Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދައި ދިނުމަށްޓަކައި ޤާނޫނުއަސާސީ އަށް އިސްލާހުތަކެއް ގެންނަން ޖެހޭ: ފައިސަލް

8 އޯގަސްޓު 2026 | ހޮނިހިރު 05:06

ޤާނޫނުއަސާސީއަށް 18 އަހަރު ފުރުމާ ގުޅިގެން، ދައުލަތުގެ ބާރުތައް މަސްހުނިވުމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ނިޒާމު އިސްލާހުކުރުމަށް ފެންނަ 14 ކަމެއް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހުށަހަޅުއްވައިފި. މީގެ ތެރޭގައި މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުމާއި، ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމުގެ އިތުރުން، ސިޔާސީ މުވައްޒަފުން އައްޔަންކުރެވޭނެ ވަކި އަދަދެއް ކަނޑައެޅުން ހިމެނޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 8 އޯގަސްޓު 2026 | ހޮނިހިރު 05:06
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެ އެމްވީ

ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދައި ދިނުމަށްޓަކައި ޤާނޫނުއަސާސީ އަށް އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ގާނޫނު އަސާސީއަށް 18 އަހަރު ފުރުމާއި ގުޅިގެން ފައިސަލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ 2004 އިން 2008 ވަނަ އަހަރާ ދެމެދު، ގާނޫނު އަސާސީ އެކުލަވައިލުމަށްޓަކައި ކުރި މަސައްކަތުގައި ވަރަށް ފޮނި އުންމީދުތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް އެ އުއްމީދުތައް ރައްޔިތުންނަށް ހާސިލްވި މިންވާރާއި ދޭތެރޭ ވިސްނާލަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ފެހި ގާނޫނު އަސާސީގައި އިންތައް ވަކި ކުރި ގޮތާ ޚިލާފަށް، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް މިހާރު އިންތިހާ އެބައޮތް ކަމަށާއި މިކަމުގެ ސަބަބުން ގައުމު ދާންޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް އޮތް ކަމަށް ވިދާޅުވެ ފައިސަލް ވަނީ ގާނޫނު އަސާސީއަށް ގެންނަން ފެންނަ ކަމަށް ގަބޫލު ކުރާ 14 ބަދަލެއް މި ޕޯސްޓްގައި ލިޔުއްވާފައި އެވެ. 

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ އަދަދު 60 މެންބަރުންނަށް މަދުކޮށް، މުޅި އަތޮޅުން ވޯޓު ދީގެން މެންބަރުން އިންތިޚާބު ކުރާ ގޮތަށް ހެދުމާއި، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެންބަރުން އައްޔަން ކުރާގޮތާއި، އުއްތަމަ ފަނޑިޔާރު އައްޔަން ކުރާ ގޮތް ބަދަލު ކުރުމާއި، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިގެން މަޖިލީހުން ފާސްކުރުމާއި، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް އެއްވެސް އިމެއް އަދި މިނެއް ނެތި ދީފައިވާ ބާރުތައް އިސްލާހު ކުރުން އަދި ސަރުކާރު ހިންގުމަށްޓަކައި މިނިސްޓްރީތަކާއި އޮފީސްތަކާއި އަދި ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭނެ ވަކި އަދަދެއް ކަނޑައެޅުން ހިމެނެ އެވެ. 

މީގެއިތުރުން ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް އަތޮޅުތައް ހިންގުން ބަދަލުކޮށް، ރަށް ރަށަށް ބާރުތައް ދޫކޮށްލުމާއި، ދިވެހިރާއްޖޭގެ ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރުން، އަދި ސަރުކާރު ބަދަލުވި ނަމަވެސް، ފަށާފައިހުރި ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްގެންދަން ލާޒިމު ކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ވިޔަފާރި އާއި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު އިތުރު ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހޭ ބަދަލުތަކެއް ވެސް ހިމަނާފައިވެ އެވެ.

ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ރައީސުލްޖުމްހޫރިއްޔާއެއްގެ އިތުރުން، ދައުލަތުގެ އިސް ވެރިޔަކު ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ބަދަލު ގެނައުމާއި މީހުން ބިނާ ކުރުމުގައި، ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަން ދީގެން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަ ފެންވަރެެއްގައި މީހުން ބިނާ ކުރުމުގެ ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ވެސް ފެންނަ ކަމަށް ފައިސަލް ހާމަކުރައްވާފައިވެ އެވެ. 

ފެހި ގާނޫނު އަސާސީއަށް 18 އަހަރު ފުރިގެން ދިޔައިރު، ވޭތުވެދިޔަ ވެރިކަންތަކުގެ ތެރެއިން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ވެސް ފައިސަލް ވިދާޅުވެފައިވެ އެވެ. 

ފައިސަލް ނަސީމް

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ޖުލައި 2026

ރާއްޖޭގެ އަތޮޅުތަކުން ކުރިއެރުން ލިބެން އޮތީ ސަރުކާރުން ކޮންމެ ކަމަކަށް ވަނުމުގެ ބަދަލުގައި، ކަންކަން ކުރެވޭނެ ގޮތް ހޯދައިދީ، މަރުކަޒީ ބާރުތައް ދޫކޮށްލައިގެން: ފައިސަލް

24 ޖުލައި 2026
ރާއްޖޭގެ އަތޮޅުތަކުން ކުރިއެރުން ލިބެން އޮތީ ސަރުކާރުން ކޮންމެ ކަމަކަށް ވަނުމުގެ ބަދަލުގައި، ކަންކަން ކުރެވޭނެ ގޮތް ހޯދައިދީ، މަރުކަޒީ ބާރުތައް ދޫކޮށްލައިގެން: ފައިސަލް
23 ޖުލައި 2026

ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ މުވައްޒަފުން އިސްތިއުފާ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: ފައިސަލް

23 ޖުލައި 2026
ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ މުވައްޒަފުން އިސްތިއުފާ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: ފައިސަލް
06 ޖުލައި 2026

މި ސަރުކާރުގެ ހޯޕް އައިލެންޑް މަޝްރޫއުއަކީ ކުރީ ސަރުކާރުން ފުރިހަމަ މޮޑެލްއެއް އެކުލަވާލާފައިވާ މަޝްރޫއެއް: ފައިސަލް

06 ޖުލައި 2026
މި ސަރުކާރުގެ ހޯޕް އައިލެންޑް މަޝްރޫއުއަކީ ކުރީ ސަރުކާރުން ފުރިހަމަ މޮޑެލްއެއް އެކުލަވާލާފައިވާ މަޝްރޫއެއް: ފައިސަލް
26 މެއި 2026

ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް

26 މެއި 2026
ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް
19 މެއި 2026

މުޅި ގައުމު މިދަނީ ނެތެމުން، ފަނާވަމުން، ގާނޫނުން ލިބޭ މިނިވަންކަމާއި ހައްގަކީ ހަމަ ހުރެފަ ޖަހައިގަނެވޭނެ އެއްޗެއް ނޫން: ކުރީގެ ނައިބު ރައީސް ފައިސަލް

19 މެއި 2026
މުޅި ގައުމު މިދަނީ ނެތެމުން، ފަނާވަމުން، ގާނޫނުން ލިބޭ މިނިވަންކަމާއި ހައްގަކީ ހަމަ ހުރެފަ ޖަހައިގަނެވޭނެ އެއްޗެއް ނޫން: ކުރީގެ ނައިބު ރައީސް ފައިސަލް
11 މެއި 2026

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް
11 މެއި 2026

މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް

11 މެއި 2026
މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް
04 އެޕްރީލު 2026

ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް

04 އެޕްރީލު 2026
ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް
30 މާރިޗު 2026

ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ރައީސް ސޯލިހު އަށް ހޫނު މަރުހަބާއެއް.

30 މާރިޗު 2026
ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ރައީސް ސޯލިހު އަށް ހޫނު މަރުހަބާއެއް.
27 މާރިޗު 2026

19 ވަނަ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ، އެކަމަކު ރައީސާއި ޕާޓީ އަށް ފަސޭހަކުރަން ގާނޫނު އަސާސީ ބަދަލެއް ނުކުރޭ: ކުރީގެ ނައިބު ރައީސް ފައިސަލް

27 މާރިޗު 2026
19 ވަނަ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ، އެކަމަކު ރައީސާއި ޕާޓީ އަށް ފަސޭހަކުރަން ގާނޫނު އަސާސީ ބަދަލެއް ނުކުރޭ: ކުރީގެ ނައިބު ރައީސް ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް