Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ޤާނޫނު

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ ޕެޓިޝަނަށް 6000ށް ވުރެ ގިނަ މީހުންގެ ސޮއި ހޯދިއިރު، މުވައްޒަފުންނަށް މަޖުބޫރު ކުރާކަމުގެ ތުހުމަތު!

19 އޯގަސްޓު 2026 | ބުދަ 12:31

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް އާންމުން ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް، މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސްގެން ސަރުކާރުން ދަނީ އެ އިސްލާހަށް ތާއީދުކޮށް ސޮއި ހޯދަމުން. މި ޕެޓިޝަނުގައި ސޮއިކުރުމަށް ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާއިރު، މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުން ވަނީ އޮންލައިންކޮށް ސޮއިކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޯގަސްޓު 2026 | ބުދަ 12:31
ކެބިނެޓް ބައްދަލުވުމަކަށް ރައީސް މުއިއްޒު ވަޑައިގަންނަވާއިރު ހުރިހާ މިނިސްޓަރުން އިސްތިގުބާލުގައި ކޮޅަށް ތެދުވެ.

ކެބިނެޓް ބައްދަލުވުމަކަށް ރައީސް މުއިއްޒު ވަޑައިގަންނަވާއިރު ހުރިހާ މިނިސްޓަރުން އިސްތިގުބާލުގައި ކޮޅަށް ތެދުވެ. | ރައީސް އޮފީސް

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ އިސްލާހު މިހާރު އޮތްގޮތަށް ފާސްކޮށްދިނުމަށް ގޮވާލާ ޕެޓިޝަނަށް 6000ށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނާއި، އެމީހުންގެ އާއިލާ މީހުން ލައްވާ މަޖުބޫރުން ދަނީ ސޮއި ހޯދަމުންނެވެ. އަދި މުވައްޒަފުން ލިބޭ އޮފީސް ވަޓްސްއަޕް ނުވަތަ ވައިބާ ގުރޫޕަށް ލިންކް ފޮނުވައި ސޮއި ކުރުމަށް ދަނީ އަންގަމުންނެވެ. މީގެ އިތުރުން ޕެޓިޝަނެއްގައި އޮންލައިންކޮށް ސޮއިކުރުމުން ޕޯޓަލުން ސޮއި ބަލައިގަތްކަން ފެންނަ ސްކްރީންޝޮޓް ވެސް ފޮނުވަން އަންގާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

Advertisement - newsAdvertisement

މި ޕެޓިޝަނަށް ގިނަ އަދަދެއްގެ ސޮއި ލިބެމުންދާއިރު، ބުދަ ދުވަހުގެ ހަވީރު 4:00އާ ހަމައަށް 6037 މީހުން ސޮއިކޮށްފައިވެ އެވެ. 

ސަރުކާރުން މި ޕެޓިޝަނަށް ސޮއި ހޯދަމުން މިދަނީ، އެ އިސްލާހު ބޭރުކުރަން ގޮވާލައި އާންމުންގެ ޖަމިއްޔާގެ ފައުންޑަރު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނަށް 2،300އަށް ވުރެ ގިނަ ސޮއި ލިބުމާ ގުޅިގެންނެވެ. 

އީ-ޕެޓިޝަން ގަވާއިދު ބުނާ ގޮތުން މަދުވެގެން 2،100 ސޮއި ހަމަވާ ނަމަ، މަޖިލީހުން އެންމެ އިސްކަމެއް ދޭން ޖެހޭނީ އެ ޕެޓިޝަނަށެވެ. އަދި ޕެޓިޝަނުގައިވާ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ވެސް ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ އިސްލާހު މިހާރު އޮތްގޮތަށް ފާސްކޮށްދިނުމަށް ގޮވާލާ ޕެޓިޝަން ހުށަހަޅާފައި މިވަނީ އެއް މައްސަލައަކަށް ދެ ޕެޓިޝަން ހުށަނޭޅޭނެ ކަމަށް އެ ގަވާއިދުގައި އޮންނާތީ ސަރުކާރުގެ ޕެޓިޝަނަކަށް ފުރުސަތު ލިބޭ ގޮތަށް އަންގާރަ ދުވަހު މަޖިލީހުން ގަވާއިދު ވެސް ބަދަލު ކުރުމަށްފަހު އެވެ. 

އަބްދުލް ހަންނާން އަބޫބަކުރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުޕެޓިޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ގޮތަށް ހުށަހަޅާފައިވާ ބިލަކީ އަލުން މަރުކަޒީ ވުޒާރާތަކުގެ ދަށަށް ބާރުތައް ޖަމާކުރުމަށް ސިޔާސީ މަގުސަދެއްގައި ހުށަހަޅާފައިވާ ބިލެއް: ހޯރަފުށީ ކައުންސިލް

މުއިއްޒުއާއި ޕީއެންސީއަށް ސަނާކިޔާ ޓްވީޓު ކޮށްލާކަމަށްޓަކައި މަހަކު 12،000 ރުފިޔާ މެންބަރުންނަށް އެބަދޭ: މީކާއީލް

18 އޯގަސްޓު 2026
މުއިއްޒުއާއި ޕީއެންސީއަށް ސަނާކިޔާ ޓްވީޓު ކޮށްލާކަމަށްޓަކައި މަހަކު 12،000 ރުފިޔާ މެންބަރުންނަށް އެބަދޭ: މީކާއީލް
17 އޯގަސްޓު 2026

ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި

17 އޯގަސްޓު 2026
ޕެޓިޝަންތައް "ބަލިކަށި" ކުރުމުގެ މަސައްކަތް: ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި
16 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ ނިޔަތަކީ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ނެގުން: ހުމެއިދާ

16 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ ނިޔަތަކީ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ނެގުން: ހުމެއިދާ
15 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރު ކޮށްލާ ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފި!

15 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރު ކޮށްލާ ޕެޓިޝަނަށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ ވަރަށް ސޮއި ހަމަކޮށްފި!
13 އޯގަސްޓު 2026

މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި

13 އޯގަސްޓު 2026
މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި
11 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!

11 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ކޮމިޓީ އިން ނިންމަނީ!
10 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި

10 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލުގައި ހުރި އިސްލާހުތައް ބަދަލުކުރަން އެމްޑީޕީ އިން ހުށަހަޅައިފި
10 އޯގަސްޓު 2026

އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި

10 އޯގަސްޓު 2026
އަނބުރާ ގެންދިއުމަށް އެތައް ބަޔަކު ގޮވާލަމުންދާ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ބަލައިގަނެފި
10 އޯގަސްޓު 2026

މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް

10 އޯގަސްޓު 2026
މި ސަރުކާރުން ދަނީ ކައުންސިލްތަކަށް އޮންނަ ހަމައެކަނި ބާރަކީ ވިހާ މަރުވާ ބެލެހެއްޓުން ކަމަށް ހެދުމަށް މަސައްކަތް ކުރަމުން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް