Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑަޔަލެސިސް ޚިދުމަތް

ޑަޔަލެސިސްގެ ވައުދު ނުފުއްދުން: ފ. އަތޮޅު ގައި ނުފެށުނީ ސާފު ފެން ނެތިގެން، ވ. އަތޮޅުގައި ޚިދުމަތް ހޯދާނެ ބަލި މީހަކު ނެތް: ހެލްތް މިނިސްޓަރ ނާޒިމް

މުޢިއްޒުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެފައި ވަނީ، 2024 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފެށޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 09:50
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނާޒިމް

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނާޒިމް

ސަރުކާރުގެ ވައުދާ އެއް ގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފެށިފައި ނުވާ ކަމަށް، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް އިއުތިރާފުވެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެފައި ވަނީ، 2024 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލެސިސްގެ ޚިދުމަތް ފެށޭނެ ކަމަށެވެ. 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޚަލީލް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އޭގެ ފަހުން ޚަލީލްގެ ބަދަލުގައި ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ ނާޒިމް އެވެ. ހުސްވި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނާޒިމް ވިދާޅުވެފައި ވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލެސިސްގެ ޚިދުމަތް ދެވެން ފެށޭނެ ކަމަށެވެ. ރަށް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވީ އެންމެ ފަސޭހަ އިން ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަަމަޖެއްސުމަކީ ރައީސް މުޢިއްޒުގެ ވަރަށް ބޮޑު ވައުދެކެވެ. 

އެހެން ނަމަވެސް، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ނިމުނުއިރު ވެސް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލެސިސްގެ ޚިދުމަތް ފެށިފައި ނުވެ އެވެ. ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވަނީ އެކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ. އެގޮތުން ވ އަަތޮޅާއި، ފ އަތޮޅު އަދި ދ އަތޮޅުގައި ޑަޔަލެސިސްގެ ޚިދުމަތް ފެށިފައި ނުވާއިރު، ނާޒިމް ވިދާޅުވީ ސިޔާސަތަށް ވުރެ "ބްރޯޑް" ކޮށް އެކަމުގައި މަސަައްކަތް ކުރެއްވިޖެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދ އަތޮޅުގައި ޑަޔަލެސިސްގެ ޚިދުމަތް ފެށުމަށްޓަކައި މެޝިން ބަހައްޓައި، ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދެވޭ ކަމަށެވެ. އަދި މިއަދު ވެސް އެ ޚިދުމަތް ފެށޭ ވަރަށް މަސައްކަތް ގެންދެވިފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ފ އަތޮޅުގައި ޚިދުމަތް ނުފެށި ލަސް ވަނީ ސާފު ފެން ނުލިބުމުގެ ސަބަބުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. 

ތިން ވަނަ އަށް އޮތް ވ. އަތޮޅާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ އެ އަތޮޅަކީ އާބާދީ ކުޑަ އަތޮޅަކަށް ވެފައި، އެ އަތޮޅުގައި ޑަޔަލެސިސްގެ ޚިދުމަތް ހޯދާ ބަލި މީހެއް ނެތުމުން، އެ އަތޮޅާ މެދު ކަންތައް ކުރާނެ ގޮތަކާ މެދު ވިސްނަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މިހާރު ޑަޔަލެސިސް ނުފެށި، މި ދެންނެވީ ސީދާ މެޝިންތައް އޮޕަރޭޓު ކުރަން ނުފެށި އިނީ ތިން އަތޮޅެއް. އެއް އަތޮޅަކީ ދ އަތޮޅު. ދ ގައި މިހާރު އެ މަސައްކަތް ނިމެމުން ދަނީ، މިހާރު މިއަދު ވެސް ޚިދުމަތް ފަށައިގަނެވޭހާ ބާރަށް މަސައްކަތް ކުރިއަށް ދަނީ. ދެން ފ އަތޮޅުގައި ވެސް އެ ހުރީ މެޝިން ބަހައްޓައި ހުރިހާ ކަމެއް ނިމިފައި. އެހެން ނަމަވެސް ޑަޔަލެސިސް އަކީ ސާފު ފެން ބޭނުންވާ ޚިދުމަތެއް، އެހެންވީމާ އެ ތަނުގެ ފެނުގެ މައްސަލައެއް ޙައްލު ކުރުމުގެ މަސައްކަތް ކުރިއަށް އެ ގެންދަނީ. ދެން އިނީ ވ އަތޮޅު. ވަރަށް ކުޑަ އަތޮޅަކަށް ވެފައި، ޑަޔަލެސިސް ޕޭޝަންޓެއް ވެސް ނެތުމާ އެކު، ވ އަތޮޅަށް ހަދާނެ ގޮތެއް އަޅުގަނޑުމެން މި ވިސްނަނީ. މި ޙާލަތުގައި މިކަން އޮތީ. 
— ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް

މީގެ އިތުރުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، އެ ޚިދުމަތް ފުޅާ ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތަށް ވުރެ ފުޅާކޮށް އެކަމުގައި މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ނުވަ ރަށެއްގައި ޚިދުމަތް ފެށިފައިވާއިރު، އިތުރު އަށް ރަށެއްގައި ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް، އެ ޚިދުމަތް ދެވެން ފަށާނެ ދުވަހެއް ނާޒިމް ވިދާޅުވި އެވެ.

މައްސަލަ އަށް ޙައްލު ހޯދުމަށް ކުރާ މަސައްކަތުގައި ލޮޅުން ތަކެއް ވެސް ދިމާވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. ވަރަށް ރަނގަޅަށް ތާވަލް ކުރެވިގެން ކުރިއަށް ގެންދާ ކަމަށް ނާޒިމް ވިދާޅުވެފައިވާއިރު، ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގައި އެ ޚިދުމަތް ފެށިފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

ހެލްތު މިނިސްޓްރީޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްޑައިލެސިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް

ޅެމުން ފަރުވާ ދެނީ ކޮންކޮން ބަލިތަކަކަށްތޯ ސުވާލު ކުރުމުން ހެލްތް މިނިސްޓަރު ވިދާޅުވީ އެކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަކަށް ނޭނގޭ ކަމަށް

05 ޖެނުއަރީ 2026
"ނުކުރާނަމޭ ބުނާ ކަންކަން މި ސަރުކާރުން ކުރާނެ ކަން ޔަގީން ވެއްޖެ، ޔަގީންކަން ދިން ބޭހެއް ނުލިބޭ، ފެރީ ވެސް ހުއްޓިއްޖެ"

"ނުކުރާނަމޭ ބުނާ ކަންކަން މި ސަރުކާރުން ކުރާނެ ކަން ޔަގީން ވެއްޖެ، ޔަގީންކަން ދިން ބޭހެއް ނުލިބޭ، ފެރީ ވެސް ހުއްޓިއްޖެ"

05 ޖެނުއަރީ 2026
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު