Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލެ ޕާކިން އިމާރާތްތައް

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

މީގެ ކުރިން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީ އިން ވަނީ ޕާކިންގ އިމާރާތްތަކުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ބުނެފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2025 | އާދީއްތަ 03:33
ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން އަދި ސަރުކާރު ކުންފުނިތައް ގުޅިގެން ފެށި ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހުޅުމާލޭ ގައި ސަރުކާރުން އަޅާ ޕާކިން އިމާރާތްތަކު ގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ޕާކިންގ އިމާރާތްތަކު ގެ އަމަލީ މަސައްކަތް 4 މަސް ދުވަސް ތެރޭ ފެށޭނެ ކަމަށް ސަރުކާރުން މިހާރު ހާމަކޮށްފައި ވާއިރު، މީގެ ކުރިން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ޕާކިންގ އިމާރާތްތަކު ގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ބުނެފަ އެވެ.

Advertisement - newsAdvertisement
ހުޅުމާލެ މަގުތަކަަށް ދޫކޮށްލާފަވާ އުޅަނދުތައް ނެގުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވާހަކަ ދައްކަވަނީ
ހުޅުމާލެ މަގުތަކަަށް ދޫކޮށްލާފަވާ އުޅަނދުތައް ނެގުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވާހަކަ ދައްކަވަނީ

ހުޅުމާލޭ ގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން އަދި ސަރުކާރު ކުންފުނިތައް ގުޅިގެން ހޮނިހިރު ދުވަހު ފެށި ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ހުޅުމާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރ އަމީން ވަނީ ހުޅުމާލޭ ގައި ޕާކިން މައްސަލަ ހައްލުކުރުމު ގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ، ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ޕާކިން ބިލްޑިންގްތައް އެޅުމުގެ އަމަލީ މަސައްކަތް ފެނިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން މިހާރު މިދަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ޕާކިން ބިލްޑިންގ ތައް އެޅުމުގެ މަރުހަލާގެ ތެރޭގައި. އިރާދަ ކުރެއްވިއްޔާ މާލަސްތަކެއް ނުވެ ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ފިޒިކަލީ ފެނިވަޑައިގަންނަވާނެ، މި ސަރަހައްދަށް ބޭނުންވާ ވަރުގެ ޕާކިން ބިލްޑިންގްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާތަން
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން

މާލޭ ސަރަހައްދަށް ދިމާވެފައިވާ ތޮށްޖެހުމުގެ މައްސަލަ ހައްލުކޮށް އުޅަނދުތައް ޕާކު ކުރުމަށް ސަރުކާރުން ވަނީ، މާލެ ސަރަޙައްދުގައި ޖުމްލަ 7500 އެއްހާ އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ނިންމާފަ އެވެ. މި މަޝްރޫއު ހިންގުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު 15 އިމާރާތެއްގެ މަސައްކަތް ކުރުމަށް އެއްބަސްވުމެއް ގައި ވަނީ ސޮއިކޮށްފަ އެވެ.

ހުޅުމާލެ އަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަށް، ޕާކިން އިމާރާތްތައް އެޅުމުގެ އިތުރުން މިހާރު ޕާކް ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ އިތުރަށް 3 ބިމެއް ވަގުތީ ޕާކިން އަށް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މި ބިންތަކާ ގުޅޭ ގޮތުން އެޗްޑީސީ ގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހެއިރު ވިދާޅުވީ ވަގުތީގޮތުން ޕާކް ކުރުމަށް ހަމަޖައްސާ ބިންތަކުގައި ޕާކް ކުރެވޭނީ އޮންނަ އުސޫލުގެ ތެރެއިން، ޤަވާއިދާއި އެއްގޮތަށް ހުރި އުޅަނދުތައް ކަމަށެވެ.އެގޮތުން، ބިންތައް ހަމަޖެހެނީ، ވިނަރެސް ފުލެޓު ސަރަހައްދާއި ހިޔާ ފުލެޓު ސަރަހައްދުގެ އިތުރަށް ހުޅުމާލެ ފުރަތަމަ ފިޔަވަހިން ކަމަށް ޒުހައިރު ވަނީ ވިދާޅުވެފަ އެވެ.

ހުޅުމާލެމުހައްމަދު އަމީންޕާކިންގ ބިލްޑިންގޓްރާންސްޕޯޓް މިނިސްޓްރީއެޗްޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު