ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިޔަކަސް މ. އަތޮޅުން މަސްވެރިންނަށް ތެލެއް، އައިސް އެއް ނުލިބޭ

11 ޖުލައި 2026
ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިޔަކަސް މ. އަތޮޅުން މަސްވެރިންނަށް ތެލެއް، އައިސް އެއް ނުލިބޭ
01 ޖުލައި 2026

މުލަކު ފިޓްނަސް ސެންޓަރުގެ ޤާއިމު ކުރަން ކުރީ ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރި: މިނިސްޓަރު ރާފިޢު

01 ޖުލައި 2026
މުލަކު ފިޓްނަސް ސެންޓަރުގެ ޤާއިމު ކުރަން ކުރީ ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރި: މިނިސްޓަރު ރާފިޢު
24 ޖޫން 2026

މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުޤުވެރި ނުވާ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ރަށްރަށުގައި ވަޒީފާތައް ދީފައި ހުރުން: ޝިޔާމް

24 ޖޫން 2026
މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުޤުވެރި ނުވާ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ރަށްރަށުގައި ވަޒީފާތައް ދީފައި ހުރުން: ޝިޔާމް
23 ޖޫން 2026

ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ

23 ޖޫން 2026
ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ
21 ޖޫން 2026

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

21 ޖޫން 2026
"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"
03 ޖޫން 2026

މި ދިޔަ މަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފި

03 ޖޫން 2026
މި ދިޔަ މަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް