Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލިކޮޕްޓަރުގެ ޚިދުމަތް

މުއްދަތަކަށްފަހު މުއްދަތެއް ފަހަނައަޅާ ދާ ހެލިކޮޕްޓަރު ޚިދުމަތްދޭން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހާމައެއް ނުކުރި

6 އޯގަސްޓު 2026 | ބުރާސްފަތި 10:15

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ކަނޑައެޅި ތާރީޚުތައް ފަހަނައަޅާ ގޮސްފައިވާއިރު، މި މަޝްރޫއަށް ބިޑު ހުށަހެޅި ފަރާތްތަކުގެ އިވެލުއޭޝަން މަސައްކަތް ކުރިއަށްދާތީ އެއީ ކޮން ބައެއްކަން ހާމަކުރެވެން ނެތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 6 އޯގަސްޓު 2026 | ބުރާސްފަތި 10:15
ހަމިންބާޑް އައިލެންޑް އެއާވޭޒްގެ ފަރާތުން އޮޕަރޭޓްކުރި ހަމިންބާޑް ހެލިކޮޕްޓަރުގެ ޚިދުމަތަކީ 1989 ވަނަ އަހަރު ރާއްޖޭގައި ފެށި ޚިދުމަތެއް

ހަމިންބާޑް އައިލެންޑް އެއާވޭޒްގެ ފަރާތުން އޮޕަރޭޓްކުރި ހަމިންބާޑް ހެލިކޮޕްޓަރުގެ ޚިދުމަތަކީ 1989 ވަނަ އަހަރު ރާއްޖޭގައި ފެށި ޚިދުމަތެއް | އިންސްޓަގްރާމް


ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ މައުލޫމަތު ހާމަ ކުރެވޭކަށް ނެތް ކަމަށް ސިވިލްއޭވިއޭޝަން މިނިސްޓްރީން ބުނެފި އެވެ.

Advertisement - newsAdvertisement

ސިވިލް އޭވިއޭޝަން މިނިސްޓްރީން މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހެދިއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ބުނެފައިވަނީ 2024 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނެ ކަމަށެވެ.

އެ ތާރީޚު ބޮޑުތަނުން ފަހަނަ އަޅާ ގޮސްފައިވަނިކޮށް ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އޮގަސްޓް މަހު ބަޔަކާއެކު އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވަނީ ޖުލައި މަހު ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.

އެ އިންޓަވިއުގައި އަމީން ވިދާޅުވެފައިވަނީ، ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އެކި ފަރާތްތަކުން ހުށަހެޅި ހުށަހެޅުންތައް ބަލައި މިހާރު ނިމިފައިވާ ކަމަށާއި، އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ބިޑު އިވެލުއޭޝަން ގެ މަސައްކަތް ނިމިފައިވާ ކަމަށް ކުރިން މިނިސްޓަރު ވިދާޅުވެފައި އޮއްވާ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގެ ތާރީޚުގައި ރާއްޖެޓީވީ އަށް ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ، އެ ޚިދުމަތް ދިނުމާ ގުޅިގެން މަޝްރޫއަށް ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ އިވެލުއޭޝަން މަސައްކަތް ކުރިއަށްދާތީ، އެއީ ކޮންފަރާތްތަކެއްކަން ހާމަ ކުރެވެން ނެތް ކަމުގަ އެވެ.

އިތުރަށް ބުނެފައިވަނީ، ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށްޓަކައި ދެވަނަ އިއުލާނެއް ކުރި ކަމަށާއި، އެ އިއުލާނާ ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ބިޑު އިވެލުއޭޝަން ކުރިއަށްދާ ކަމަށެވެ. ނަމަވެސް ކުރިމަތިލީ ކިތައް ފަރާތުން ކަމެއް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ނުބުންޏެވެ.

ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ހެލިކޮޕްޓަރު ޚިދުމަތް ދޭން އެދޭ ފަރާތްތަކުން ހުށަހެޅުން ހުށަހަޅަން ތިން ފަހަރު މަތިން މީގެ ކުރިން އިއުލާނުކޮށްފަ އެވެ. އެކަމަކު އެންމެ ފަހުން ކުރި އިއުލާނު މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހު ވަނީ އެ މުއްދަތު އޭޕްރިލް މަހުގެ 20 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ.

ޚިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވާ ތާރީޚުތައް ފަހަނައަޅާ ދާއިރު، މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ، ރާއްޖޭގައި އެ ޚިދުމަތް ފަށަން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއެއޭ)ގެ ލަފާގެ މަތިން ތަހުލީލު ހެދި ކަމަށާއި ޚިދުމަތުގައި ބޭނުން ކުރާނީ ސަލާމަތީ ގޮތުން އޮޕަރޭޓު ކުރަން އެންމެ ރަނގަޅު ހެލިކޮޕްޓަރު ކަމަށެވެ. 27 އޮކްޓޯބަރ 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ 2024 ވަނަ އަހަރުގެ މާޗު މަހު ސަރުކާރުން ޚިދުމަތް ދޭން ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ނުފެށި ލަސްވަނީ ކީއްވެތޯ މިނިސްޓަރު އަމީން އާ ސުވާލު ކުރައްވާފަ އެވެ. މެންބަރުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުގެ ގޮތުން ތައްޔާރުކުރާ ރިލަޔަބިލިޓީ، އެވެއިލަބިލިޓީ، މެއިންޓެއިނަބިލިޓީ އެންޑް ސޭފްޓީ އިންޑިކޭޓާ (އާރްއެފްޕީއައި) ޕްރޮސެސް އޮތީ ހުއްޓިފައި ކަމަށެވެ. މިހާރު ގާނޫނީ ގޮތުން އެކަން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަލުން ރީ ޑިޒައިންކޮށް ހުޅުވާލައިގެން އިތުރު ފަރާތެއް ހޯދަނީ ކަމަށް ވެސް ވިދާޅުވި އެވެ.

މުހައްމަދު އަމީންހެލިކޮޕްޓަރު ޚިދުމަތް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

30 ޖޫން 2026

ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!

30 ޖޫން 2026
ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
22 މެއި 2026

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟

22 މެއި 2026
ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟
11 މެއި 2026

ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟

11 މެއި 2026
ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟
31 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބާ ދިމާކޮށް ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، އަގުތައް އާއްމު ކޮށްފި

31 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބާ ދިމާކޮށް ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، އަގުތައް އާއްމު ކޮށްފި
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
18 އޯގަސްޓު 2025

އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ

18 އޯގަސްޓު 2025
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
15 މެއި 2025

މިނިސްޓަރ އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

15 މެއި 2025
މިނިސްޓަރ އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް