Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި

ޖަލުތަކުގެ ޖާގައިގެ ދަތިކަމާއި، ބޭސްފަރުވާގެ ފެންވަރު ދަށްވުމުގެ އިތުރުން ކާނާގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން މެންބަރު ފާހަގަކުރެއްވި. މީގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ލަސްވުމާއި، ޖަލުގެ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ގައިދީންގެ އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ކަމަށް ސިޓީގައިވޭ. އެހެންކަމުން މި މައްސަލަތައް ބަލައި އިސްލާހުކުރުމަށްޓަކައި ކަރެކްޝަންސްގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް، ކޮމިޓީން ޖަލުތަކަށް ޒިޔާރަތްކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 16 ޖޫން 2026 | އަންގާރަ 08:00
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ | މަޖިލިސް

ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތާއި މެދު އާންމުންގެ މެދުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ފާހަގަކުރައްވާ، އެކަންކަމުގެ ތަފްސީލު ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ އެއް ފޮނުއްވައިފި އެވެ.

މެންބަރު ފޮނުއްވި ސިޓީގައި ވަނީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތާއި މެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާ ޖަލުތަކުގެ ނިޒާމު އިސްލާހު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް އަދިވެސް ހައްލު ނުކުރެވި ގިނަ މައްސަލަތަކެއް މި ފަހަކަށް އައިސް ފާހަގަކުރެވިފައިވާ ކަމަށް ބުނެފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން ޖާގަ އަށް ވުރެ އިތުރަށް މީހުން ބައިތިއްބާ ކަމަށާ ރާއްޖޭގެ ޖަލުތަކުގެ ރަސްމީ އާބާދީއަށް ވުރެ އިތުރަށް ގައިދީން ގޮޅިތަކުގައި ބައިތިއްބަން ޖެހުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވަމުން ދާ ކަން އެ ސިޓީގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ޖާގައިގެ ދަތިކަމުގެ ސަބަބުން ނުރައްކާތެރި ބޮޑެތި ކުށްތައް ކުރާ މީހުންނާ ކުދިކުދި ކުށްތަކުގައި ބަންދުކުރެވޭ މީހުން އެއް ގޮޅިތަކެއްގައި ބައިތިއްބަން ޖެހުމުގެ ސަބަބުން ކުދި ކުށްތަކުގައި ވަންނަ މީހުން ނުކުންނަ އިރު ބޮޑެތި ކުށްތަކަށް އަހުލުވެރިވުމުގެ ނުރައްކާ އޮތް ކަމަށް ސިޓީގައި ވެ އެވެ. 

އޭގެ އިތުރުން ބޭސް ފަރުވާގެ ފެންވަރު ދަށްވެފައިވާ ކަމަށް ސިޓީގައި ވާއިރު ގައިދީން ބަލިވުމުން އެކަށީގެންވާ އަވަސް މިނެއްގައި ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމާއި ބޭސްފަރުވާގެ ކަންކަން ހަމަނުޖެހޭ ކަމުގެ ޝަކުވާ އާއިލާތަކުން ކުރަމުން ދާކަމަށް ވެސް ސިޓީގައި ވެ އެވެ. އަދި ޖަލު އޮފިސަރުން ގައިދީންގެ ސިއްހީ ހާލަތަށް ފަރުވާ ކުޑަކޮށް އިހުމާލުވާ ކަމަށް ބުނެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން ދާ ކަމަށް ވެސް ސިޓީގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

މެންބަރު ވިދާޅުވީ ޖަލުގައި ތިބޭ ގައިދީންނަށް އެއްވެސް އުސޫލެއް ނެތި ބާރުގަދަ ނަފްސާނީ ބޭސް ދިނުމާއި އެ ބޭސްތައް ކެއުމުގެ ސަބަބުން ގައިދީންނަށް ސިއްހީ އެކި މައްސަލަތައް ކުރިމަތިވުން. އަދި މީގެ އިތުރުން ބައްޔަށް ބެލުމެއްނެތި ތަދުކަނޑުވާ ބޭސް ގައިދީންނަށް ދިނުމުގެ ޝަކުވާ އިތުރުވަމުން ދާ ކަމަށެވެ. އަދި ޓީބީ ފަދަ ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތައް ޖެހިފައި ތިބޭ ގައިދީން ވަކި ކުރެވޭނެ އިންތިޒާމެއް ނެތުމުގެ ސަބަބުން އެހެން އެތައް ގައިދީންނެއް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ދިޔުން. އަދި ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ ގައިދީންނަށް އެކަށީގެންވާ ފަރުވާ ދެވޭނެ އިންތިޒާމު ޖަލުގައި ހަމަޖެހިފައި ނެތުމުގެ ސަބަބުން އެމީހުންގެ ބަލި ހާލަތު އިތުރަށް ގޯސްވަމުން  ދާ ކަމަށެވެ.  

ވާނުވާ ބަންދާ ޝަރީއަތްތައް ލަސްވުމުގެ މައްސަލަ ފާހަގަ ކޮށް ސިޓީގައި ބުނީ ޝަރީއަތް ނިމެންދެން މީހުން ބަންދު ކޮށްފައި (ވާނުވާ ބަންދުގައި) އެތައް އަހަރެއް ވަންދެން ޖަލުގައި ބޭތިއްބުމަކީ އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ބޮޑު ކަމަކަށް ވެފައިވާ ކަމަށެވެ. އަދި ގޮތެއް ނޭނގި ދިގު މުއްތަކަށް ބަންދުގައި ތިބެންޖެހުމުން ގައިދީންނަށާއި އާއިލާތަކަށް ބޮޑެތި ނަފްސާނީ އަދި އިޖުތިމާއީ ދަތިތަކާ ކުރިމަތިވަމުން ދާ ކަމަށެވެ. 

އޭގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދުކުރާ (ވާނުވާ ބަންދުކުރާ) ގައިދީންގެ މައްސަލަތައް ކުރިއަށް ނުގޮސް ލަސްވުމުގެ ސަބަބުން، ކުށް ސާބިތުވެ އަދަބު ލިބެމުންދާ ގައިދީންނާ އެއް ހާލަތެއްގައި ގިނަ ދުވަސްތަކެއް ވޭތުކުރަން ޖެހިފައިވާ ކަން ސިޓީގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

ޖަލުތަކުގެ ވެންޓިލޭޝަން އާ ސާފުތާހިރުކަން ދަށްވެފައިވާ ކަން ފާހަގަ ކޮށް މެންބަރު ވިދާޅުވި ޖަލުތަކުގެ ގޮޅިތަކުގައި ވެންޓިލޭޝަން ދަށްވުމުގެ ސަބަބުން ފިނިހޫނުމިން އިންތިހާ އަށް މަތި ކަމަށެވެ. އަދި ގޮޅިތަކާ ފާޚަނާތައް މަރާމާތު ނުކުރެވި ގިނަދުވަސްވުމުގެ ސަބަބުން ސާފުތާހިރުކަން ކުޑަވެ، ފެން ނުހިނދުން ފަދަ ކަންކަމުގެ ސަބަބުން ބަލިމަޑުކަން ފެތުރެމުންދާ ކަމަށާ ޖަލުގެ ބައެއް ޔުނިޓްތަކަކީ އެކަށީގެންވާ ގޮތެއްގައި ބަންދުކުރެވި ވައި ދައުރުވާ ގޮތަށް ފަރުމާ ކުރެވިފައިވާ ތަންތަން ކަމުގައި ނުވާތީ، ވިއްސާރަ ދުވަސްވަރު އާދަޔާ ޚިލާފަށް ޔުނިޓްތަކުގައި މަދިރި ގިނަވުމާ ގޮޅިތަކަށް މީދާ ވަދެ ގައިދީން ކައިބޮއެ ހަދަން ގެންގުޅޭ ތަށިތަކާ ނިދާ ތަންމަތީގައި މީދާ ދުވާ ކަމަށް އެ ސިޓީގައި ވެ އެވެ. 

އެ ސިޓީގައި ވަނީ އަންހެން ގައިދީންގެ ދަތިތައް ވެސް ފާހަގަ ކޮށްފަ އެވެ. އެގޮތުން އަންހެން ގައިދީންނަށް ބޭނުންވާ އަސާސީ ތަކެތި، މިސާލަކަށް ސެނިޓަރީ ޕެޑްސް ހޯދުމުގައި އިދާރީ ދަތިތަކާ ހުރަސްތައް ހުންނަކަން މެންބަރު ފާހަގަ ކުރެއްވި އެވެ.

ރިހެބިލިޓޭޝަން މަދުކަން ފާހަގަ ކުރައްވާ މެންބަރު ވިދާޅުވީ ޖަލުން ނުކުންނަ މީހުން އަލުން ކުށުގެ ވެށިން ދުރުހެލި ކުރުވުމަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ފުރުސަތު ހުރިހާ ގައިދީންނަށް އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ގައިދީންނަށް ޚާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ ތަމްރީނުތަކާ މުއާމަލާތު ކުރާނެ މުވައްޒަފުން ޖަލުތަކުގައި މަދުކަން ވެސް އެ ސިޓީގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

ޖަލުގައި ކާންދޭ ތަކެތީގެ ފެންވަރު ދަށްކަން ފާހަގަ ކުރައްވާ މެންބަރު ވިދާޅުވީ ޖަލުގައި ތިބޭ ގައިދީންނަށް ކާންދޭ ކާނާގައި ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް މާމިން އޮށްޓަރާއި ތާސީރު ހިމެނިފައި ނުވުން އަދި ގިނަ ދުވަސްވެފައި ހުންނަ މަހުގައި އާއި ހަލާކުވެފައި ހުންނަ ތަރުކާރީގައި ރިހަ ކައްކާ ކަމަށެވެ. އަދި ޖަލުގައި ތިބޭ ގައިދީންނަށް ކާންދޭން ބޭނުންކުރާ އާލާތްތަކުގެ ސާފުތާހިރުކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭ ކަމަށް ވެސް ސިޓީގައި ވެ އެވެ. 

ޒަރޫރީ ބޭނުންތަކަށް ޖަލުން ތަކެތި ގަތުމުގައި ހުރި ދަތިތައް ފާހަގަކުރައްވާ މެންބަރު ވިދާޅުވީ ޖަލުގައި ތިބޭ ގައިދީންނަށް ބޭނުންވާ އަސާސީ ސާމާނު ގިނަ ދުވަސްތަކެއް ވަންދެން (ބައެއް ފަހަރު އެތައް މަހެއް ވަންދެން) ޖަލުގައި ގާއިމްކޮށްފައިވާ ނިޒާމު މެދުވެރިކޮށް ގަންނަން ނުލިބޭ ކަމަށެވެ. މީގެ ތެރޭގައި ގައިން ތާހިރު ވުމަށް ބޭނުންކުރާ ޝަވަރޖެލް އަދި ޑިއޮޑޮރެންޓް ފަދަ ސާމާނު ހިމެނޭ ކަމަށް މެންބަރު ވިދާޅުވި އެވެ. 

ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ހެދިފައިވާ އުސޫލު ބަދަލުކޮށް ހަރުކަށި ކުރަން ޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ޖަލުތަކަށް ހެދިފައިވާ ގަވާއިދުތައް ބަދަލުކުރަނީ ކޮން ހަމައަކުންތޯ ސާފުކުރަން މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ. 

އެ ސިޓީގައި ބުނީ މި ކަންކަމަކީ އާންމުންގެ މެދުގައި އިންތިހާ އަށް ކަންބޮޑުވުން ހުރި ކަންކަމަށް ވާއިރު އެކަމާ މެދު އިތުރު މައުލޫމާތު ހޯދުމަށާއި އެކަންކަން ރަނގަޅު ކުރުމަށް ކުރެވެމުންދަނީ ކޮންކަން ކަމެއްތޯ ސާފު ކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އިސް ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ އަށް ހާޒިރު ކޮށްދެއްވުމަށް އެދޭ ކަމަށެވެ. އޭގެ އިތުރުން އެ ކޮމިޓީގެ ބޭފުޅުން ޖަލުތަކަށް ޒިޔާރަތެއް ކުރައްވައި، އެކަންކަން ބައްލަވައިދެއްވޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ. 

މުޙައްމަދު އިބްރާހީމް (ކުޑޫ)މޯލްޑިވްސް ކަރެކްޝަންސް ސަރވިސްރައްޔިތުންގެ މަޖިލިސްޖަލުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ

ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ

16 ޖޫން 2026
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބޭނުންކުރަން ފަށައިފި

16 ޖޫން 2026
އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން

އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން

15 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީ އަށް

ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީ އަށް

15 ޖޫން 2026
ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު

ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު

15 ޖޫން 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު