Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރައްގީ

ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު

12 ޖުލައި 2026 | އާދީއްތަ 07:43

މ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ނިމާލު ވިދާޅުވީ ކައުންސިލްތަކުގެ ބައިވެރިވުމެއް ނެތި ސަރުކާރުން ހިންގާ ކުދި މަޝްރޫއުތައް ދިގުލައިގެން ގޮސް ފެންވަރު ދަށްވުމުގެ ސަބަބުން ނަތީޖާ ނުނެރެވޭ ކަމަށް. އެފަދަ މަސައްކަތްތައް ކައުންސިލްތަކާ ހަވާލުކުރުމަށް ގޮވާލައްވަމުން އޭނާ ވިދާޅުވީ، ސަރުކާރުން އިސްކަންދޭންވީ ބަނދަރު ހެދުމާއި ބޯހިޔާވަހިކަން ފަދަ ބޮޑެތި މަޝްރޫއުތަކަށް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖުލައި 2026 | އާދީއްތަ 07:43
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން ކަމަށް މ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ނިމާލު ވިދާޅުވީ މިދިޔަ ސަރުކާރާ ހިލާފަށް މިސަރުކާރުން ކުދި މަޝްރޫއުތައް ހިންގުމަށް މަސައްކަތް ކުރާ ކަމަށާއި، ކައުންސިލްތަކާ ހަވާލު ނުކުރާ ކަމަށެވެ. އަދި ނަތީޖާއެއް ގޮތުން އެކަންކަން ހާސިލް ނުކުރެވި، އަލުން އެ މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން ވޮލީ ކޯޓާއި، ބަށި ކޯޓު ފަދަ މަޝްރޫއުތައް ހިންގާ ކަމަށާއި، މި މަޝްރޫއުތައް ވެސް ނުނިމި ވަރަށް ބޮޑަށް ދިގުލައިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ފުޓްސަލް ދަނޑެއް ނުވަތަ ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު، އެކަމަށް އެއްވެސް ބަހެއް ކައުންސިލަށް ނުބުނެވޭކަން ފާހަގަކުރައްވައި ނިމާލު ވިދާޅުވީ މަޝްރޫއު ކުރިއަށް ދަނީ ރަނގަޅަށްތޯ ބެލެން ވެސް ނޯންނަ ކަމަށާއި، ޔޫތް މިނިސްޓްރީން އެ މަޝްރޫއާ ބެހޭ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ. 

ނިމާލު ވިދާޅުވީ ވޮލީ ކޯޓުތަކާއި، ފިޓްނެސް ސެންޓަރުތައް ފަދަ ކުދި މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން ކައުންސިލް ތަކުގައި ހުންނާނެ ކަމަށާއި، އެފަދަ މަޝްރޫއުތައް ކައުންސިލްތަކާ ހަވާލު ކުރަން ޖެހޭ ކަމަށެވެ. 

ކުދި ކުދި ޕްރޮޖެކްޓްތައް ސަރުކާރުން ކުރަން އުޅެގެން އެކަންތައްތަކެއް ހާސިލެއް ނުވޭ، މިދިޔަ 5 އަހަރުގައި ރަށު ކައުންސިލްތަކުން ކުރަން އުޅުނު ގިނަ ހަރަކާތްތައް ނުވަތަ ހިންގަން އުޅުނު ގިނަ ޕްރޮޖެކްޓުތައް ހަމަ ކާމިޔާބު ކަމާއެކު ހިންގާ ނިމިފައި ވަނީ. ވަރަށް ކައިރިން ކައުންސިލްތަކުން އެ ޕްރޮޖެކްޓްތައް ބަލާ އެއަށް އަމަލީ ސިފަ އަންނަ ގޮތް އަޅުގަނޑުމެންނަށް ފެނިފައި ވަނީ
މ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލު

މީގެ އިތުރުން ނިމާލު ވިދާޅުވީ ކުދި މަޝްރޫއުތައް ހިންގުމުން އެހުރިހާ ކަމެއް ދަނީ ފަނުފުލުން ކަމަށާއި، އަލުންބަލުން އެ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މުލަކުގެ ކުނި މެނޭޖްކުރާ އިމާރާތް ނިންމީ މިދިޔަ އަހަރު ކަމަށާއި، ނަމަވެސް މިހާރު އެ އިމާރާތުގެ ނިޓު ފޫގޮސްގެން ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ. 

ސަރުކާރުތަކުން ހިންގަން ޖެހޭނީ ބޮޑެތި މަޝްރޫއުތައް ކަމަށާއި، ބަނދަރު ހެދުމާއި ހައުސިން މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް އޭނާ ގޮވާލެއްވި އެވެ.

މުހައްމަދު ނިމާލުމ އަތޮޅުތަރައްޤީލާމަރުކަޒުކުރުންމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!

12 ޖުލައި 2026
މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!
11 ޖުލައި 2026

އާންމުންގެ ޝަކުވާގެ ރާޅެއް: ތަކެތީގެ އަގު އުޑަށް، ބޭސްލިބުން ދަތިވެއްޖެ، ކަރަންޓު ބިލްތައް ދެގުނަ!

11 ޖުލައި 2026
އާންމުންގެ ޝަކުވާގެ ރާޅެއް: ތަކެތީގެ އަގު އުޑަށް، ބޭސްލިބުން ދަތިވެއްޖެ، ކަރަންޓު ބިލްތައް ދެގުނަ!
11 ޖުލައި 2026

ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!

11 ޖުލައި 2026
ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!
11 ޖުލައި 2026

މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން

11 ޖުލައި 2026
މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން
11 ޖުލައި 2026

75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް

11 ޖުލައި 2026
 75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް
11 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް

11 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް
11 ޖުލައި 2026

ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިޔަކަސް މ. އަތޮޅުން މަސްވެރިންނަށް ތެލެއް، އައިސް އެއް ނުލިބޭ

11 ޖުލައި 2026
ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިޔަކަސް މ. އަތޮޅުން މަސްވެރިންނަށް ތެލެއް، އައިސް އެއް ނުލިބޭ
10 ޖުލައި 2026

ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު

10 ޖުލައި 2026
ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު
09 ޖުލައި 2026

ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ

09 ޖުލައި 2026
ކުރީ ސަރުކާރުގައި ބާރަށުގެ ރިންގްރޯޑުގެ މަސައްކަތް ފެށި ސަރަހައްދު މިހާރު ވައުވެއްޖެ
09 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު

09 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް