Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރ. ރަސްމާދޫ

މިދިޔަ އަހަރުގެ މެއި މަހު ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުހިނގާ: ކައުންސިލް

1 މެއި 2026 | ހުކުރު 08:38

ރަސްމާދޫ ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަޝްރޫއު ފެނަކައާ ހަވާލުކުރި ނަމަވެސް، އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އެރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް އާސިފް ވިދާޅުވީ، ފެނަކައިން މަސައްކަތް ނުކުރާތީ އެ މަޝްރޫއު އެހެން ބަޔަކާ ހަވާލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވާ ކަމަށް. އެރަށު ރައްޔިތުންނަށް އެކަށީގެންވާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި އިމާރާތުގެ މަސައްކަތް އަވަސްކުރުމަކީ ކައުންސިލްގެ ބޮޑު އެދުމެއް ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 1 މެއި 2026 | ހުކުރު 08:38
ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވާހަކަ ދައްކަވަނީ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރ.ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް، ފެނަކަ ކޯޕްރޭޝަންއާ ހަވާލުކުރި ނަމަވެސް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވަނީ އެރަށުން ސިއްހީ ޚިދުމަތް ރަނގަޅަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

Advertisement - newsAdvertisement

އާސިފް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މިމަޝްރޫއާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އާސިފް ވިދާޅުވ ސިއްހީ މަރުކަޒު ޖާގަ އިތުރުކޮށް، މުވައްޒަފުންނަށް ފަސޭހައިން ވަޒީފާ އަދާކުރެވޭނެ ގޮތް މަގުފަހި ކޮށްދޭން ބޭނުންވާ ކަމަށާއި، ބަލި މީހުންނަށް ރަނގަޅު ބޭސް ފަރުވާގެ ޚިދުމަތް ގާއިމް ކޮށްދޭން ބޭނުންވާ ކަމަށެވެ.

ނަމަވެސް މިމަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާތީ ސަރުކާރުގެ ފަރާތުން ބަހެއް ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، ހެލްތް މިނިސްޓްރީއަށް ދެ ފަހަރެއްގެ މަތިން ގޮސް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ވެސް ފެނަކައިން އެމަސައްކަތް ނުކުރާކަން ފާހަގަ ކުރެވިފައިވާތީ، މިހާރު މިމަޝްރޫއު އެހެން ބަޔަކާ ހަވާލު ކުރުމުގެ ވިސްނުމެއް ގެންގުޅެމުންދާ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

 އެމަސައްކަތް އެއްވެސް ވަރަކަށް ނުހިނގައިގެން އަޅުގަނޑުމެން އޭގެފަހުން ދެ ފަހަރަކަށް މިނިސްޓްރީއަށް ދިޔައިން. ގޮސް ވާހަކަ ދެއްކިއިރުގައި މިނިސްޓްރީގެ ބޭފުޅުން ވެސް ބުނީ ފެނަކައާ ހަވާލުކުރި އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ. އެހެންވީމަ މިނިސްޓްރީގެ ވިސްނުމަކަށް ވެފައި އޮތީ މިހާރު ފެނަކަ އަތުން އޭތި ނަގާފައި އިތުރު ގޮތަކަށް އެކަން ކުރެވޭތޯ މަސައްކަތް ކުރުން. އަދި މިހާތަނަށް އެ މުއާމަލާތްތައް ނުވެސް ހިނގާ.
ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް 

ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ 29 މެއި 2025 ގަ އެވެ. 

ރ. ރަސްމާދޫފެނަކަ ކޯޕަރޭޝަންމުހައްމަދު އާޞިފް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 އެޕްރީލު 2026

ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި

17 އެޕްރީލު 2026
ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި
12 އެޕްރީލު 2026

ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟

12 އެޕްރީލު 2026
ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟
07 އެޕްރީލު 2026

ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

07 އެޕްރީލު 2026
ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި
07 އެޕްރީލު 2026

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

07 އެޕްރީލު 2026
ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟
06 އެޕްރީލު 2026

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026
އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި
30 މާރިޗު 2026

ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!

30 މާރިޗު 2026
ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!
30 މާރިޗު 2026

މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!

30 މާރިޗު 2026
މިސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށްވުރެ ގިނަ ދުވަސް!
10 މާރިޗު 2026

ވަޒީފާއިން ސަސްޕެންޑް ކުރި ޒުވާނަކު ރައީސް މުޢިއްޒަށް: ލޯބި ލިބޭނީ ލޯބި ދީގެން!

10 މާރިޗު 2026
ވަޒީފާއިން ސަސްޕެންޑް ކުރި ޒުވާނަކު ރައީސް މުޢިއްޒަށް: ލޯބި ލިބޭނީ ލޯބި ދީގެން!
15 ފެބުރުއަރީ 2026

މަރޮށީ ރައްޔިތުންނަށް ލިބެނީ "ދަބަރު ފެން" - އަޅާލާނެ މީހަކު ނެތް!

15 ފެބުރުއަރީ 2026
މަރޮށީ ރައްޔިތުންނަށް ލިބެނީ "ދަބަރު ފެން" - އަޅާލާނެ މީހަކު ނެތް!
03 ޖެނުއަރީ 2026

އެމްޑީޕީ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަން ފެށި އައު އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ހުންނަތާ 2 އަހަރު!

03 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަން ފެށި އައު އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ހުންނަތާ 2 އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް