Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

އިގުތިސާދުން ރުފިޔާ މަދުކުރުމުގެ ފިޔަވަޅުތައް އަޅާއިރު އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލުމަށް؟

8 އޯގަސްޓު 2026 | ހޮނިހިރު 09:29

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑް މިންވަރަކަށް އުފުލި ތަކެތީގެ އަގު ބޮޑުވަމުންދާއިރު، މަރުކަޒީ ބޭންކުން ވަނީ އިގުތިސާދުގައި ދައުރުވާ ފައިސާ މަދުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައި. ނަމަވެސް، ގައުމުގެ އިގުތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ނަމަވެސް، ސަރުކާރުގެ އިސް ފަރާތްތަކުން ހަގީގަތް އޮޅުވާލައްވައި ބައިނަލްއަގުވާމީ ހާލަތުގެ ބޮލުގައި މި ނާކާމިޔާބީ އެޅުވުމަށް މަސައްކަތް ކުރައްވާތީ އާންމުންގެ ކަންބޮޑުވުން އިތުރުވެ، ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޯގަސްޓު 2026 | ހޮނިހިރު 09:29
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އޮފީސް އިމާރާތް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އޮފީސް އިމާރާތް

ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތު މިއިން ދުވަހަކު ނުދާހާ ދަށަށް ގޮސް، ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، ސަރުކާރުގެ އިސް ފަރާތްތަކުން ހަގީގަތް އޮޅުވާލުމަށް ކުރާ މަސައްކަތްތަކަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ޚާއްސަކޮށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވާ ވާހަކަތަކާއި ބާޒާރުގެ ހަގީގީ ހާލަތާ ދެމެދު އޮތީ ބޮޑު ފަރަގެކެވެ.

ރާއްޖޭގެ ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު ވަނީ ތާރީޚީ މިންވަރަކަށް އުފުލިފަ އެވެ. ޑޮލަރެއްގެ އަގު 21.85 ރުފިޔާއަށް އަރާފައިވާއިރު، މިއަހަރު ނިމޭއިރު މި އަދަދު 25 ރުފިޔާއަށް އަރާނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެ އެވެ. ޑޮލަރުގެ ރޭޓް ކޮންޓްރޯލް ކުރުމުގައި ސަރުކާރު ނުކުޅެދިފައިވާކަން މިއިން ހާމަވެ އެވެ. މީގެ ސަބަބުން މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ، އާންމު ދިރިއުޅުމުގެ ހުރިހާ ހަރަދެއް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު، ސަރުކާރަށް ސުޕަރ މެޖޯރިޓީ ދީފިނަމަ ޑޮލަރުގެ އަގު ބޭންކު ރޭޓް ކަމަށްވާ 15.42 އަށް ތިރިކޮށްދޭނެ ކަމަށް މިނިސްޓަރު ސައީދު ވައުދުވެވަޑައިގަތެވެ. ނަމަވެސް މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެއްނުންތޯ އެވެ. ތަކެތީގެ އަގު ބޮޑުވަނީ މެދުއިރުމަތީގެ ހަނގުރާމައާ ހުރެ ކަމަށް ވިދާޅުވެ، ބައިނަލްއަގުވާމީ ހާލަތުގެ ބޮލުގައި އަދުގެ ސަރުކާރުގެ އިގުތިސާދީ ނާކާމިޔާބީ އެޅުވުމަށް މިނިސްޓަރު ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އެ ހަނގުރާމަ ފެށުމުގެ މާ ކުރިންވެސް ރާއްޖޭގައި ޑޮލަރުގެ އަގު އުފުލެމުން ދިޔަކަމީ ފެންނަން އޮތް ހަގީގަތެއް ނުންތޯ އެވެ.

މިނިސްޓަރު ސައީދު ރާއްޖޭގެ ތަކެތީގެ އަގުތައް ސިންގަޕޫރާއި ދުބާއީ ފަދަ ގައުމުތަކާ އަޅާކިޔުއްވާއިރު، އެ ގައުމުތަކުގެ އާމްދަނީއާއި ދިރިއުޅުމުގެ ފެންވަރަށް ރިއާޔަތް ނުކުރައްވަ އެވެ. މިސާލަކަށް، ޕެޓްރޯލް ލީޓަރެއްގެ އަގު ސިންގަޕޫރުގައި ބޮޑު ކަމަށް ވިދާޅުވާއިރު، އެ ގައުމުގެ ރައްޔިތުންގެ އާމްދަނީއަކީ ދިވެހިންނަށްވުރެ އެތައް ގުނައެއް މަތީ އާމްދަނީއެކެވެ. 

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޓިކްޓޮކްގައި އާންމުކުރެއްވި ވީޑިއޯގެ ތެރެއިން

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޓިކްޓޮކްގައި އާންމުކުރެއްވި ވީޑިއޯގެ ތެރެއިން | ސޯޝަލް މީޑިއާ

އިގުތިސާދުން ރުފިޔާ މަދުކުރުމަށްޓަކައި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ރިޒާވް މަތިކުރަން ނިންމުމަކީ، އިގުތިސާދުގައި ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަމުގެ ހެއްކެކެވެ. މި ފިޔަވަޅަކީ ބާޒާރުގައި ދައުރުވާ ފައިސާ މަދުކޮށް، ޑޮލަރަށް އޮތް ޑިމާންޑު ކުޑަކުރުމަށް އަޅާ ފިޔަވަޅެކެވެ. މިއިން އެނގެނީ މިނިސްޓަރު ސައީދު ކިތަންމެ ވަރަކަށް ހުރިހާ ކަމެއް ރަނގަޅޭ ވިދާޅުވި ނަމަވެސް، އިގުތިސާދީ މުއައްސަސާތަކުން މިހާރު ތިބީ ނުރައްކަލުގެ ރަތް ސިގްނަލްގައި ކަމެވެ.

އެމްއެމްއޭގެ މަނިޓަރީ ޕޮލިސީއަށް ގެނައި ބަދަލުތަކުގެ ދަށުން، ބޭންކުތަކުން އެ އިދާރާގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަރމަންޓް (އެމްއާރުއާރު) 10.5 ޕަސެންޓުން 11 ޕަސެންޓަށް މަތިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް މި އަދަދު 13 ޕަސެންޓަށް މަތިކުރުމަށް ވަނީ ރާވާފަ އެވެ. މިއީ ބޭންކުތަކުގެ އަތުގައި ހުރި ފައިސާ ހިފަހައްޓައި، ބާޒާރަށް ނުކުންނަ ރުފިޔާގެ މިންވަރު މަދުކުރުމަށް ކުރާ ކަމެކެވެ. މިފަދަ ފިޔަވަޅެއް އަޅަން ޖެހުނީ ކޮންޓްރޯލެއް ނެތި ޑޮލަރުގެ އަގު މައްޗަށް ދިއުމާއި، ދިވެހި ރުފިޔާގެ އަގު ވެއްޓެމުންދާތީ އެވެ.

އިގުތިސާދުން ފައިސާ ދަމައިގަތުމަށް އެމްއެމްއޭއިން ކުރާ އަނެއް މަސައްކަތަކީ އޯޕަން މާކެޓް އޮޕަރޭޝަން (އޯމޯ) ފުޅާކުރުމެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ނިޒާމުގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ވަނީ ނިޒާމުން ބޭރުކޮށްފަ އެވެ. މީގެ ސަބަބުން ބޭންކިން ނިޒާމުގައި ހުރި އިތުރު ލިކުއިޑިޓީ 6.5 ބިލިއަނުން 3.7 ބިލިއަނަށް ވަނީ ދަށްވެފަ އެވެ. ބޭންކުތަކަށް ދޭ އިންޓްރެސްޓު އިތުރުކޮށްގެން، ފައިސާ ބޭންކުތަކުގައި ބެހެއްޓުމަށް ބާރުއެޅުމަކީ އިގުތިސާދުގައި ފައިސާ މަދުކުރަން ކުރާ ވަރުގަދަ މަސައްކަތެކެވެ.

މިހާރު ކުރިމަތިވެފައިވާ މި ދަތި ހާލަތަކީ މި ސަރުކާރުން ވެސް އެތައް ފަހަރެއްގެ މަތިން ފައިސާ ޗާޕުކޮށްގެން ބާޒާރަށް ނެރުމުގެ ހިތި ނަތީޖާއެއް ނުންތޯ އެވެ. އަދި މިއަދު އެމްއެމްއޭއިން އަޅަމުންދާ ކުއްލި ފިޔަވަޅުތަކުން ގައުމުގެ އިގުތިސާދީ ބިންގާ ބަލިކަށިވެފައިވާ މިންވަރު ހާމަކޮށްދެ އެވެ. 

މި ހުރިހާ ކަމެއް މިހެން ހިނގަމުންދާއިރު، އިގުތިސާދީ ވަޒީރު ސައީދު އާއި ސަރުކާރުގެ އިސް ފަރާތްތައް ގެންދަވަނީ ހަގީގަތް އޮޅުވާލައްވަމުންނެވެ. ތަކެތީގެ އަގުތައް މައްޗަށް ނުދާކަމަށާއި އިގުތިސާދު އޮތީ ރަނގަޅަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މަސައްކަތް ކުރައްވަ އެވެ. ނަމަވެސް، މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކާއި އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެއްނޫންތޯ އެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށްވާއިރު، ހަގީގަތާ ހިލާފު ތަފާސްހިސާބުތައް ދައްކައިގެން ރައްޔިތުން އޮޅުވާލުމަކީ ހައްލެއް ނޫނެވެ. ސަރުކާރުން ޖެހޭނީ ހަގީގަތާ ކުރިމަތިލައި، ޑޮލަރުގެ މައްސަލައާއި ތަކެތީގެ އަގު ތިރިކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަން ނޫންތޯ އެވެ.

މުހައްމަދު ސައީދު އެމެރިކާ ޑޮލަރުމަރުކަޒީ ބޭންކް އެމް.އެމް.އޭ

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
21 ޖުލައި 2026

މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް

21 ޖުލައި 2026
މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް
12 ޖުލައި 2026

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލް

12 ޖުލައި 2026
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލް
20 ޖޫން 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް

20 ޖޫން 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް
15 ޖޫން 2026

ކޮންސްޓްރަކްޝަން ސިނާއަތުގެ ދުވެހި ހުއްޓި ކުންފުނިތައް މާޔޫސް ކަމުގައި!

15 ޖޫން 2026
ކޮންސްޓްރަކްޝަން ސިނާއަތުގެ ދުވެހި ހުއްޓި ކުންފުނިތައް މާޔޫސް ކަމުގައި!
14 ޖޫން 2026

ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް އޮތް ކުއަޓަރުގައި ފެންނަނީ ނާއުއްމީދީ ގޮތެއްގައި: އެމްއެމްއޭ

14 ޖޫން 2026
ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް އޮތް ކުއަޓަރުގައި ފެންނަނީ ނާއުއްމީދީ ގޮތެއްގައި: އެމްއެމްއޭ
07 މެއި 2026

ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މަރކެޓަށް ޑޮލަރު ސުކޫކެއް ވިއްކަނީ

07 މެއި 2026
 ބީއެމްއެލް އިން ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް މަރކެޓަށް ޑޮލަރު ސުކޫކެއް ވިއްކަނީ
02 އެޕްރީލު 2026

ޑޮލަރު ލިކުއިޑިޓީ ވަނީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައި: ބީއެމްއެލް

02 އެޕްރީލު 2026
ޑޮލަރު ލިކުއިޑިޓީ ވަނީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައި: ބީއެމްއެލް
29 ޖެނުއަރީ 2026

ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު މެދުކެނޑުމެއްނެތި ދަށަށް ދިއުން ހުއްޓި، ނޮވެމްބަރު މަހަށް ފަހު އެއް ދުވަސް ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފި

29 ޖެނުއަރީ 2026
ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު މެދުކެނޑުމެއްނެތި ދަށަށް ދިއުން ހުއްޓި، ނޮވެމްބަރު މަހަށް ފަހު އެއް ދުވަސް ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފި
05 ޖެނުއަރީ 2026

ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

05 ޖެނުއަރީ 2026
ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް