Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިސާ ޗާޕުކުރުން

ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ މުވައްޒަފުން އިސްތިއުފާ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: ފައިސަލް

23 ޖުލައި 2026 | ބުރާސްފަތި 16:20

ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ގަތުމުގެ މުއާމަލާތާ ގުޅިގެން އެ އޮފީހުގެ އިސް މުވައްޒަފުންތަކެއް އިސްތިއުފާ ދިނުމަކީ އިގްތިސާދީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި. މި ނިންމުމުގެ ސަބަބުން އިންފްލޭޝަން މަތިވެ ޑޮލަރުގެ އަގު އުފުލޭނެ ކަމުގެ އިންޒާރު ދެމުންދާއިރު، މިއީ ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ސަރުކާރުން ވީ ވައުދާ ހިލާފު ކަމެއް ކަމަށް ވެސް ބައެއް ބޭފުޅުން އަންނަނީ ފާހަގަކުރައްވަމުން

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 23 ޖުލައި 2026 | ބުރާސްފަތި 16:20
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ މުވައްޒަފުން އިސްތިއުފާ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބައެއް މުވައްޒަފުން މީގެ ކުރިން ވެސް އިސްތިއުފާ ދީފައި ވަނިކޮށް، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޕެންޝަން އޮފީހުގެ މުވައްޒަފުންތަކެއް އަނެއްކާ ވެސް އިސްތިއުފާ ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއްް ކަމަށެވެ. އަދި މިއީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ކުރިއަށްގެންދަން ކުރާ މަސައްކަތާމެދު މާލީ ދާއިރާގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ވަގުތެއް ކަމުން ސަރުކާރުން މިކަމާމެދު ފުންކޮށް ވިސްނާ، އިނދަ ޖެހެމުންދާ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށްޓަކައި، ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ހޯދަންޖެހޭ ކަމަށް ވަގުތު ކަމަށެވެ.

ފައިސަލް ވިދާޅުވީ، ދުވަހެއް ދުވަހަކަށް ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވަމުންދާއިރު، 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުން ޑޮލަރުގެ އަގު މިހާރަށް ވުރެ ވެސް މަތިވެ، މުދަލުގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ދިމާވާނެ ކަމަށެވެ. އަދި މިފަދަ ކަންކަން ކުރުމުގެ ބަދަލުގައި ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށް ވިސްނުންތެރިކަމާއެކު މަސައްކަތްކޮށް، ބުއްދި އިސްކުރެއްވުމަށް ވެސް ފައިސަލް ވަނީ ގޮވާލައްވާފަ އެވެ.

ފައިސަލްގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ މި ސަރުކާރުން ފައިސާ ޗާޕުކުރަން ނިންމުމާ ގުޅިގަން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ޝާހިދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓްކުރުމަކީ ސަރުކާރުން ސީދާ ފައިސާ ޗާޕްކުރުން ކަމަށާއި މިކަމުގެ ސަބަބުން އިންފްލޭޝަން މަތިވެ، ދިވެހި ރުފިޔާގެ އަގު އިތުރަށް ދަށްވުމުގެ އިތުރުން، ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު އިންތިހާއަށް މަތިވެގެންދާނެ ކަމަށެވެ. ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންނާއި، ޕެންޝަން އޮފީހުގެ އިސް މުވައްޒަފުން އިސްތިއުފާ ދެމުންގެންދާ މި ދަނޑިވަޅުގައި އެކަމަށް ބެލުމެއްނެތި، 2.4 ބިލިއަން ރުފިޔާ ޗާޕު ކުރުމަކީ ރައްޔިތުންގެ މުސްތަގުބަލާއި މުޅި ގައުމުގެ މާލީ ނިޒާމު ހަލާކު ކޮށްލުން ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

އިގްތިސާދީ މާހިރުން ވެސް ގެންދަނީ މި ސަރުކާރުގެ އިގްތިސާދީ ނިންމުންތަކަށް ކަންބޮޑުވުން ފާޅުކޮށް އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމުންނެވެ.

މި މައްސަލައާ ގުޅިގެން މިއަދުގެ ވަގުތެއްގައި ޕެންޝަން އޮފީހުގެ ހެޑް އޮފް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި ހައިފާ އަހުމަދާއި އެ އޮފީހުގެ މެނޭޖްމަންޓް ލެވެލްގެ މަގާމެއްގައި ހުންނެވި ދެ ބޭފުޅަކު ވަނީ އިސްތިއުފާ ދެެއްވާފަ އެވެ. ތިން މުވައްޒަފަކު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ޕެންޝަން އޮފީހުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މި ތިން އިސްތިއުފާ ގޮސް ގުޅެނީ ބޮންޑު ގަތުމުގެ މުއާމަލާތާ ކަމަށް މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ.

މި މައްސަލައިގައި މީގެ ކުރިން ވެސް ޕެންޝަން އޮފީހުގެ ސީއީއޯ އަދި ސީއެފްއޯގެ އިތުރުން ބޯޑުގެ ޗެއަރމަން އާއި ބައެއް މެންބަރުން ވެސް ވަނީ މަގާމުން އިސްތިއުފާދެއްވައިފަ އެވެ. މި މައްސަލައާ ގުޅިގެން ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައި ވަނިކޮށް، މިކަމާ ގުޅޭ މައުލޫމާތު ހާމަކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދީ، މެނޭޖުމަންޓުން މިއަދު ވަނީ މެމޯއެއް ވެސް ނެރެފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި، ގިނަ ބައެއްގެ ކަންބޮޑުވުންތަކާ އެކު ވެސް، ޕެންޝަން އޮފީހުގެ އައު ބޯޑާއި ލީޑަރޝިޕުން އަންނަނީ މިއަދުގެ ވަގުތެއްގައި މި މުއާމަލާތް ނިންމުމަށް ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.

ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލުތަކެއް ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުން ވިއްކާ، ދިގު މުއްދަތުގެ ބޮންޑަކަށް އިންވެސްޓުކުރަން އެ ފަންޑުން މިދިޔަ އަހަރުގެ ތެރޭގައި ހިންގަން އުޅުނު މުއާމަލާތް ކުރިއަށް ގެންދަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައި ޕެންޝަން އޮފީހުގެ ތިން މުވައްޒަފަކު މަގާމުން އިސްތިއުފާދެއްވުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް އާންމުންނަށް ކަމުނުދާ ކަމުގެ އަލިގަދަ ހެއްކެކެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތީ ފައިސާ ޗާޕު ނުކުރައްވާނެ ކަމުގެ ވައުދާއެކުގައި ނަމަވެސް، މިއަދު ކަންކަން ކުރައްވަމުން ގެންދަވަނީ އޭރު ދެއްކެވި ވާހަކަފުޅާ ދިމާ މުޅިން އިދިކޮޅަށެވެ. 

ފައިސަލް ނަސީމްޕެންޝަން އޮފީސްބޮންޑު މުއާމަލާތްފައިސާ ޗާޕްކުރުން

އިތުރަށް ކިޔާލަން

23 ޖުލައި 2026

ޕެންޝަން ފަންޑު މެދުވެރިކޮށް އެެމްއެމްއޭ އިން ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓްކުރުމަކީ ފައިސާ ޗާޕްކުރުން: ޝާހިދު

23 ޖުލައި 2026
ޕެންޝަން ފަންޑު މެދުވެރިކޮށް އެެމްއެމްއޭ އިން ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓްކުރުމަކީ ފައިސާ ޗާޕްކުރުން: ޝާހިދު
23 ޖުލައި 2026

ބޮންޑު ގަތުމުގެ މުއާމަލާތާ ގުޅިގެން ހިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި ޕެންޝަން ފަންޑުގެ ހެޑް އޮފް އިންވެސްޓްމަންޓް ހައިފާ އިސްތިއުފާ ދެއްވައިފި

23 ޖުލައި 2026
ބޮންޑު ގަތުމުގެ މުއާމަލާތާ ގުޅިގެން ހިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި ޕެންޝަން ފަންޑުގެ ހެޑް އޮފް އިންވެސްޓްމަންޓް ހައިފާ އިސްތިއުފާ ދެއްވައިފި
06 ޖުލައި 2026

މި ސަރުކާރުގެ ހޯޕް އައިލެންޑް މަޝްރޫއުއަކީ ކުރީ ސަރުކާރުން ފުރިހަމަ މޮޑެލްއެއް އެކުލަވާލާފައިވާ މަޝްރޫއެއް: ފައިސަލް

06 ޖުލައި 2026
މި ސަރުކާރުގެ ހޯޕް އައިލެންޑް މަޝްރޫއުއަކީ ކުރީ ސަރުކާރުން ފުރިހަމަ މޮޑެލްއެއް އެކުލަވާލާފައިވާ މަޝްރޫއެއް: ފައިސަލް
08 ޖޫން 2026

ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް

08 ޖޫން 2026
ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް
26 މެއި 2026

ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް

26 މެއި 2026
ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް
19 މެއި 2026

މުޅި ގައުމު މިދަނީ ނެތެމުން، ފަނާވަމުން، ގާނޫނުން ލިބޭ މިނިވަންކަމާއި ހައްގަކީ ހަމަ ހުރެފަ ޖަހައިގަނެވޭނެ އެއްޗެއް ނޫން: ކުރީގެ ނައިބު ރައީސް ފައިސަލް

19 މެއި 2026
މުޅި ގައުމު މިދަނީ ނެތެމުން، ފަނާވަމުން، ގާނޫނުން ލިބޭ މިނިވަންކަމާއި ހައްގަކީ ހަމަ ހުރެފަ ޖަހައިގަނެވޭނެ އެއްޗެއް ނޫން: ކުރީގެ ނައިބު ރައީސް ފައިސަލް
11 މެއި 2026

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް
11 މެއި 2026

މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް

11 މެއި 2026
މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް
04 އެޕްރީލު 2026

ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް

04 އެޕްރީލު 2026
ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް
30 މާރިޗު 2026

ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ރައީސް ސޯލިހު އަށް ހޫނު މަރުހަބާއެއް.

30 މާރިޗު 2026
ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ރައީސް ސޯލިހު އަށް ހޫނު މަރުހަބާއެއް.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް