Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާނާތުގެ މައްސަލަ

ކަރެކްޝަންސްގެ އޭސީޕީގެ މަޤާމުގައި ހުންނަވަނިކޮށް ވަކިކުރި އާސިފަށް އަލުން ވަޒީފާ ދިނުން މަޑުޖައްސައިފި

3 އޯގަސްޓު 2026 | ހޯމަ 04:56

ޚިޔާނާތުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި އޭސީޕީ މުހައްމަދު އާސިފަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި. މި އަމުރު ނެރުނީ ސިވިލް ކޯޓުގެ ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމާ ގުޅިގެން. ޕްރިޒަންސް ކްލަބުގެ ފައިސާއަށް އާސިފް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި ހައިކޯޓުން ވަކި ގޮތެއް ނިންމަންދެން އޭނާއަށް ވަޒީފާ ދިނުން މިހާރު ވަނީ މަޑުޖެހިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 އޯގަސްޓު 2026 | ހޯމަ 04:56
އޭސީޕީ މުޙައްމަދު އާސިފް

އޭސީޕީ މުޙައްމަދު އާސިފް | ރާއްޖެއެމްވީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕްރިޒަންސް (އޭސީޕީ) ގެ މަގާމުގައި ހުންނެވި މުހައްމަދު އާސިފް ވަޒީފާއިން ވަކިކުރި މައްސަލައިގައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފި އެވެ.

ހައިކޯޓުން މި އަމުރު ނެރުނީ ސިވިލް ކޯޓުގެ ނިންމުން ދައުލަތުގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، އާސިފް ވަޒީފާއިން ވަކިކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހުގަ އެވެ. އެގޮތުން މަޤާމުން ވަކިކުރީ އޭނާ 8 މަސް ދުވަސް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު އެވެ.

އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މައްސަލަ ބަލައި ނިންމީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ދައުލަތުން ހައިކޯޓުގައި އެދުނީ އިސްތިއުނާފީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގައި ވަނީ، ހައިކޯޓުން މި މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އާސިފަށް އަލުން ވަޒީފާ ދިނުން ހުއްޓުވުމަށެވެ.

އޭރު އާސިފް ސަސްޕެންޑް ކޮށްފައިވަނީ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެގޮތުން ޕްރިޒަންސް ކްލަބްގެ ލައްކައަކަށް ވުރެ ގިނަ ފާއިސާ އެ ކްލަބްގެ ރައީސް އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް އާސިފް އަމިއްލަ ކަންކަމަށް ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް މުވައްޒަފުންގެ ފަރާތުން މައްސަލައެއް ހުށަހެޅި އެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެންމަތިވި މި މައްސަލައިގައި އާސިފަށް ކުރާ ތުހުމަތުގައިވާ ގޮތުން އޭނާ ވަނީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގާފަ އެވެ. އަދި އެ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އަދި މި މައްސަލަ ކަރެކްޝަނުން ބަލާފައިވެސްވެ އެވެ. މުވައްޒަފުން ފޮނުވި ޕެޓިޝަނުގައި ވަނީ އާސިފް ނެގިކަމަށް ތުހުމަތުކުރި ފައިސާ އަނބުރާ ހޯދުމާ އެކު އާސިފަށް ފިޔަވަޅު އަޅައިދިނުމަށެވެ.

މުހައްމަދު އާޞިފްމޯލްޑިވްސް ކަރެކްޝަންސް ސަރވިސްޕްރިޒަންސް ކްލަބް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

4

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

13 ޖުލައި 2026

ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި

13 ޖުލައި 2026
ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި
11 ޖުލައި 2026

ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ

11 ޖުލައި 2026
ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ
16 ޖޫން 2026

ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި

16 ޖޫން 2026
ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި
16 ޖޫން 2026

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

16 ޖޫން 2026
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި
11 ޖޫން 2026

ޝަމްއާނަށް ލިބެންޖެހޭ އިނާޔަތްތައް ކަނޑާލިކަން ރިޕޯޓު ކުރުމާއެކު، އެއީ މިހާރު އަމަލު ކުރާ އުސޫލެއް ނޫން ކަމަށް ކަރެކްޝަންސްއިން ބުނެފި

11 ޖޫން 2026
ޝަމްއާނަށް ލިބެންޖެހޭ އިނާޔަތްތައް ކަނޑާލިކަން ރިޕޯޓު ކުރުމާއެކު، އެއީ މިހާރު އަމަލު ކުރާ އުސޫލެއް ނޫން ކަމަށް ކަރެކްޝަންސްއިން ބުނެފި
31 މެއި 2026

މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން ތަކެތި ނުލިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަންސް

31 މެއި 2026
މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން ތަކެތި ނުލިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަންސް
01 މެއި 2026

މިދިޔަ އަހަރުގެ މެއި މަހު ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުހިނގާ: ކައުންސިލް

01 މެއި 2026
މިދިޔަ އަހަރުގެ މެއި މަހު ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުހިނގާ: ކައުންސިލް
12 ފެބުރުއަރީ 2026

ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މިމަހު މަރުވި ދެ މީހުންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި

12 ފެބުރުއަރީ 2026
ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މިމަހު މަރުވި ދެ މީހުންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި
02 ފެބުރުއަރީ 2026

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ، މިއީ ހޯމަ ދުވަހު ނިޔާވި ދެވަނަ މީހާ

02 ފެބުރުއަރީ 2026
ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ، މިއީ ހޯމަ ދުވަހު ނިޔާވި ދެވަނަ މީހާ
29 ޑިސެމްބަރު 2025

މާފުށީ ޖަލުގައި ހުރި ގައިދީއަކަށް ބޭސް ފަރުވާގެ ޚިދުމަތް ނުލިބި، އެމީހާގެ ފައި ފާރުވެ ގިރެނީ

29 ޑިސެމްބަރު 2025
މާފުށީ ޖަލުގައި ހުރި ގައިދީއަކަށް ބޭސް ފަރުވާގެ ޚިދުމަތް ނުލިބި، އެމީހާގެ ފައި ފާރުވެ ގިރެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް