Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބިން ފޭރޭ ބިލެއް، މި ބިލަށް ބަހުސްކުރަން ރަނގަޅުވާނީ އިސްރާއީލުގެ މަޖިލީހެއްގައި: މައުރޫފް

26 އޯގަސްޓު 2026 | ބުދަ 08:21

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން، އެއީ ރައްޔިތުންގެ ބާރުތަކާއި ބިންތައް ފޭރޭ ބިލެއް ކަމަށް ބުނެ އިދިކޮޅު މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. މި ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަށް ރިއާޔަތްނުކޮށް ކޮމިޓީން ބިލު ފާސްކުރިއިރު، ސަރުކާރުން ނަގާ ބިންތަކުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ބަދަލުދޭންޖެހޭ ގޮތަށް މިހާރު ވަނީ އިސްލާހު ގެނެސްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 އޯގަސްޓު 2026 | ބުދަ 08:21
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަކީ ރައްޔިތުންގެ ބިން ފޭރޭ ބިލެއް ކަމަށާއި، މި ބިލަށް ބަހުސް ކުރަން އެންމެ ރަނގަޅުވާނީ އިސްރާއީލުގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކަމަށް، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލު، ލާމަރުކަޒީ ކޮމިޓީ އިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވަނީ ހުށަހަޅާފަ އެވެ. އެ ރިޕޯޓަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ، މި ބިލަކީ ދިވެހީންގެ އަތުން ދިވެހީންގެ ބިންތައް ފޭރޭ ބިލެއް ކަމަށެވެ. 

Advertisement - newsAdvertisement

އެހެންކަމުން މިފަދަ ބިލަކަށް ބަހުސް ކުރަން ރަނގަޅުވާނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމެއްގައި ނޫން ކަމަށާއި އިސްރާއީލުގެ މަޖިލީހުގެ ތަޅުމުގައި މި ފަދަ ކަމަކަށް ބަހުސް ކުރަން ރަނގަޅު ވާނެ ކަމަށް މެންބަރު ވިދާޅުވި އެވެ. 

ލާމަރުކަޒީ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހު މިއީ ބިން ފޭރޭ އިސްލާހު. މިއީކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހެއްގައި ބަހުސް ކުރަން ޖެހޭ ވައްތަރުގެ އިސްލާހެއް ނޫން. މިއީ އިސްރާއީލުގެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަންޖެހޭ ވައްތަރުގެ ބިލެއް. ބިން ފޭރޭ ބިލު މިއީ ރައްޔިތުންގެ ކައުންސިލްތަކުން، ރައްޔިތުންގެ ބާރުތައް ފޭރޭ ބިލެއް. އެހެންވީމާ މިއީ ދިވެހިރާއްޖެ ފަދަ ގައުމެއްގެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރާ ވައްތަރުގެ ބިލެއް ނޫން. މި ރަނގަޅުވާނީ އަޅުގަނޑު ކުރިން ވެސް ދެންނެވިހެން އިސްރާއީލުގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަން
މައުރޫފް ޒާކިރު

ލާމަރުކަޒީ ކޮމިޓީ އިން މި ބިލު ދިރާސާ ކުރީ ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބޭރުކޮށްލުމަށް ގޮވާލައި، ހުށަހަޅާފައިވާ ޕެޓިޝަނަށް ވެސް އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވެސް ބެލުމެއް ނެތި އެވެ. ހޯމަ ދުވަހުގެރޭ ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލު ބައެއް އިސްލާހުތަކާއެކު ވަނީ ފާސްކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އައިފާން ވަނީ، ކައުންސިލުތަކުގެ އިހުތިސާސުން ވަކިކުރެވޭ ބިންބިމުގައި ނުވަތަ ތަންތަނުގައި ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާ ނަމަ، އެފަދަ އިންވެސްޓްމަންޓްތަކަށް ފިނޭންސް މިނިސްޓްރީން ކައުންސިލުތަކަށް ނުވަތަ ތިންވަނަ ފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ދޭން ޖެހޭ ގޮތަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ. 

މެންބަރުގެ އެ ހުށަހެޅުއްވުން ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާއިރު، އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އެވެ. 

އޭގެ އިތުރުން އެ ގާނޫނުގެ 2-56 ގެ (ލ) ގެ ފަހަތަށް އަކުރެއް ވަނީ އިތުރުކޮށްފަ އެވެ. 

މި އިސްލާހުތައް ކޮމިޓީ އިން ފާސްކޮށް، ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވިއިރު މީގެ ކުރިން ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ބިލާ ގުޅޭގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައި އެ ޕެޓިޝަނާ ގުޅޭގޮތުން ލާމަރުކަޒީ ކޮމިޓީގެ ޚިޔާލެއް ވެސް ހޯދަން ޕެޓިޝަން ކޮމިޓީން އެދިފައިވާކަން ފާހަގަ ކުރައްވާ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ވަނީ އެފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް، އެއަށް ބެލުމެއްނެތި ބިލުގެ މަސައްކަތް ނިންމައިފި ނަމަ، ޕެޓިޝަންތައް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ އެއްވެސް ބޭނުމެއް ނެތް ކަަމަށް ވިދާޅުވެފަ އެވެ.

އެއީ ހަމަޖެހޭކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އެއާއެކު މެންބަރު ވަނީ ޕެޓިޝަނަށް ރިއާޔަތް ކުރުމަށްފަހު ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް އެ ކޮމިޓީ އިން އެ ހުށަހެޅުން ވަނީ ބޭރުކޮށްލާފަ އެވެ. 

ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ މި ބިލުގެ މަސައްކަތް ކޮމިޓީ އިން ކުރަމުން ދާއިރު އެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އިސްލާހުތަކެއް ވެސް ހުށަހެޅުއްވި އެވެ.

މައުރޫފް ޒާކިރުލާމަރުކަޒީ ގާނޫނުރައްޔިތުންގެ މަޖިލިސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

މި ސަރުކާރުން ބިލުތަކަށް އިސްލާހު ގެނައުން ކުޅިވަރަކަށް ހަދައިފި، ގާނޫނުގައި އޮތް ގޮތަށް ބިލަށް އިސްލާހު ފޮނުވޭއިރު ވެސް ނޭނގޭ: އަމީން

26 އޯގަސްޓު 2026
މި ސަރުކާރުން ބިލުތަކަށް އިސްލާހު ގެނައުން ކުޅިވަރަކަށް ހަދައިފި، ގާނޫނުގައި އޮތް ގޮތަށް ބިލަށް އިސްލާހު ފޮނުވޭއިރު ވެސް ނޭނގޭ: އަމީން
26 އޯގަސްޓު 2026

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

26 އޯގަސްޓު 2026
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ މާރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
26 އޯގަސްޓު 2026

ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ހައްލުކުރެވޭކަށް ނެތް: މީކާއިލް

26 އޯގަސްޓު 2026
ޤާނޫނެއްގައި އަކުރެއް ލިޔެގެން ރާއްޖޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ހައްލުކުރެވޭކަށް ނެތް: މީކާއިލް
25 އޯގަސްޓު 2026

ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ބިލެއް ސަރުކާރުން ހުށަހަޅައިފި

25 އޯގަސްޓު 2026
ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ބިލެއް ސަރުކާރުން ހުށަހަޅައިފި
25 އޯގަސްޓު 2026

ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

25 އޯގަސްޓު 2026
ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 އޯގަސްޓު 2026

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

25 އޯގަސްޓު 2026
ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި
24 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް ކޮމިޓީ އިން ރުހުންދީ މައްސަލަ ތަޅުމަށް!

24 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް ކޮމިޓީ އިން ރުހުންދީ މައްސަލަ ތަޅުމަށް!
23 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނަށް ބެލުމެއް ނެތި ކޮމިޓީ އިން އެ ބިލުގެ މަސައްކަތް ނިންމަނީ!

23 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނަށް ބެލުމެއް ނެތި ކޮމިޓީ އިން އެ ބިލުގެ މަސައްކަތް ނިންމަނީ!
23 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
23 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް