Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށީ ޖަލު

މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން ތަކެތި ނުލިބޭ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ކަރެކްޝަންސް

މާފުށީ ޖަލުގެ ފިހާރައިން އާންމުކޮށް ގަންނަ ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައެއް ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައި. މި މައްސަލަ ދިމާވީ ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކަމަށް ދެކެވޭ ވާހަކަ އެ އިދާރާއިން ދޮގުކުރޭ. ކަރެކްޝަންސްއިން މިހާރު ދަނީ މިކަން ހައްލުކޮށް، ޤައިދީންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މެއި 2026 | އާދީއްތަ 06:55
މާފުށީ ޖަލުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

މާފުށީ ޖަލުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް | ސަން އޮންލައިން

މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން އާންމުކޮށް ގަނެއުޅޭ ބައެއް ތަކެތި ގަންނަން ނުލިބޭ މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

މާފުށީ ޖަލުގައި ޤައިދީން ވިޔަފާރިކުރާ ފިހާރައިން އާންމުކޮށް ގަނެއުޅޭ ބައެއް ތަކެތި މިހާރު ނުލިބޭކަމަށް އާންމުންގެ މީހަކު ވަނީ ރާއްޖެއެމްވީއަށް މައުލޫމާތު ދީފައެވެ. އެމީހާ ބުނީ ޒަރޫރީ ބައެއް ތަކެތިވެސް ލިބުމުގައި ދަތިތައް ކުރިމަތިވަމުންދާކަމަށެވެ.

އަދި އެކަން އެހެން ދިމާވަނީ އެތަނުގެ ވިޔަފާރިކުރާ ފަރާތަށް ދައުލަތުން ދޭންޖެހޭ 40 މިލިއަން ރުފިޔާ ނުދީ އޮތުމުގެ ސަބަބުންކަމަށް މައުލޫމާތު ލިބޭކަމަށް އޭނާ ކިޔާދިނެވެ. މި މައްސަލައިގައި ޤައިދީންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމީހާ ފާހަގަކުރިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޗުއްޓީގެ ތެރޭގައި ސަޕްލައިގެ ދަތިކަމެއް ދިމާވި ކަމަށެވެ. އަދި އެކަން ހައްލު ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އެހެންނަމަވެސް ވިޔަފާރި ކުރާ ފަރާތަށް ދޭން ޖެހިފައިވާކަމަށް ބުނާ 40 މިލިއަން ރުފިޔާގެ ވާހަކަ އޮފިޝަލު ވަނީ ދޮގު ކުރައްވާފައެވެ. އެހެންކަމުން ދައުލަތުން ފައިސާ ދޭން ޖެހިފައިވާތީ މި މައްސަލަ ދިމާވެފައިވާކަމަށް ބުނާ ވާހަކަތައް ކަރެކްޝަންސްއިން މި ވަނީ ދޮގުކޮށްފައެވެ.

މާފުށީ ޖަލަކީ ރާއްޖޭގެ އެންމެ ބޮޑު ޖަލެވެ. އެތަނުގައި ވަރަށް ގިނަ އަދަދެއްގެ ޤައިދީން ތިއްބެވެ. އެހެންކަމުން ފިހާރައިން ތަކެތި ނުލިބުމަކީ ޤައިދީންނަށް ބޮޑު ދަތިކަމެއް ކުރިމަތިވާނެ ކަމެކެވެ. އަދި ޒަރޫރީ ތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވުމަކީ ޤައިދީންގެ ހައްޤުތަކަށް އަސަރުކުރާނެ ކަމެއްކަމަށް މީހުން ފާހަގަކުރެއެވެ.

ކަރެކްޝަންސްއިން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް މިހާރު މި ވަނީ ބުނެފައެވެ.

ކ.މާފުށީ ޖަލުމޯލްޑިވްސް ކަރެކްޝަންސް ސަރވިސްޖަލު

އިތުރަށް ކިޔާލަން

28 މެއި 2026

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2026
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި
27 މެއި 2026

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

27 މެއި 2026
15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި
25 މެއި 2026

ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް ގައިދީން އެތަނަށް ބަދަލުކޮށްފި

25 މެއި 2026
ހުޅުމާލެގައި ކޮވިޑް-19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް، ޖަލުގެ ޔުނިޓަކަށް ބަދަލުކޮށް ގައިދީން އެތަނަށް ބަދަލުކޮށްފި
22 މެއި 2026

ޖަލަށްލި ނޫސްވެރިޔާ ލީވާން ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިނިވަންކޮށްފި

22 މެއި 2026
ޖަލަށްލި ނޫސްވެރިޔާ ލީވާން ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިނިވަންކޮށްފި
03 މެއި 2026

މާފުށީ ޖަލަށް 17 ފޯނާއި އެހެނިހެން މަނާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

03 މެއި 2026
މާފުށީ ޖަލަށް 17 ފޯނާއި އެހެނިހެން މަނާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
12 ފެބުރުއަރީ 2026

ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މިމަހު މަރުވި ދެ މީހުންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި

12 ފެބުރުއަރީ 2026
ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މިމަހު މަރުވި ދެ މީހުންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި
02 ފެބުރުއަރީ 2026

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ، މިއީ ހޯމަ ދުވަހު ނިޔާވި ދެވަނަ މީހާ

02 ފެބުރުއަރީ 2026
ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ، މިއީ ހޯމަ ދުވަހު ނިޔާވި ދެވަނަ މީހާ
29 ޑިސެމްބަރު 2025

މާފުށީ ޖަލުގައި ހުރި ގައިދީއަކަށް ބޭސް ފަރުވާގެ ޚިދުމަތް ނުލިބި، އެމީހާގެ ފައި ފާރުވެ ގިރެނީ

29 ޑިސެމްބަރު 2025
މާފުށީ ޖަލުގައި ހުރި ގައިދީއަކަށް ބޭސް ފަރުވާގެ ޚިދުމަތް ނުލިބި، އެމީހާގެ ފައި ފާރުވެ ގިރެނީ
28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
25 ނޮވެމްބަރު 2025

ފްލެޓްތައް ނުލިބިގެން ޕްރިޒަންސް އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، އިހުސާނުގެ ރުޅިގަނޑު ފަޅައިގެން ގޮސް އިންޒާރު ދީފި

25 ނޮވެމްބަރު 2025
ފްލެޓްތައް ނުލިބިގެން ޕްރިޒަންސް އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، އިހުސާނުގެ ރުޅިގަނޑު ފަޅައިގެން ގޮސް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު