Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ނިޒާމު

ރާއްޖޭގެ އަތޮޅުތަކުން ކުރިއެރުން ލިބެން އޮތީ ސަރުކާރުން ކޮންމެ ކަމަކަށް ވަނުމުގެ ބަދަލުގައި، ކަންކަން ކުރެވޭނެ ގޮތް ހޯދައިދީ، މަރުކަޒީ ބާރުތައް ދޫކޮށްލައިގެން: ފައިސަލް

24 ޖުލައި 2026 | ހުކުރު 17:11

އައްޑޫ ސަވާހިލި ސިޓީ ކައުންސިލްގެ އިހްތިސާސުން ވަކިކުރުމާ ގުޅިގެން، މަރުކަޒީ ބާރުތައް ދޫކޮށްލައިގެން ނޫނީ އަތޮޅުތަކަށް ކުރިއެރުން ނުލިބޭނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި. ސަރުކާރުން ޓޫރިޒަމްގެ ތެރެއަށް ވަނުމުން ގެއްލުންވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ތަރައްގީގެ މަގުފަހިކޮށްދޭންވީ ކައުންސިލްތަކަށް ބާރުދީގެން ކަމަށް

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 24 ޖުލައި 2026 | ހުކުރު 17:11
މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް

މިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެއެމްވީ

ރާއްޖޭގެ އަތޮޅުތަކުން ކުރިއެރުން ލިބެން އޮތީ މައި ސަރުކާރުން ކޮންމެ ކަމަކަށް ވަނުމުގެ ބަދަލުގައި، ކަންކަން ކުރެވޭނެ ފަދަ ނިޒާމެއް އަތޮޅުތަކަަށް ދައްކައި، މަރުކަޒީ ބާރުތައް ދޫކޮށްލައިގެން ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، އައްޑޫ ސަވާހެލި ކުއްލި ގޮތަކަަށް އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސް އިން ވަކިކުރަން ސަރުކާރުން ނިންމާފައިވާއިރު، ފޭދޫ ޓޫރިޒަމް ޒޯންގައި އެތައް ސަތޭކަ އެނދު ތައްޔާރުވަމުން އަންނަ ކަމަށެވެ. ޓޫރިސްޓް ފެސިލިޓީއެއްގެ ގޮތުގައި އެ ރަށް ތަރައްގީވުމުން، އައްޑޫގެ ޓޫރިޒަމަށް ކުރިއެރުން ލިބިގެންދާނެ ކަމަށާއި، ރައްޔިތުންނަށް ޑޮލަރުން އާމްދަނީ ލިބި، އިގްތިސާދީ ނަފާ އިތުރުވެ އަދި އަތޮޅަށް ކުރިއެރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، މައި ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދޫކޮށް ރައްޔިތުންނަށް އަތޮޅުން ގިނަ ފައިދާ ނެރެވޭނެ ފުރުސަތުތަކަށް ޖާގަދީ، މަގުފަހި ކުރަންވާނެ ކަމަށެވެ. އަދި ރާއްޖޭގެ އަތޮޅުތަކުން ކުރިއެރުން ލިބެން އޮތީ މައި ސަރުކާރުން ކޮންމެ ކަމަކަށް ވަނުމުގެ ބަދަލުގައި، ކަންކަން ކުރެވޭނެ ފަދަ ނިޒާމެއް އަތޮޅުތަކަަށް ދައްކައި، މަރުކަޒީ ބާރުތައް ދޫކޮށްލައިގެން ކަމަށާއި އައްޑޫ އާއި މުޅި ރާއްޖޭގައި ވެސް ޓޫރިޒަމްގެ ދާއިރާއިން ކުރިއެރުން ލިބިފައި އޮތީ ޕްރައިވެޓް ސެކްޓަރުން ކޮށްފައިވާ މަސައްކަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރެއްގައި ވެސް ބޮޑެތި ގެެއްލުންތަކެއްވެ ފެއިލްވަމުންދާ ކަމަށް ފައިސަލް އިތުރަށް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކޮށްފައިވަނީ އެ ރަށް އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށް، އެ މަސައްކަތަށް ބީލަމަށް ހުޅުވާލާފައިވަނިކޮށެވެ. އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރަން ނިންމީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް ބޭނުންކުރުމަށް ކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ގަރާރުގައި ފާހަގަކޮށްފައެއް ނުވެ އެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް މުހިންމު މަޝްރޫއެއް ހިންގުމަށް ކައުންސިލުން ރާވާފައިވަނިކޮށް، ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި ސަރުކާރުން މިގޮތަށް ރަށްތައް އަތުލުމަކީ ރަށްރަށުގެ އިގްތިސާދީ ކުރިއެރުމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ބުނެ އާންމުން ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކުރުމަކީ އެ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމަށް ބުނެ އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފައިސަލް ނަސީމްއައްޑޫސަވާހެލި

އިތުރަށް ކިޔާލަން

23 ޖުލައި 2026

ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ މުވައްޒަފުން އިސްތިއުފާ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: ފައިސަލް

23 ޖުލައި 2026
ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ މުވައްޒަފުން އިސްތިއުފާ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: ފައިސަލް
23 ޖުލައި 2026

އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށްފި

23 ޖުލައި 2026
އައްޑޫ ސިޓީގެ އިހްތިސާސުން އެ އަތޮޅު ސަވާހެލި ވަކިކޮށްފި
13 ޖުލައި 2026

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު

13 ޖުލައި 2026
ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު
06 ޖުލައި 2026

މި ސަރުކާރުގެ ހޯޕް އައިލެންޑް މަޝްރޫއުއަކީ ކުރީ ސަރުކާރުން ފުރިހަމަ މޮޑެލްއެއް އެކުލަވާލާފައިވާ މަޝްރޫއެއް: ފައިސަލް

06 ޖުލައި 2026
މި ސަރުކާރުގެ ހޯޕް އައިލެންޑް މަޝްރޫއުއަކީ ކުރީ ސަރުކާރުން ފުރިހަމަ މޮޑެލްއެއް އެކުލަވާލާފައިވާ މަޝްރޫއެއް: ފައިސަލް
03 ޖުލައި 2026

‎"އައްޑޫ-ޖިއްދާ" ރޫޓާ ބެހޭ މައުލޫމާތު ދިނުމުގެ ބޮޑު ޖަލްސާއެއް ބާއްވަނީ!

03 ޖުލައި 2026
‎"އައްޑޫ-ޖިއްދާ" ރޫޓާ ބެހޭ މައުލޫމާތު ދިނުމުގެ ބޮޑު ޖަލްސާއެއް ބާއްވަނީ!
08 ޖޫން 2026

މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން، ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ

08 ޖޫން 2026
މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން،  ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ
08 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި

08 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި
05 ޖޫން 2026

ޝާހިދު ކިޔައިދެއްވީ ހައްތަހާވެސް އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން "ކަނޑާ ފޮނި"، އަމަލާއި ދިމާ ނުވާ ސަބަބުތައް

05 ޖޫން 2026
ޝާހިދު ކިޔައިދެއްވީ ހައްތަހާވެސް އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން "ކަނޑާ ފޮނި"، އަމަލާއި ދިމާ ނުވާ ސަބަބުތައް
05 ޖޫން 2026

ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު

05 ޖޫން 2026
ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު
04 ޖޫން 2026

މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު

04 ޖޫން 2026
މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް