Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކ. މާފުށީ ޖަލު

މާފުށީ ޖަލުގައި ހުރި ގައިދީއަކަށް ބޭސް ފަރުވާގެ ޚިދުމަތް ނުލިބި، އެމީހާގެ ފައި ފާރުވެ ގިރެނީ

އެ ގައިދީގެ ފައި ވަރަށް ބޮޑަށް ދުޅަވެފައިވާއިރު، ބައެއް ފޮޅުތައް ދޮސްލައި ދަނީ ގިރެމުން. ޑޮކްޓަރަށް ދައްކައި ދިނުމަށް ވަރަށް ގިނަ ފަހަރު އެދިފައިވީ ނަމަވެސް އެ ފުރުސަތު ލިބިފައިނުވާ ކަމަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދެމުން ބުނި.

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޑިސެމްބަރު 2025 | ހޯމަ 07:24
މާފުށީ ޖަލުގައި ހުރި ގައިދީއަކަށް ބޭސް ފަރުވާގެ ޚިދުމަތް ނުލިބި ބަލި ބޮޑުވަނީ

މާފުށީ ޖަލުގައި ހުރި ގައިދީއަކަށް ބޭސް ފަރުވާގެ ޚިދުމަތް ނުލިބި ބަލި ބޮޑުވަނީ

ކ.މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީ އަކަށް ބޭސްފަރުވާގެ ޚިދުމަތް ނުލިބި ބަލިހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ. 

ރާއްޖެއެމްވީ އަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދެމުން ބުނީ މާފުށީ ޖަލުގައި ތިބި ގައިދީންނަށް ބޭސް ފަރުވާ ކުރުމަށް ވަރަށް ދަތިވެފައިވާ ކަމަށާއި، އެޕޮއެންޓްމަންޓު ހަމަނުޖެހޭ ކަމަށް އޮފިސަރުން އަންގަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ބަލިހާލަތުގެ ގޮތުން އަވަހަށް ފަރުވާ ބޭނުންވާ ގައިދީން ތިބިކަން ފާހަގަކޮށް އޭނާ ބުނީ، މިހާރު ހުކުމް ތަންފީޒު ކުރަމުންދާ މީހެއްގެ ފައި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އެމީހާ އަށް ހިނގާބިނގާވެ އުޅުމަށް ވަރަށް ދަތިވެފައިވާ ކަމަށާއި، ފޮޅުލައި، އިތުރަށް ފައިން ފޮޅުތައް ނަގަމުންދާ ކަމަށެވެ. އަދި މިހާރު ބައެއް ފޮޅުތައް އިތުރަށް ގޯސްވެ، ދޮސްލައި ގިރެމުންދާ ކަމަށެވެ.

އެ ގައިދީ މީހާގެ ފަޔަށް ފަރުވާ ބޭނުންވެ އެކަމާ ގުޅޭ ޚާއްސަ ޑޮކްޓަރަށް ދައްކައިދިނުމަށް ވަރަށް ގިނަ ފަހަރު އެދިފައިވީ ނަމަވެސް މިހާތަނަށް އެފުރުސަތު ގައިދީއަށް ލިބިފައިނުވާ ކަމަށާއި، ރަނގަޅު ބޭހެއް ވެސް ދީފައިނުވާ ކަމަށެވެ. އަދި ފަރުވާ އެއް ނުލިބި ގިނަ ދުވަސްވެގެން ދާތީ ބަލި ހާލަތު އިތުރަށް ގޯސްވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. 

މި މައްސަލައާ ގުޅިގެން އެގައިދީގެ އާއިލާއިން ވެސް ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.

މި މައްސަލައާ ގުޅޭގޮތުން  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑީއާ ގުޅި  ނަމަވެސް ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

ކ.މާފުށީ ޖަލުބޭސް ފަރުވާމޯލްޑިވްސް ކަރެކްޝަންސް ސަރވިސް

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
25 ނޮވެމްބަރު 2025

ފްލެޓްތައް ނުލިބިގެން ޕްރިޒަންސް އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، އިހުސާނުގެ ރުޅިގަނޑު ފަޅައިގެން ގޮސް އިންޒާރު ދީފި

25 ނޮވެމްބަރު 2025
ފްލެޓްތައް ނުލިބިގެން ޕްރިޒަންސް އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، އިހުސާނުގެ ރުޅިގަނޑު ފަޅައިގެން ގޮސް އިންޒާރު ދީފި
01 އޮކްޓޯބަރު 2025

މިހާރު އިންޑިއާގެ އެރައިވަލް ކާޑު 72 ގަޑިއިރު ކުރިން އޮންލައިން ކޮށް ހުށަހެޅޭނެ

01 އޮކްޓޯބަރު 2025
މިހާރު އިންޑިއާގެ އެރައިވަލް ކާޑު 72 ގަޑިއިރު ކުރިން އޮންލައިން ކޮށް ހުށަހެޅޭނެ
15 ސެޕްޓެމްބަރު 2025

ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި

15 ސެޕްޓެމްބަރު 2025
ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި
19 އޯގަސްޓު 2025

މަތިވެރިން ބޭސް ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ ރައީސް އަށް ދަންނަވައިފި

19 އޯގަސްޓު 2025
މަތިވެރިން ބޭސް ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ ރައީސް އަށް ދަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު