Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ

މިނިސްޓަރ އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

15 މެއި 2025 | ބުރާސްފަތި 12:11

އަމީންގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް 11 މެމްބަރަކު ވޯޓުދެއްވާފައި ވާއިރު އަމީންގެ އިތުބާރު ނެތް ކަމަށް ފާސްކުރުމާ ދެކޮޅަށް 54 މެންބަރުން ވަނީ ވޯޓުދެއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 މެއި 2025 | ބުރާސްފަތި 12:11
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަޖިލީހަށް ހާޒިރު ކުރުން. / 07.05.2025

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަޖިލީހަށް ހާޒިރު ކުރުން. / 07.05.2025

މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް އަމީންގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ފާހެއް ނުވިއެވެ.

އަމީންގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ އިން ހުށަހެޅީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރެވޭތީއެވެ. އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ ވަޒީރުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކު، މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ވަޒީރުންގެ މަޖިލިހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު އެކަމާއި ގުޅޭ ގޮތުން ޖަވާބުދާރީކުރުވުމަށް މަޖިލީހަށް ހާޒިރުކުރުމުން އަމީން ވަނީ އޭނާ މަޤާމުން އިސްތިއުފާދެއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ އަމީން ވިދާޅުވީ މާންދޫގެދެކުނުގެއަކީ އޭނާގެ އިތުރުން އެއްބަނޑުއެއްބަފާ އިތުރު ތިން މީހުންގެ ނަން މަތީގައި ހުރި ގެއެއް ކަމަށެވެ. އެހެން ކަމުން އޭނާގެ ސީދާ ބާރު ހިނގަނީ އޭނާގެ އަމިއްލަ އާއިލާ ދިރިއުޅޭ ބައިތަކަށް އެކަނި ކަމަށް އަމީން ވިދާޅުވި އެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މާންދޫގެދެކުނުގެއަކީ އޭނާގެ އިތުރުން އެއްބަނޑުއެއްބަފާ އިތުރު ތިން މީހުންގެ ނަން މަތީގައި ހުރި ގެއެއް ކަމަށެވެ. އެހެން ކަމުން އޭނާގެ ސީދާ ބާރު ހިނގަނީ އޭނާގެ އަމިއްލަ އާއިލާ ދިރިއުޅޭ ބައިތަކަށް އެކަނި ކަމަށް އަމީން ވިދާޅުވި އެވެ.

އަމީންގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް 11 މެމްބަރަކު ވޯޓުދެއްވާފައި ވާއިރު އަމީންގެ އިތުބާރު ނެތް ކަމަށް ފާސްކުރުމާ ދެކޮޅަށް 54 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

މި މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު އެވެ. އެ މައްސަލައިގެ ނޯޓިސް އަމީންއަށް ފޮނުވާފައި ވަނީ މި ހިނގާ މޭއި މަހުގެ ފުރަތަމަ ދުވަހުއެވެ.

މާލެޒުވާން އަންހެނަކުމުހައްމަދު އަމީންއެމްޑީޕީޓްރާންސްޕޯޓް މިނިސްޓަރކެބިނެޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
07 ޑިސެމްބަރު 2025

ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!

07 ޑިސެމްބަރު 2025
ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް