Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލް

12 ޖުލައި 2026 | އާދީއްތަ 07:37

ބީއެމްއެލުން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމަރުންނަށް 1.7 ބިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ އޭގެ ކުރީގެ މުއްދަތާ އަޅައިބަލާއިރު 77 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެބޭންކުން ބުނޭ. ކާޑު މުއާމަލާތްތަކާއި، ޓީޓީ އަދި ތައުލީމާއި ބޭސްފަރުވާއަށް ޑޮލަރު ދޫކުރާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާއިރު، މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ އެވްރެޖް އަދަދު މިހާރު ވަނީ 80 މިލިއަން ޑޮލަރަށް އަރާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖުލައި 2026 | އާދީއްތަ 07:37
ބީއެމްއެލްގެ ހެޑް އޮފީސް ހިންގާ އިމާރާތް.

ބީއެމްއެލްގެ ހެޑް އޮފީސް ހިންގާ އިމާރާތް. | ރާއްޖެއެމްވީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމަރުންނަށް ރެކޯޑް އަދަދަކަށް ޑޮލަރު ވިއްކާފައިވާކަން ހާމަކޮށްފި އެވެ.

މީގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފަރސް(ޓީޓީ)، ތަޢުލީމު، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ބޭނުންތައް ހިމެނެ އެވެ.

ބީއެމްއެލުން ބުނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ބޭންކުގެ ކަސްޓަމަރުންނަށް 1.7 ބިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތުގައި (ޖުލައި 2021 އިން ޑިސެންބަރު 2023 އަށް) ވިއްކި 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު 77 އިންސައްތަ ނުވަތަ 741 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. 

ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަކަށްވެސް ކަސްޓަމަރުންނަށް ޑޮލަރު ވިއްކަމުންދާ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށް ބީއެމްލުން ބުނީ، މިދިޔަ ދެ އަހަރާ ބައިގެ މުއްދަތުގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް 870 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު މި ބޭނުމަށް ވިއްކާފައިވާއިރު މި އަހަރު އެވްރެޖްކޮށް މަހަކަށް މިދަނީ 37.8 މިލިއަން ޑޮލަރު ވިއްކަމުންނެވެ.

ބީއެމްއެލުން ބުނީ، 2023 ވަނަ އަހަރު އެވްރެޖްކޮށް ޓީޓީ ފޮނުވުމަށް މަހެއްގެ މައްޗަށް ބޭންކުން ވިއްކާފައިވަނީ 10.2 މިލިއަން ޑޮލަރު ކަމަށެވެ. އަދި މިއަހަރު ތެރޭ ބޭންކުން އެވްރެޖްކޮށް މަހެއްގެ މައްޗަށް 28 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ ތައުލީމާއި ބޭސްފަރުވާއަށް ވިއްކި ބޭރު ފައިސާގެ މިންވަރަށް ބަލާއިރު 2023 ވަނަ އަހަރު މަހަކަށް ވިއްކާފައިވަނީ 2.9 މިލިއަން ޑޮލަރު ކަމަށެވެ. 2024 ގައި މިއަދަދު 4 މިލިއަން ޑޮލަރަށް އަދި 2025 ގައި 5 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބޭންކުން ބުނެ އެވެ. މިއަހަރު ބޭންކުން އަންނަނީ މަހަކަށް 5.8 މިލިއަން ޑޮލަރު ވިއްކަމުންނެވެ. މިއީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށާއި ބޭސްފަރުވާ ހޯދާ އާއިލާތަކަށް ލިބުނު ބޮޑު އެހީތެރިކަމެއް ކަމަށް ބީއެމްލުން ބުނެ އެވެ. 

ބީއެމްއެލް އިން ޑޮލަރު ވިއްކާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި.

ޖަނަވަރީ 2021 އިން ފެށިގެން ޑިސެންބަރު 2023 ގެ ނިޔަލަށް ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު ޖަނަވަރީ 2024 އިން ފެށިގެން ޖޫން 2026 ގެ ނިޔަލަށް 264 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ. މިއީ ގާތްގަނޑަކަށް 70% އިތުރުވުމެކެވެ. މިއަހަރުގެ ވޭތުވެދިޔަ 6 މަސްދުވަހުގެ މުއްދަތަށް ބަލާއިރު ބޭންކުން ވަނީ މަހަކަށް 8.5 މިލިއަން ޑޮލަރު ވިއްކާފަ އެވެ.

ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފަ އެވެ.

އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. 

 ބޭރު ފައިސާގެ ބޭނުންތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާކަން ފާހަގަކޮށް ބީއެމްއެލުން ބުނީ، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ތައުލީމާއި، ބޭސްފަރުވާ، ދަތުރުފަތުރު އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް އިސްކަންދޭ ކަމަށެވެ. 

ޑޮލަރު ލިބުމުގެ ތާށިކަން އިތުރުވަމުން ދިއުމާ ގުޅިގެން ވިޔަފާރިތަކާއި އާންމުންގެ ނުރުހުން ވަރަށް ބޮޑަށް އިތުރުވަމުންދާއިރު، ރަސްމީ ރޭޓުގައި ޑޮލަރު ގަންނަން ނުލިބޭ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. ކަޅު ބާޒާރުން ޑޮލަރު ގަންނަން ލިބޭއިރު މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ވަނީ 21 ރުފިޔާ އަށް އަރާފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އެމެރިކާ ޑޮލަރު

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

4

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

5

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

އިތުރަށް ކިޔާލަން

10 ޖުލައި 2026

މި ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާރކެޓް އަދި ބީއެމްއެލް ބޭނުންކޮށްގެން: ސަރުވަޝް

10 ޖުލައި 2026
މި ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާރކެޓް އަދި ބީއެމްއެލް ބޭނުންކޮށްގެން: ސަރުވަޝް
06 ޖުލައި 2026

ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

06 ޖުލައި 2026
ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
30 ޖޫން 2026

ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި

30 ޖޫން 2026
ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
27 ޖޫން 2026

ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު

27 ޖޫން 2026
ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް  އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު
27 ޖޫން 2026

ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި

27 ޖޫން 2026
 ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކޮށްފި
26 ޖޫން 2026

މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް

26 ޖޫން 2026
މާލީ އިދާރާތަކުން ދައުލަތަށް ދަރަންޏަށް ދޫކުރާ ފައިސާ ދަނީ އިތުރުވަމުން: ވޯލްޑް ބޭންކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް