Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވައިޓަލް ސްޓެޓިސްޓިކްސް

ހުސްވި އަހަރު ރާއްޖޭގައި 15 އަހަރާއި 19 އަހަރުން ދަށުގެ މީހުންނަށް 65 ކުދިން ލިބުނު

6 އޯގަސްޓު 2026 | ބުރާސްފަތި 19:06

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ އަހަރު ރާއްޖޭގައި 5،625 ކުދިން އުފަންވެފައިވާއިރު، އަހަރުގެ 4 ކުއާޓަރުގައި ވެސް 15 އަހަރާއި 19 އަހަރާ ދެމެދުގެ މައިންނަށް ކުދިން ލިބިފައިވޭ. އެގޮތުން އަހަރުގެ ކޮންމެ ކުއާޓަރެއްގައި މި އުމުރުފުރައިގެ މީހުންނަށް އެވްރެޖްކޮށް 16 ކުދިން ލިބިފައިވޭ. އަހަރުގެ ތެރޭގައި އެންމެ ގިނަ ކުދިން ވިހާފައިވަނީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުން. ހުސްވި އަހަރު 1،399 މީހުން ނިޔާވެފައިވާއިރު، އޭގެ ތެރޭގައި އެއް އަހަރުން ދަށުގެ 70 ތުއްތު ކުދިން ހިމެނޭކަން މިނިސްޓްރީގެ ރިޕޯޓުން ފާހަގަކުރެވޭ

ރާއްޖެ އެމްވީ | 6 އޯގަސްޓު 2026 | ބުރާސްފަތި 19:06
ހޮސްޕިޓަލެއްގެ ވިއްސާ ތިއޭޓަރެއްގެ މަންޒަރެއް

ހޮސްޕިޓަލެއްގެ ވިއްސާ ތިއޭޓަރެއްގެ މަންޒަރެއް | ގެޓީ އިމޭޖަސް

ހުސްވި އަހަރު ރާއްޖޭގައި 15 އަހަރާއި 19 އަހަރުން ދަށުގެ މީހުންނަށް 65 ކުދިން ލިބުނު ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީ އޮފް ހެލްތުން އޮގަސްޓު ހަވަނަ ދުވަހު އާންމު ކުރި ތަފާސް ހިސާބުން އެނގޭ ގޮތުގައި ރާއްޖޭގައި ކުޑަކުދިންގެ އުމުރުފުރާގެ ގޮތުގައި ބެލޭ އުމުރުގެ ކުދިންނަށް ފާހަގަ ކުރެވޭ އަދަދަކަށް ދަރިން ލިބިފައިވެ އެވެ. އެ ގޮތުން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް 15 އަހަރާއި 19 އަހަރާ ދެމެދުގެ މައިންނަށް ކުދިން ލިބިފައިވެ އެވެ. އެގޮތުން އަހަރުގެ ކޮންމެ ކުއާޓަރެއްގައި މި އުމުރުފުރައިގެ މީހުންނަށް އެވްރެޖްކޮށް 16 ކުދިން ލިބިފައިވެ އެވެ.

Advertisement - newsAdvertisement
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރާ ދެމެދު، މައިންގެ އުމުރުފުރާތަކަށް ބަހާލެވިފައިވާ ދިރިހުރި ކުދިން ވިހޭ ގޮތުގެ ތަފާސްހިސާބު

2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރާ ދެމެދު، މައިންގެ އުމުރުފުރާތަކަށް ބަހާލެވިފައިވާ ދިރިހުރި ކުދިން ވިހޭ ގޮތުގެ ތަފާސްހިސާބު | ހެލްތު މިނިސްޓްރީ

ހެލްތް މިނިސްޓްރީގެ "ކުއަރޓަލީ ވައިޓަލް ސްޓެޓިސްޓިކްސް" އިން ފާހަގަވާ ގޮތުގައި ހުސްވި އަހަރު އެންމެ ގިނައިން ކުދިން ވިހާފައިވާ އުމުރުފުރައަކީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ. މިއުމުރުފުރައިގެ މީހުންނަށް ޖުމްލަ 1،794 ކުދިން ލިބިފައިވެ އެވެ. ކުދިން ލިބިފައިވާ އެންމެ ދޮށީ އުމުރުފުރައަކީ 45 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ. އެ އުމުރުފުރައިގެ މީހުން އަހަރުގެ ތެރޭގައި ޖުމްލަ 11 ކުދިން ވިހާފައިވެ އެވެ.

ހުސްވި އަހަރު ރާއްޖޭގައި އުފަންވެފައިވަނީ ޖުމްލަ 5،625 ކުދިންނެވެ. އުފަންވި ކުދިންގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ. 2،835 ފިރިހެން ކުދިން އުފަންވެފައިވާއިރު އުފަންވި އަންހެން ކުދިންގެ އަދަދަކީ 2،789 އެވެ.

އަނެއްކޮޅުން ރާއްޖޭގައި ހުސްވި އަހަރު ނިޔާވި މީހުންގެ އަދަދަކީ 1،399 އެވެ. މީގެ ތެރޭގައި އެއް އަހަރުން ދަށުގެ 70 ތުއްތު ކުދިން ހިމެނެ އެވެ. ނިޔާވި އެންމެ ގިނަ މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. އެއީ ނިޔާވި މީހުން 61 އިންސައްތަ އެވެ.

ވައިޓަލް ސްޓެޓިސްޓިކްސްއާބާދީހެލްތް މިނިސްޓްރީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

02 ޖުލައި 2026

ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި

02 ޖުލައި 2026
ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި
13 ޖޫން 2026

ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަން ގައި ހިފެހެއްޓުމަށް ރިފަރެންޑަމެއް ބާއްވަނީ

13 ޖޫން 2026
ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަން ގައި ހިފެހެއްޓުމަށް ރިފަރެންޑަމެއް ބާއްވަނީ
04 މެއި 2026

އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރުނާ އައްޔަންކޮށްފި

04 މެއި 2026
އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރުނާ އައްޔަންކޮށްފި
09 އެޕްރީލު 2026

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވި މައްސަލައިގައި ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، އެއީ މީޑިއާގައި ދައްކަން ޖެހޭ ވާހަކައެއް ނޫންކަމަށް!

09 އެޕްރީލު 2026
ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވި މައްސަލައިގައި ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، އެއީ މީޑިއާގައި ދައްކަން ޖެހޭ ވާހަކައެއް ނޫންކަމަށް!
26 މާރިޗު 2026

އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި

26 މާރިޗު 2026
އިހުމާލުގެ ސަބަބުން ތުއްތު އަޒާން ނިޔާވި މައްސަލަ ހެލްތް މިނިސްޓްރީ އިން ބަލަން ފަށައިފި
07 ޖެނުއަރީ 2026

މި ސަރުކާރުން ގެންނަ 800 ބޭހަށް ވުރެ ކުރިން ގެންނަ 200 ބޭސް މާ ރަނގަޅެވެ

07 ޖެނުއަރީ 2026
މި ސަރުކާރުން ގެންނަ 800 ބޭހަށް ވުރެ ކުރިން ގެންނަ 200 ބޭސް މާ ރަނގަޅެވެ
05 ޖެނުއަރީ 2026

ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް

05 ޖެނުއަރީ 2026
ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް
05 ޖެނުއަރީ 2026

ޑަޔަލެސިސްގެ ވައުދު ނުފުއްދުން: ފ. އަތޮޅު ގައި ނުފެށުނީ ސާފު ފެން ނެތިގެން، ވ. އަތޮޅުގައި ޚިދުމަތް ހޯދާނެ ބަލި މީހަކު ނެތް: ހެލްތް މިނިސްޓަރ ނާޒިމް

05 ޖެނުއަރީ 2026
ޑަޔަލެސިސްގެ ވައުދު ނުފުއްދުން: ފ. އަތޮޅު ގައި ނުފެށުނީ ސާފު ފެން ނެތިގެން، ވ. އަތޮޅުގައި ޚިދުމަތް ހޯދާނެ ބަލި މީހަކު ނެތް: ހެލްތް މިނިސްޓަރ ނާޒިމް
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް