Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަތޮޅު ކައުންސިލް

އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު

12 ޖުލައި 2026 | އާދީއްތަ 07:46

ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަނިކޮށް އަތޮޅު ކައުންސިލްތައް އުވާލުމަކީ އަތޮޅުތަކުގެ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށް މ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ނިމާލު ވިދާޅުވި. ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން މި ނިންމުން ނިންމީ އެއްވެސް އަސާސެއް ނެތް ބަހަނާތަކެއްގެ މައްޗަށް ކަމަށާއި، މީގެ ސަބަބުން ރައްޔިތުންގެ ބާރުތައް ގެއްލިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖުލައި 2026 | އާދީއްތަ 07:46
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

 އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ ކަމަށް މ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލު ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ނިމާލު ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރެއްވި އެވެ.

Advertisement - newsAdvertisement

ނިމާލު ވިދާޅުވީ މިދިޔަ 5 އަހަރު އަތޮޅު ކައުންސިލެއް އޮވެ، މ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަމުގައި އެއްބާރުލުން ދީފައިވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލެއް އޮންނަން ޖެހޭ ކަމަށާއި، އަތޮޅު ކައުންސިލްއާއެކު މުޅި އަތޮޅު ތަރައްގީވެ ކުރިއަރައިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅު ކައުންސިލް މި ތަމްސީލު ކުރަނީ ހުރިހާ ރަށު ކައުންސިލްތަކުގެ ރައީސް ކަމަށްވާތީވެ އެބޭފުޅުންގެ ބަހާއެކީގައި މިކަން ކުރިއަށް ގެންދިޔާމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އަތޮޅު އެކީގައި ކުރިއަށް ދިއުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދޭ. އެގޮތުން އަޅުގަނޑުމެން ވާނެ މިދިޔަ 5 އަހަރުގެ ތެރޭގައި އަތޮޅު ކައުންސިލެއްގެ ފަރާތުން މ. އަތޮޅުގެ ރަށްރަށަށް ވަކިން ޚާއްސަކޮށް ހުރިހާ ރަށްރަށަށް ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް ދީފައި. ގުޅިގެން ޓީމެއްގެ ގޮތުގައި ހޯދައިދީފައި. އަތޮޅު ކައުންސިލްއާ ނުލައި އަޅުގަނޑު ދަންނަވާނީ އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނޭ. 
މ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލު

އަތޮޅު ކައުންސިލްތައް އުވާލީ ހަރަދު ކުޑަ ކުރުމަށް ކަމަށް ސަރުކާރުން ބުނާ ވާހަކަތަކަށް ރައްދު ދެއްވައި ނިމާލު ވިދާޅުވީ ހަރަދު ކުޑަ ކުރާ ވާހަކައަކީ އެއްވެސް ތާކުންތާކު ނުޖެހޭ ދެއުޅިއެއް ނުވާ ވާހަކައެއް ކަމަށެވެ. ހަމައެކަނި މަދުވީ އަތޮޅު ކައުންސިލްގެ ރައީސް އާއި އެސްޖީ ކަމަށާއި، އެއަށްވުރެ ގިނައިން ބޭފުޅުން އައްޔަން ކުރާ ކަމަށް ނިމާލު ވިދާޅުވި އެވެ. އަދި ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ އެހެން މުވައްޒަފުންގެ މުސާރަ އާއި، އެހެނިހެން ހުރިހާ ހަރަދެއް ހިނގާ ކަމަށެވެ. 

މިވަގުތު އަތޮޅު ކައުންސިލްތަކުގެ ހާލަތު ހުރީ މިސްރާބެއް ނެތް އޮޑިއެއް ދަތުރުކުރާ މިސްބާރު. އަތޮޅު ކައުންސިލުން ކުރަންވީ ކަމެއް ވާންވީ ގޮތެއް ހަދަންވީ ގޮތެއް އެތާގައި ތިބި މުވައްޒަފުންނަށް ވެސް ނޭނގޭ. އެލްޖީއޭއަށް ވެސް ނޭނގޭ. ދެން އަތޮޅު ކައުންސިލް މުވައްޒަފުން ކޮންމެ ދުވަހަކު ވެސް ނުކުމެ ގަޑި ހަމަޖައްސާފައި ދަނީ.  
މ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލު

ނިމާލު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން ދެއްކީ ބަހަނާ ކަމަށާއި، ރަނގަޅު އެންމެ ސަބަބެއް ވެސް ދެއްކިފައިނުވާ ކަމަށެވެ. އަދި ސަރުކާރުގެ މަގުސަދަކީ ރައްޔިތުންގެ ބާރު ހަނި ކުރުން ކަމަށްވާތީ އަތޮޅު ކައުންސިލްތައް އުވާލީ ކަމަށް ނިމާލު ވިދާޅުވި.

މުހައްމަދު ނިމާލުމ އަތޮޅުލާމަރުކަޒުކުރުންމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

12 ޖުލައި 2026
ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު
12 ޖުލައި 2026

ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު

12 ޖުލައި 2026
ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު
12 ޖުލައި 2026

މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!

12 ޖުލައި 2026
މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!
11 ޖުލައި 2026

އާންމުންގެ ޝަކުވާގެ ރާޅެއް: ތަކެތީގެ އަގު އުޑަށް، ބޭސްލިބުން ދަތިވެއްޖެ، ކަރަންޓު ބިލްތައް ދެގުނަ!

11 ޖުލައި 2026
އާންމުންގެ ޝަކުވާގެ ރާޅެއް: ތަކެތީގެ އަގު އުޑަށް، ބޭސްލިބުން ދަތިވެއްޖެ، ކަރަންޓު ބިލްތައް ދެގުނަ!
11 ޖުލައި 2026

ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!

11 ޖުލައި 2026
ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!
11 ޖުލައި 2026

މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން

11 ޖުލައި 2026
މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން
11 ޖުލައި 2026

75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް

11 ޖުލައި 2026
 75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް
11 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް

11 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމު ކަފުން ކުރުން: މުލަކު ކައުންސިލްގެ ރައީސް
11 ޖުލައި 2026

ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިޔަކަސް މ. އަތޮޅުން މަސްވެރިންނަށް ތެލެއް، އައިސް އެއް ނުލިބޭ

11 ޖުލައި 2026
ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިޔަކަސް މ. އަތޮޅުން މަސްވެރިންނަށް ތެލެއް، އައިސް އެއް ނުލިބޭ
10 ޖުލައި 2026

ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު

10 ޖުލައި 2026
ކެންސަލް ކުރަމުންކުރަމުން ގޮސް ދެން ކެންސަލް ކޮށްލަންވީ ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް