Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިކަން

މ. އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް، މި ސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން: އިހުސާން

މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދުމުގެ ސަބަބުން މަސްވެރި އާއިލާތައް ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިހުސާން ވިދާޅުވި. ތެލުގެ އަގު އިންތިހާއަށް ބޮޑުވެ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ނުދޭތީ އަތޮޅުތެރޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވި. އަދި މަސް ކިލޯއެއްގެ އަގު ހިފެހެއްޓުމަށް ވީ ވައުދާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން، މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވެސް އިހުސާން ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖޫން 2026 | އާދީއްތަ 08:59
މަސްވެރިން މަސްވިއްކަނީ.

މަސްވެރިން މަސްވިއްކަނީ. | ރާއްޖެއެމްވީ

މ.އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް ކަމަށާއި، މިސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން ކަމަށް އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނަމާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، މ. އަތޮޅަކީ މަސްވެރިންގެ ބޮޑު އާބާދީއެއް އޮންނަ އަތޮޅެއް ކަމަށާއި، ނަމަވެސް މިސަރުކާރާއެކު ވަރަށް ބޮޑަށް މަސްވެރިކަމުގެ އާއިލާތައް ނިކަމެތިވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިސަރުކާރާއެކު މަސްވެރިންނަށް ރަނގަޅު ގޮތްތަކެއްވާނެ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރިކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، އުންމީދު ކުރި ގޮތާއި ހިލާފަށް ވަރަށް ބޮޑަށް މަސްވެރިންނަށް ދަތިވެފައިވާ ކަމަށެވެ.

އެގޮތުން ތެޔޮ ލިބުމަށް ދަތިވެ، އިންތިހާއަށް ތެޔޮ އަގުބޮޑުވެފައިވާ ކަމަށާއި، ސަރުޚާރުގެ ފަރާތުން މަސްވެރިންނަށް އެއްވެސް ގޮތަކަށް އެއްބާރުލުމާއި، އެހީތެރިކަމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސްވެރިންނަށް މަހަށް ނުފުރިފައި ތިބެންޖެހޭ ކަމަށާއި، މަހަށް ދިޔަ ނަމަވެސް ދެކޮޅު ނުޖެއްސޭ ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ކުރިނާރާ ކަމަށާއި، މުލަކު ދާއިރާގެ ތިން ރަށުގެ އާބާދީއަށް ބަލާއިރު، ގިނަ ރައްޔިތުންނަށް މާލީ ގޮތުން ދަތިވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޚާއްސަކޮށް އަތޮޅުތެރޭގެ އިގްތިސާދަށް ވެސް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށެވެ.

މުލަކު އަތޮޅަކީ މަސްވެރި އާބާދީއެއް އޮންނަ އަތޮޅެއް. އެހެންވީމަ މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު މުލަކު އަތޮޅުގެ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ހަގީގަތުގައި އޭރުގައި ލިބިގެން ދިޔަ. ވެރިކަމަށް އައުމަށްފަހު ވެސް މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ކުޑަ ނުކުރާނެ ކަަމަށް ވެވަޑައިގެންނެވި ވައުދުގައި ދެމެހެއްޓެވީތީވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ވެސް. ދިއްގަރުގައި ވައުދުވެވަޑައިގެންނެވީ. އެހެންވީމަ މުލަކު އަތޮޅުގެ ގިނަ ރައްޔިތުންތަކަކަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ހަގީގަތުގައި ލިބިގެން ދިޔަ. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު އެއްވެސް ވައުދެއް އެއްވެސް މިންވަރަކަށް އަމަލުކުރައްވާފައިނުވޭ. އެހެންވީމަ އެކަމުގެ ސަބަބުން ހަގީގަތުގައި މަސްވެރިން ވަނީ ވަރަށް ބޮޑު ނިކަމެތި ކަމަކާ ކުރިމަތިވެފައި.  
އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ މިއަދު މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ. އަދި މިސަރުކާރުން މަސްވެރިންނަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މ އަތޮޅުމުހައްމަދު އިހުސާންމުލަކު ދާއިރާމަސްވެރިކަން

އިތުރަށް ކިޔާލަން

14 ޖޫން 2026

ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!

14 ޖޫން 2026
ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
09 ޖޫން 2026

މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން

09 ޖޫން 2026
މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދަނީ ހީހީފައި ސަކަރާތަކަށް: އިހުސާން
20 އެޕްރީލު 2026

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟

20 އެޕްރީލު 2026
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟
18 މާރިޗު 2026

ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

18 މާރިޗު 2026
ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު