Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ގާނޫނު

ސަރުކާރުން ނުފޫޒާއި ވަޒީފާގެ ބިރު ދައްކާކަމުގެ ބޮޑެތި ތުހުމަތުތައް އޮއްވައި، ބިންތައް އަތުލެވޭ އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނަށް 10،000 ސޮއި!

22 އޯގަސްޓު 2026 | ހޮނިހިރު 16:07

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަށް ތާއީދު ހޯދުމަށް ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ސޮއި ހޯދަމުންދާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. މި އިސްލާހާ ދެކޮޅަށް އާންމުންގެ ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް، ސަރުކާރުން ނުފޫޒު ފޯރުވަނީ މި ބަދަލަށް ރައްޔިތުންގެ ތާއީދު އޮތްކަން ދެއްކުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އޯގަސްޓު 2026 | ހޮނިހިރު 16:07
ކެބިނެޓް ބައްދަލުވުމަކަށް ރައީސް މުއިއްޒު ވަޑައިގަންނަވާއިރު ހުރިހާ މިނިސްޓަރުން އިސްތިގުބާލުގައި ކޮޅަށް ތެދުވެ

ކެބިނެޓް ބައްދަލުވުމަކަށް ރައީސް މުއިއްޒު ވަޑައިގަންނަވާއިރު ހުރިހާ މިނިސްޓަރުން އިސްތިގުބާލުގައި ކޮޅަށް ތެދުވެ | ރައީސް އޮފީސް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިހާރު އޮތްގޮތަށް ފާސްކޮށްދިނުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަނަށް 10،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވައި މަޖިލީހަށް ހުށަހަޅާފައިވާ މި އިސްލާހަކީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް އަތުލެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

Advertisement - newsAdvertisement

މި ޕެޓިޝަނަށް ގިނަ އަދަދެއްގެ ސޮއި ލިބިފައިވާއިރު، މިއީ ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް މަޖުބޫރުކޮށްގެން ހޯދާފައިވާ ސޮއިތަކެއް ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ އެވެ. "ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށާއި އެ މީހުންގެ އާއިލާގެ މެންބަރުން ލައްވައި މި ޕެޓިޝަނުގައި ސޮއިކުރުވުމަށް ދަނީ ޕްރެޝަރު ކުރަމުންނެވެ.

މިގޮތުން އޮފީސްތަކުގެ ރަސްމީ ވަޓްސްއަޕް އަދި ވައިބަރ ގްރޫޕްތަކަށް ޕެޓިޝަނުގެ ލިންކް ފޮނުވައި، ހުރިހާ މުވައްޒަފުން ސޮއިކުރުމަށް ދަނީ އަންގަމުންނެވެ.

މީގެ އިތުރުން، އޮންލައިންކޮށް ސޮއިކުރުމުން ޕޯޓަލުން ސޮއި ބަލައިގަތްކަން ކަށަވަރުކޮށްދޭ "ސްކްރީންޝޮޓް" އޮފީސްތަކުގެ އިސްވެރިންނަށް ފޮނުވަން މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާތައް ވެސް ވަނީ އާންމުވެފަ އެވެ.

ސަރުކާރުން އިސްވެ މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް މި ފެށީ، މި އިސްލާހާ ދެކޮޅަށް އާންމުންގެ ޖަމިއްޔާގެ ފައުންޑަރު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބެމުންދަނިކޮށެވެ. އެ އިސްލާހު ބޭރުކޮށްލުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނަށް މިހާތަނަށް 2،300 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބުނާ ގޮތުން، މަދުވެގެން 2،100 ސޮއި ހަމަވާ ޕެޓިޝަންތަކަކީ މަޖިލީހުން އެންމެ އިސްކަމެއް ދީގެން ބަލަންޖެހޭ މައްސަލަތަކެވެ. އަދި އެފަދަ ޕެޓިޝަނެއްގައިވާ ކަންކަމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ މި ބަދަލާ ގުޅިގެން ކައުންސިލްތަކުގެ ބާރުތައް ކެނޑިގެންދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ދަނީ ނުފޫޒު ބޭނުންކޮށްގެން މި އިސްލާހަށް ރައްޔިތުންގެ ތާއީދު އޮތްކަން ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުއަބްދުލް ހަންނާން އަބޫބަކުރުމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

މި ސަރުކާރު އައިފަހުން މަކުނުދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ ހުއްޓިފައި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރާއީ

22 އޯގަސްޓު 2026
މި ސަރުކާރު އައިފަހުން މަކުނުދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ ހުއްޓިފައި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރާއީ
22 އޯގަސްޓު 2026

ސަރުކާރުން ދައްކާ ބިރަށް ރައްޔިތުން ކުރަނީ މަލާމާތް: އެއްކަލަ އެތި އުޅެނީ ކިހާވަރަކަށްތަ؟ މިއަދު ވައިޖެހޭ ބާރު މިނަކީ 22ށް ވުރެ މަތިންތަ؟

22 އޯގަސްޓު 2026
ސަރުކާރުން ދައްކާ ބިރަށް ރައްޔިތުން ކުރަނީ މަލާމާތް: އެއްކަލަ އެތި އުޅެނީ ކިހާވަރަކަށްތަ؟ މިއަދު ވައިޖެހޭ ބާރު މިނަކީ 22ށް ވުރެ މަތިންތަ؟
22 އޯގަސްޓު 2026

ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތަކުގެ ވާހަކަ ދައްކާ މީހުން ޖޫރިމަނާކޮށް އަދަބު ދިނުމަކީ އެ މައްސަލައަށް އޮތް ހައްލެއް ނޫން: އަމްރު

22 އޯގަސްޓު 2026
ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތަކުގެ ވާހަކަ ދައްކާ މީހުން ޖޫރިމަނާކޮށް އަދަބު ދިނުމަކީ އެ މައްސަލައަށް އޮތް ހައްލެއް ނޫން: އަމްރު
21 އޯގަސްޓު 2026

ބަޖެޓުގައި ބިލިއަން، ފާމަސީތައް ހުސްއަތާ: ސިއްހީ ދާއިރާ މިއޮތީ ފްލެޓްލައިން ވެފައި!

21 އޯގަސްޓު 2026
ބަޖެޓުގައި ބިލިއަން، ފާމަސީތައް ހުސްއަތާ: ސިއްހީ ދާއިރާ މިއޮތީ ފްލެޓްލައިން ވެފައި!
21 އޯގަސްޓު 2026

މިސަރުކާރުގައި ކުރިނބީގެ ގިނަ މަޝްރޫއުތައް ހުއްޓިފައި، ފެނާއި ނަރުދަމާގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް އަދިވެސް ޚިދުމަތް ނުދެވޭ!

21 އޯގަސްޓު 2026
މިސަރުކާރުގައި ކުރިނބީގެ ގިނަ މަޝްރޫއުތައް ހުއްޓިފައި، ފެނާއި ނަރުދަމާގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް އަދިވެސް ޚިދުމަތް ނުދެވޭ!
21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

19 އޯގަސްޓު 2026

ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން

19 އޯގަސްޓު 2026
ރައީސް މުއިއްޒުއަށް އެނގިވަޑައިގެން ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ދިޔައީ ޑޮލަރު ގަންނަމުން
19 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ ޕެޓިޝަނަށް 6000ށް ވުރެ ގިނަ މީހުންގެ ސޮއި ހޯދިއިރު، މުވައްޒަފުންނަށް މަޖުބޫރު ކުރާކަމުގެ ތުހުމަތު!

19 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ ޕެޓިޝަނަށް 6000ށް ވުރެ ގިނަ މީހުންގެ ސޮއި ހޯދިއިރު، މުވައްޒަފުންނަށް މަޖުބޫރު ކުރާކަމުގެ ތުހުމަތު!
18 އޯގަސްޓު 2026

ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި

18 އޯގަސްޓު 2026
ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު ހެޔޮކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް